ލީޒާ.
18 މެއި 2021 - 08:44
މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ބަތަލާ ލީސާ ކުޑްރޯ މިހާރު ހުރީ ވަރަށް އުފަލުންނެވެ. އެއް އުފަލަކީ "ފްރެންޑްސް" ގެ ކާސްޓް އަލުން ގުޅި، އޭގެ އާ އެޕިސޯޑެއް އެތައް އަހަރެއް ފަހުން މި މަހު ގެނެސްދޭތީ އެވެ. މި މަހުގެ 27 ގައި އެޗްބީއޯ މެކްސް އިން ގެނެސްދޭ އެޕިސޯޑްގެ ނަމަކީ "ފްރެންޑްސް؛ ދަ ރީޔުނިއަން" އެވެ.
އުމުރުން މިހާރު 57 އަހަރުގެ ބަތަލާ އަށް ލިބުނު އަނެއް އުފަލަކީ އޭނާގެ ދަރިފުޅު ޖޫލިއަން މުރޭ ސްޓާން، 23، ހޯމަ ދުވަހު ޔުނިވަސިޓިން ގްރެޖުއޭޓްވުމެވެ. އޭނާ ކިޔެވީ ޔުނިސަޓީ އޮފް ސަދަން ކެލިފޯނިިއާއިންނެވެ. ލީސާގެ ދަރިފުޅާއި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިޔަން ޚާން ގްރެޖުއޭޓްވީ އެއް ޔުނިވަސިޓީއަކުން އެކީގައި ކަމެވެ.
ދަރިފުޅުގެ ގްރެޖުއޭޝަނަށް ފަހު ޖޫލިއަންއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކު ލީސާ އިންސްޓަގްރާމްގައި ބުނީ ދަރިފުޅުގެ ކާމިޔާބީއާ މެދު އުފާވެ ފަހުރުވެރިވާ ކަމަށާއި އެކަމާ ހެދި ލޮލުން ކަރުން ވެސް އައިސްފައިވާ ކަމަށެވެ.
އޭނާގެ އެ ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށް، ޖޫލިއަންގެ ކާމިޔާބީ އަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ. ޖޫލިއަން އަކީ ލީޒާގެ ހަމައެކަނި ދަރިފުޅެވެ. އޭނާގެ ބައްޕަ އަކީ ފްރާންސް ދަރިކޮޅުގެ އެމެރިކާގެ ވިޔަފާވެރިޔާ މިޗެލް ސްޓާން، 63، އެވެ.
ލީސާ އާއި ސްޓާން ކައިވެނިކުރީ 1995 ގަ އެވެ.
ލީސާ "ފްރެންޑްސް" އަކީ 1994-2004 އަށް ގެނެސްދިން ވަރަށް ކާމިޔާބު ސިޓްކޮމްއެކެވެ. އޭގެ މައިގަނޑު ކާސްޓާ އެކު ރީޔުނިއަން އެޕިސޯޑް ގެނެސްދޭ އިރު ޓީޒާ ވެސް އިންސްޓަގްރާމްގައި އޭނާ ޕޯސްޓްކޮށްފައިވެ އެވެ. އަދި އެންމެ ފަހުން އެންމެން އެކީގައި އަލުން އެނބުރި އާދެވޭ ވާހަކަ ބުނެފައިވެ އެވެ
"ފްރެންޑްސް" ގައި މައިގަނޑު ތަރިންނަކީ ލީސާއާ އެކު ޖެނިފާ އެނިސްޓަން، ޑޭވިޑް ޝްވިމާ، ކޯޓްނީ ކޮކްސް، މެޓް ލިބްލޯންކް އަދި މެތިއު ޕެރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯސްތޯބާއީ
18 May 2021
ފްރެންޑްސް ރީޔުނިއަން އަކީ ހަމައެކަނި ކާސްޓުންގެ އިންޓަރވިއު އެކޭ ކިޔާ ކެރެކްޓާރ އިންގެ ގޮތަކު ނޫނޯ ފެންނާނީކީ މި ތެދެއްތަ