ޗެލްސީ އާއި ލެސްޓާ އާ ދެމެދު ހިނގި ކުރިމަތިލުމުގެ ތެރެއިން
21 މެއި 2021 - 11:24
ލަންޑަން (21 މެއި) - ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗެލްސީ އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގައި ދެ ޓީމުގެ ކުޅުންތެރިން އަރައިރުންވީ އިރު، އެކަން ނުހުއްޓުވުމުން އިނގިރޭސި އެފްއޭ އިން އެ ދެ ކްލަބް 25،000 ޕައުންޑުން ޖޫރިމަނާ ކޮށްފި އެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ޗެލްސީގެ ކުޅުންތެރިންނާއި ލެސްޓާގެ ކުޅުންތެރިންގެ ދެމެދުގައި އަރައިރުންވެ، ފިޒިކަލީ ހާނިއްކަ ކުރާ މަންޒަރު ފެނެ އެވެ. ކުޅުންތެރިން ހޫނުވާން ދިމާވީ ލެސްޓާގެ ރިކާޑޯ ޕެރޭރާ، ޗެލްސީގެ ބެން ޗިލްވެލް އަށް ފައުލު ކުރުމުންނެވެ. އެ ވަގުތު ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑީގާގެ ރުޅިވެރިކަން ވެސް ވަރަށް ބޮޑަށް ފެނުނެވެ.
މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ އަތުން ޗެލްސީ ވަނީ ބަލި ވެފަ އެވެ. އަންގާރަ ދުވަހު ޗެލްސީ އަތުން ލެސްޓާ ބަލިވެ، ލެސްޓާ އަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުގެ ބިރު މިހާރު ވަނީ ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy