ދުނިޔެ / ގާޒާ

އިޒްރޭލުން "މޯލްޑިވް ގާޒާ" އަށް ބޮން އަޅައި ބިމާ ހަމަކޮށްލައިފި

ރާއްޖޭގެ މާހައުލު އިހްސާސްވާ ގޮތަށް ހަދާފައި ހުރި ރެސްޓޯރަންޓަށް ދިން ހަމަލާގައި ތިން މީހަކު ވަނީ ޒަހަމްވެފައި

މޯލްޑިވް ގާޒާ ރެސްޓޯރެންޓަށް އިޒުރޭލުން މިއަދު ހަމަލާ ދީފައި

ރާއްޖޭގެ ގުދުރަތީ ރީތިކަން އިހުސާސުވާ ފަދަ މާހައުލަކާ އެކު ފަލަސްތީނުގެ ގާޒާ ސިޓީގައި މިދިޔަ އަހަރު ހުޅުވި "މޯލްޑިވްސް ގާޒާ" ރެސްޓޯރެންޓަށް ވެސް އިޒުރޭލުން ބޮން އަޅައި މިއަދު އެތަން ހަލާކުކޮށްލައިފި އެވެ.

ގާޒާގެ ގޮނޑުދޮށުގައި ހަދައިފައިވާ މި ރެސްޓޯރެންޓަށް ދިން ހަމަލާގައި ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިން ބުރިއަށް ނަގައިފައި ހުރި މި ރެސްޓޯރެންޓް އެއްކޮށް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.

ދިވެހިންނާއި ދުނިޔޭގެ ސަމާލުކަމަށް މި ރެސްޓޯރެންޓް ލިބުނީ މިދިޔަ އަހަރު މިތަނުގެ ވެރިޔާ ރޮއިޓާސްއަށް ދިން އިންޓިވިއުއަކަށް ފަހު އެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ އިމާދު އަލްބައްޔާ ބުނެފައި ވަނީ އެތަން ހުޅުވީ ދިވެހިރާއްޖެއަކީ ގާޒާގެ ރައްޔިތުންގެ މެދުގައި ވެސް ވަރަށް މަގުބޫލު މަންޒިލަކަށް ވުމުން، ގާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ޖަޒީރާވަންތަކަން އިހްސާސް ކޮށްލެވޭ ގޮތަށް ކަމަށެވެ.

ދިވެހި ކެއުންތަކާއި ބުއިންތައް އެތަނުން ނުލިބުނަސް، ރާއްޖޭގެ ނަމާ ގުޅުވުމާ އެކު ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އެ ތަން ހެދީ އެއްފަހަރާ 1200 މީހުނަށް ޚިދުމަތް ދެވޭ ގޮތަށެވެ. ގާޒާގެ މީހުންގެ މެދުގައި މިތަން ވަރަށް މަގުބޫލެވެ.

"ގާޒާގެ މީހުންނަށް ހިޔެއްނުވޭ ރާއްޖެއަށް ދެވޭނެހެން. އެހެންވެ އަހަރެން ބޭނުންވީ ގާޒާއަށް ރާއްޖެ ގެންނަން. ރާއްޖޭގެ ގޮނޑުދޮށްތަކުން ކުރެވޭނެ އިހުސާސް އަހަރެމެން ވެސް އިހުސާސްކޮށްލަން،" އެ އިންޓަވިއުގައި އިމާދު ބުންޏެވެ.

ރެސްޓޯރަންޓަށް ހަމަލާ ދީފައި މި ވަނީ އިޒްރޭލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ދެމުން ގެންދާ ސިލްސިލާގަ އެވެ.

ފަލަސްތީނުގެ ގާޒާގައި ހުންނަ "ގާޒާ މޯލްޑިވްސް ރެސްޓޯރެންޓް": އިޒުރޭލުން ވަނީ ބޮންއަޅާ މިތަން ގޮއްވާލައިފި.

އިމާދު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވެސް އެ ފަހަރު އިންޓަވިއުތައް ދީފަ އެވެ.

އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.

ފަލަސްތީނުގެ ގާޒާގައި ހުންނަ "ގާޒާ މޯލްޑިވްސް ރެސްޓޯރެންޓް": އިޒުރޭލުން ވަނީ ބޮންއަޅާ މިތަން ގޮއްވާލައިފި.-- ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.

55 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 72%
icon angry icon angry 23%
icon wow icon wow 2%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓްވީޓީ

18 May 2021

މިއީ އެއްކަލަ މީހާގެ ޓްވީޓާ ގުޅިގެން ރާއްޖެއިން ބަޔަކު ރައްދުދިނީމަ ދިން ހަމަލާއެއްތަ ނޫނީ އޭގެ ކުރިން ހިނގި ކަމެއްތަ؟

The name is already taken The name is available. Register?

ޙިޝަމް

18 May 2021

ހަމާސް ގެ ސަބަބަން ނިކަމެތި މީހުންގެ ފުރާނަ ގެއްލެނީ. ފަލަސްތީންއަށް އިސްރާއިލުން ގެއްލުން ނުދޭ. މައްސަލަ ޖެހެނީ ގާޒާގައި އުޅޭ މި ޖަމާއަތުގެ މީހުން ހަމަލާދިނީމަ އިސްރާއިލުން ރައްދު ދޭން މަޖުބޫރުވުން.

The name is already taken The name is available. Register?

ޑައިރީ

18 May 2021

ޢިޒްރޭލް ކިޔާ ގައުމެއް ނޯންނާނެ. އެހެންވީމަ މަޖުބޫރުކަމެއްނެއި. ޢަބުރާ ޔޫރަޕައް ދިޔައީމަ މައްސަލަ ހައްލުވީ. މިގޮއި ރަގަޅެއްނެ!!!

The name is already taken The name is available. Register?

ބަލަމާ

18 May 2021

އިޒްރޭލް މީހުން ފަލަސްތީނުގެ ކުޑަކުދިން ގެންގޮސް ޖަލަށްލާ ހަދާ. ލިބޭ އަނިޔާގައި 14 އަހަރުނުވަނީސް އެކުދިން ބޮޑެތި ފިރިހެނުންނަށްވާން އެބަ މަޖްބޫރުވޭ. އިޒްރޭލްގެ 11،12 އަހަރުގެ ކުދިން ބައިހަދާފަ އަރަބި ކުދިންނާ ދިމާކުރޭ. އިޒްރޭލް ސިފައިން މަގުމަތީ މީހަކު މަރާލާތަން ވީޑިއޯކުރީމަ އެއެއް މިއެއް ނުބަލާ އެ ކުދިންތިބި ގެއާ ދިމާލަށް ބަޑިޖަހާ ހަތިޔާރު ހިފައިގެން ގޮސް ދިމާކޮށްހަދާ.

The name is already taken The name is available. Register?

ލުބުލުބު

18 May 2021

ދިވެހިން ހާދަ ގަޓް ކަމަށް ދެއްކިގެންނޭ ދޯ ތިޔަ އުޅެނީ. އިޒްރޭލުގައި ދިވެހިން ނައްތާލުމުގެ ޤާބިލުކަމާއި ޓެކްނޮލޮޖީ އެބަހުރި. އެކަމަށް ވިސްނާލާގެން ދިވެހިން މައިތިރިވެގެން ތިބެމާ؟

The name is already taken The name is available. Register?

ގަޓްއިއްސެ

18 May 2021

ރާއްޖެއިން ފައިބައިގެންދޭ. އަހަރެމެން ބިރުގަންނަނީ ހެއްދެވި ފަރާތްދެކެ

The name is already taken The name is available. Register?

އަޙް

18 May 2021

ތީބިރު. އަސްކަރީ ޓެކްނޮލޮޖީ ހުރީ ހަމަ އެކަނި އިޒްރޭލަކުނޫ ކަބުލޯ

The name is already taken The name is available. Register?

ބަރުލަމާނު

18 May 2021

އަޅުގަނޑު އެދެނީ އަނެއްކާވެސް އަޅުގަނޑުމެން ލޮބުވެތި ދިވެހިންގެ އެހީގައި ފަލަސްތީނުގެ އަޚުންނަށް މި ރެސްޓޯރެންޓް އެޅުމުގެ މަގު ފަހިކުރެވޭނެ ގޮތަކަށް މަސައްކަތްކުރުން، އަޅުގަނޑުމެން އެންމެން މި ކަމާއި އުޅެފިނަމަ މިކަން ބާ ބޮޑު ކަމަކަށް ނުވާނެ

The name is already taken The name is available. Register?

ހުސެން

18 May 2021

އިންސާނީ ހައްގުތަކޭ ކިޔައިގެން ވާހަކަދައްކާ ގައުމުތަކުގެ ވެރިންނަށް އިޒްރޭލުން ހިންގާ ބައިނަލްގައުވާމީ ގާނޫނު ގަވައިދު އުސޫލުތަކާ ދިމާއިދުކޮޅު ކަންކަން ނުފެނި ކަމަކަށް ނުވާތީ އަހަރެން ހަމަ އަޖައިބުވޭ! ދުނިޔޭގެ ބޮޑެތިގައުމުތަކުގެ ވެރިން ހަގީގަތުގައި ވަނީ ވަރަށްބޮޑަށް ފެއިލްވެފައި، ހަތިޔާރެއްނެތް ކުޑަކުދިންނާ މުސްކުޅިންގެ ބޮލަށް ބޮންއަޅަމުންދާއިރު ކަމަކަށްނުވޭ! އެބަޔަކަށް ފައިދާގަނޑެއްނުލިބޭ ކަމެއްގައި ބަހެއްބުނެލުމެއްވެސްނެތް އެހެންނުން!

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

18 May 2021

ދިވެހިވަންތަކޮށް ފަލަސްތީނުގަ ރެސްޓޯރަންޓެ ހުޅުވަދޭންވީނުން ރާއްޖޭގަ ތަނަވަސްކަންހުރި ވިޔަފާރިވެރިއެއް.ރާއްޖެ އިހުސާސްކޮއްލެވޭގޮތަށް..އިސްރާއީލު މީހުން ހިތްދަތިވީ އެހާ ހިތްގައިމު ރެސްޓޯރެންޓެ އެމީހުންގެ ނަމުގަނެތީމަ.ފަލަސްތީނުގެ ޔަތީމުކުދިންނަ ރެސްޓޯރެންޓުން ހިންގައިގެންލިބޭ އާމްދަނީން ކޮއްމެވެސްމިންވަރެ ހޭދަކުރެވޭގޮތަށްހެދީމަ ގިނަދުވަހަށް ދެމެހެއްޓޭނެ މަންފާއެއް އެކުދިންނަލިބޭނެ..ދެންއޮތީ ފަންޑްފޮއްޓެބަހައްޓައިގެންވެސް ތިރެސްޓޯރެންޓް ހުޅުވޭތޯބެލ

The name is already taken The name is available. Register?

ހިސްޓްރީ

18 May 2021

މިހިސާބަށް އައީ މީގެ 100 އަހަރުކުރިން އިސްލާމީ އުންމަތުގެ ޚިލާފަތު އުޘްމާނީ ޚިލާފަތާ ދެކޮޅަށް ޢަރަބި ދަހިވެތި ވެރިންނާއި ހުޅަނގު ގުޅިގެން ހިންގި ކަންތައްތަކުގެ ތެރެއިން (އަރަބް ނެޝަނަލިޒަމް). މިގޮތުން އުފެދުނު ސައުދީ ދައުލަތުގެ ފައުންޑަރ ކިންގް އަބްދުލް އަޒީޒް ވަނީ މުސްލިމުންގެ އަތުގައި އެތައް ސަތޭކަ އަހަރަކު އޮތް ފަލަސްތީނުގެ ބިން ޔަހޫދީންނަށް ވެދުމަށް އަރުވާފަ. މިއަދުވެސް މިދެކެނީ ސުލްތާން އަބްދުލް ހަމީދު 2އާ ދެކޮޅަށް ހިންގި ބަޣާވާތުގެ ނަތީޖާ

The name is already taken The name is available. Register?

ރަންދެލި

18 May 2021

ފިސާރި ތެދު އަދި ވަރަށް އިންޓެލެކްޗުއަލް ކޮމެންޓެއް. މިވަރު ކޮމެންޓެއް މަދުން ނޫނީ ރާއްޖޭގެ ނޫސް ތަކުގެ ކޮމެންޓުންު ނުފެންނާނެ. ޝުކުރިއްޔާ!

The name is already taken The name is available. Register?

އޮޅުނުތާރީޚު

19 May 2021

އުޘްމާނީ ޚިލާފަތް ވެއްޓުނުއިރު ސައުދިއަރަބިއާ އަދި ނުއުފެދޭ، ސައުދީ އުފެދުނީ 1932 ހިސާބުގައި. ޚިލާފަތާ ދެކޮޅަށް ނުކުތީ ޙުސައިން ބިން ޢަލީ އަދި އޭނާގެ ދަރިން، މިއީ މައްކާ މަދީނާގެ ވެރިންގެ ގޮތުގައި ތިބިމީހުން. ލޯރެންސް އޮފް އަރޭބިއާގެ ބަހަށް ހެއްލިގެން އަރަބި ރަސްކަމެއް ޤާއިމުކުރެވޭނެކަމަށް ތިބީ އެކަމަކު އާޚިރުގަ ލަނޑުދިނީ އަދި އިސްރާއީލު ދައުލަތް ބިނާކޮށް އެކަލަ މީހުންނަށް ލިބުނީ ޖޯޑަން އެކަނި. ޢަބްދުލްޢަޒީޒު ބިން ސުޢޫދު އެއީ އަދި ފަހުގެ ކަމެއް!

The name is already taken The name is available. Register?

ގހފތ

18 May 2021

ތި ކުޅުނީ ސީދާ ދިވެހިންގެ ލެޔާ. ވިސްނައިގެން ތިބޭތި.

The name is already taken The name is available. Register?

mRNA vaccines

18 May 2021

ދިވެހިންނަކީ އަރަބިންތައް؟ އަހަރެމެންނާ ބެހޭ ކަމެއް ނޫން ތިއީ.

The name is already taken The name is available. Register?

ޖާމީލް

18 May 2021

ތިރަށުގެމީހުން(ފަލަސްތީން)އައިސްފިއްޔާ މިގައުމުއައް އަރުވާނެ ބާ؟

The name is already taken The name is available. Register?

އަރުތަ

17 May 2021

އިޒްރާއިލްގެ ކަންތައް މިހާރު ތިދަނީ މާމައްޗަށް، ތިއުޅެނީ އަހަރުމެން އަތުން ބޮނޑިއެއް ބޯންވެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454