މިނިސްޓަރު އަސްލަމް: ހޯރަފުށީ އެއާޕޯޓަށް ގެއްލުންވީ އެތަން ރައްކާތެރިކުރަން ތޮށިލާން އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވި
16 މެއި 2021 - 10:51
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުނީ، އެތަން ރައްކާތެރިކުރުމަށް ތޮށިގަނޑުލުމުގެ މަސައްކަތް ކުރަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ދެ ދުވަހު ގަދައަށް ވިއްސާރަކޮށް، އުދަ އެރުމުގެ ސަބަބުން، ހޯރަފުއްޓާއި އެ ރަށު ފަޅު ހިއްކައިގެން އަޅާފައިވާ އެއާޕޯޓުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ރަންވޭ އާއި ކޯޒްވޭއަށް ވެސް ރާޅު އަރައި، ބޭނުން ނުކުރެވޭ ހާލަތުގައި އޮތް އިރު، ރަންވޭގެ ބައްތިތައް ވެސް ވަނީ ވެއްޓިފަ އެވެ.
އީޕީއޭ އިން ބުނެފައިވާ ގޮތުގައި އެތަނަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ބިން ހިއްކި ގޮތުން ކަމަށް އެކަށީގެންވެ އެވެ. ކަނޑާ ކައިރިން އެތަން ހިއްކާފައިވާ އިރު، އެތަން ހިމާޔަތްކުރަން ތޮށިލުމަކީ މުހިއްމު ކަމެއް ކަމަށް އީއައިއޭގައި ވެސް ބުނެފައިވެ އެވެ. އެކަމަކު މީގެ ފަސް މަސް ކުރިން ހުޅުވައި އޮޕަރޭޓްކުރަން ފެށި އެއާޕޯޓުގައި އަދި އެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.
މިނިސްޓަރު އަސްލަމް "މިހާރު" އަށް ވިދާޅުވީ ހިއްކި ބިމުގައި ތޮށިލުމަށް ސަރުކާރުން އައީ އެމްޓީސީސީއާ އެކު މަސައްކަތްކުރަމުން ކަމަށާއި ވިއްސާރައިގައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނީ، ޝޯ ޕްރޮޓެކްޝަންގެ ޑިޒައިންގެ ކަންކަން ކުރަމުން ދަނިކޮށް ކަމަށެވެ.
ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި
"އަޅުގަނޑުމެން އައީ އެތަން ހިމާޔަތްކުރަން މަސައްކަތްތަކެއް ކުރަމުން. އެއްގޮތަކަށް ވެސް އެއާޕޯޓު އަޅާފައި ދޫކޮށްލީކީ ނޫން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އައި މި ވިއްސާރަގަނޑަކީ މޫސުމީ ކަމެއް ނޫން ކަމަށާއި އެ ފަދަ ކޮޅިގަނޑެއް އަތުވެދާނެ ކަމަށް ކުރިން ހީވެސް ނުކުރާ ކަމަށެވެ. އަދި މި ފަހުން ރާއްޖެއަށް ނުކުރާ ވަރުގެ މި ވިއްސާރައިގައި މިހާ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ކުރިން ލަފާ ވެސް ނުކޮށްލެވޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ބިން ހިއްކީ، އީއައިއޭއާ އެއްގޮތަށެވެ. އަދި މިއީ ސަރުކާރުން އަޅާނުލައި ނުވަތަ އިހުމާލުވުމުގެ ސަބަބުން ވީކަމެއް ނޫން ކަމަށާއި މިއީ ކުރިން ލަފާ ވެސް ނުކޮށްލެވޭ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިއްސާރައިގައި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެ ދެން އެތަން ބޭނުން ކުރެވޭނީ ވަރަށް ބޮޑަށް މަރާމާތުކުރުމަށް ފަހު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ބުނި ގޮތުގައި އެތަން އޮތީ އިންޝުއާ ވެސް ނުކޮށެވެ. އެއާޕޯޓު އިންޝުއާ ނުކޮށް އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް އެތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިތަ
17 May 2021
އަދި ނުވޭ ތހޮށިލާކަށް ޢެއްކޮށް ހަލާކުވަންދެން މަޑުކޮށލާ
ކިނބޫ
17 May 2021
މިސަރުކާރުގެ އެންމެ ނާގާބިލު ވަޒީރު. ތޮށިލާން ހުރި ލާރިކޮޅުން ފޯނު ބިލު ދެއްކީތަ!
މިވަރެއްނެތް
16 May 2021
އަސްލަމާއި ކޮއްކޮ އައްސަދަކީ ރިކޯޑު އޯލްޓައިމް ފެއިލިއަރުންތަކެއް.
ސަސި
16 May 2021
މި ސަރުކާރުގެ 90 ޕަސެންޓް ވަޒީރުންނަކީ މިކަހަލަ ގަމާރުން! ދެން ސޯލިހު ކިހިނެއްތަ ވައުދު ފުއްދަނީ!
އައްބެ
16 May 2021
ޖުހާ ކުރާކަހަލަ ކަންކަން ތިޔަކުރަނީ. ފަޅުތެރެޔަށް ވެލިފުންޏެއް ފަތުރާލާފައި އެތަން ގިރައިގެން ނުދާނެގޮތަށް ޕްރޮޓެކްޝަންނުލައި އިމާރާތްކޮށްހަދާނީ މޮޔައެކޭނުން.
ޔޫސުއްބެ
16 May 2021
މުޅިންވެސް ކުރާން އުޅެނިކޮށް.. ފޭހާނާ އަށް ދާން އުޅެނިކޮށް ގަޔައް ލެވުނީ. ޖަންގިޔާ ލާން އުޅިކޮށް އެހެންވީ.. ތިމަރަ ވިރުވައިލާން އުޅެނިކޮށް ބުރިއަށް ތިމަރަ އެޅުނީ.. ކޮސްލަމް..
ސަންޕައްތަ
16 May 2021
އިބުރާހިމާ މި ގަމާރު އަދިވެސް ނުވޭތަ ބޭރުކުރާކަށް? މަގޮސް އެސޮރުގެ ކަންފަތު ފޫޅުގަ ހިފާ ދަމާ ބޭރު ނުކުރަނީސް އަވަހަށް ނެރެ އެއްލައިލާ... ތިޔައީ ދުވަސް ހަމަވެފަ އެއްގޯސް ވެފަ ހުރި ބުރާންޗެއް.
މުނނާ
16 May 2021
ބުހުތާނު ދޮގު… އަސްލަމް ބުނެފަ އޮންނާނެ އެންމެންގެ ކުރިމަތީގަ ތިމަންނާމެންގެ ވިސްނުމަކީ ވަށައިގެން ތޮށިލުމުގެ ކޮންސެޕްޓެއް ނޫނޭ … ހަމަ މިބީދައިން މާފުށިވެސް އޮތީ
ބަރަ ބޯ
16 May 2021
ކިއްތަކުރާނިިީ މީނަވާ މޮޅުވާހަކަދަށްކާތަމިސަރުކާރަކުނެތޭ ތައުލިީމިިީގީބިލްމިީހަކު ހައްތަހާވެސް ދެބޯބުރާންތި ތިއޮތީ ހއ ގަ އެއަރޕޯޓް އަޅާދިީފައެއްނު
ދޮގެއްތަ؟
17 May 2021
ސަލީމު ޚާއްސަ ހުއްދައިގެ ދަށުން ރައްޔިތުން އެއްކޮށްގެން އަތްޖަހަމުން ނަށަމުން ފެން ހިއްކަން ދާންވީނު. ކީއްވެތަ ފިލާ އޮންނަނީ!
އެދުރުކަލޭގެފާނު
16 May 2021
ގެއްލުންވީ ތޮށިލާން އުޅެނިކޮށް އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނީ މަގު ހުސްކުރަން އުޅެނިކޮށް! މިއީ އަޅެ މިނިސްޓަރ އަސްލަމް ރައްޔިތުންނަށް ޖެއްސުން ކުރެއްވިޔަސް ބޮޑުވަރެވެ. މަޤާމުގެ މަސްއޫލިއްޔަތު ނުއުފުލޭނަމަ އިސްތިޢުފާ ދެއްވުން މާރަނގަޅުވާނެއެވެ. ރައީސް ސާލިޙްގެ މަދު ވަޒީރަކުނޫނީ ޒިންމާއުފުލާތަނެއްް ނުފެނެއެވެ. ހަމަ ރައީސް ފަހަތު ފަޔަށް ބަރުވެފައި މިމީހުންނާއި މެދު ކަމެއް ކުރަން ނުކެރިފައި ހުންނަނީއެވެ.