މާލެ: ޖުލައި 24، 2019: އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުން އިފުތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި އަލީ ރަމީޒް.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
21 މެއި 2021 - 23:15
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު އެކަން ހުއްޓާލައިލުމަށް ފަހު ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ ސަލަފު ޖަމިއްޔާގެ މެމްބަރު އަލީ ރަމީޒްގެ ޓުވިޓާ އެކައުންޓް މިރޭ ސަސްޕެންޑުކޮށްފި އެވެ.
އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އަލީ ރަމީޒު ބުނީ، އޭނާގެ ޓްވިޓާ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑް ކުރިކަން އެނގިފައިވާ ކަމަށާއި، އެކައުންޓް އަލުން ހޯދަން ލިޔެފައިވާނެ ކަމަށެވެ. އަދި ޓްވިޓާ އިން އެ ފިޔަވަޅު އެޅީ ކީއްވެގެން ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޓުވިޓާއިން އެ އެކައުންޓް ހުއްޓުވިއިރު، އަލީ ރަމީޒަށް ފޮލޯކުރާ 28،000 އަށް ވުރެ ގިނަ މީހުން ތިއްބެވެ.
އޭނާގެ އެކައުންޓް މި ހުއްޓުވީ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ ކައިރި ކަނޑުގެ ސަރަހައްދުތަކުގައި އަޑުއުފުލި ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ޝެއާކުރި ފަހުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގައި ބޭއްވި އެއްވުންތަކުގެ ފޮޓޯތައް ވެސް ހިއްސާކުރި އެވެ.
މިދިޔަ ރޯދަ މަހުގެ ފަހު 10 އިން ފެށިގެން އިޒުރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އަލީ ރަމީޒް ވަނީ ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކާއި ޓުވިޓާގައި ވެސް ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޅި
24 May 2021
މިގޮތަށް އިރުއަރާ އިރުއޮއްސޭއިރަށް ޢިލްމުވެރިޔަކަށް ބަދަލުވެ ބޮލުގަ ބޮޑުވެގެންވާ ފޮތިގަނޑެއް އައްސައިގެ ތިމާޔަށް ވުރެބޮޑު ޖުއްބާއެއްލާއިގެން ރަށުތެރޭގަ ރޯނުއެދުރު ހެދިގެން އުޅޭ މިކަހަލަ މީހުންނާހެދި މިމުޖުތަމައު ހަލާކުވެހަމަނުޖެހުން އުފެދިގެން މިދަނީ މިސަލަފު ޖަމިއްޔާގެ ކިބައިން މިގައުމު ސަލާމަތްކުރަށްވާށިއެވެ.
ހުޔާ
23 May 2021
ފޭސްބުކުއިންވެސް ބޭރުކުރަންވީ
އަބޫ އަލީރަމީޒް
23 May 2021
ނަސީބެއްނުން ޓުވިރާއިން މީނަގެ އެކައުންޓު ކަނޑު ނުފެއްތިކަން
ރިސްތަ
22 May 2021
ކަންގަނާ އާއި އެއް ހާާލެއްގަ ތާ އެހެން ވީމަ!
އެކައްޗެކޭ
22 May 2021
އަހަ ޓުރަންމްޕު އެއްވަރު ވީދޯ.
ޓުވިޓަރޭ
22 May 2021
ޓުވިޓާއަކީ ވަރަށް ގިނަ ކާފަރުން އުޅޭއްޗެއް. އޭގަ އުޅެން ހެޔޮވެސްނުވާނެ.
ާއެދުރުކަލޭގެފާނު
22 May 2021
އަަލީ ރަމީޒު ކުއްލިއަކަށް ޝޭޚަކަށް ވެގެން މިއުޅެނީ އަޅެ ހުރިހާ ލަވަކިއުންތެރިންވެސް ރިޓަޔާރ ކުރާއިރު ދީނީ އިލްމް އިލްހާމްވަނީ ތޯއެވެ. ރަލާއި މަސްތުވާތަކެތި، ވައްކަމާއި، ޒިނޭ ފަދައިން މިއުޒިކުވެސް ހަރާމް ކަމަށް ވިދާޅުވެ ދެން އެކަން ކުރަން މުޅި ޒުވާން އުމުރު ހޭދަކުރުމަށްފަހު ކުއްލިއަކަށް މިވަނީ ފަގުޑި އެޅި ޝެއިޚްކަށެވެ. މިއީވެސް އަންތަރީސްވާ ވަރުގެ ކަމެކެވެ. އަލީ އަކީ ދީނުގެ ވަކި ބްރޭންޑެއްހެން ހީވާވަރަށް ކަންތައް ގޮސްފިއެވެ.
ރަދީފްއޮފިޝިއަލް
22 May 2021
އެއްވެސް އިރަކު އޭނަ ނުބުނޭ އޭނަ އެއީ ޝޭހެކޭ.އޭނަ ދުވަހަކުވެސް އެހެން ބުނިތަ؟ ޕްރޮގްރާމެއް ޕްރެޒެންޓްކުރާއިރު އެޕްރޮގްރާމެއްގެ މެއިން ސަބްޖެކްޓާއި މެދު ޑިސްކަސްކުރީމަ ކަލޭ ކަހަލަ އެދުރުން އޭނަ އެއީ ޝޭހެއް ކަމަށް ދެކެނީ.ލަދު ކޮބާ؟
ޢަމަޑޭ
22 May 2021
ކައޭ ހާދަކަޑަވީ. ކައޭވެސް ސޭހަކަށް ވެބަލަ
ހިއްވަރު
22 May 2021
އަލިިީ ހިއްވަރު ދެރަނުކުރާތި ޔަހޫދިީންނަކަށް، އެމީހުން ހިންގާ ލާއިންސާނިީއަމަޅްތައް ކުއްވެރިކޮށް ބަސްބުނަނީނަމަ ހަޖަމެއް ނުކުރެވޭނެ އެބައިމީބުންނަށް(އިޒްރޭލްގެޔަހޫދީން)ދަތި އުނދަވޫގޮތް މެދުވެރިކުރައްވާފަލަސްތީނުގެ ރަށްޔަތުންނަށް ނަސްރާ،ފަލާހާ،ކާމިޔާބު މިންވަރުކުރަށްވާ،އަބަދުގެއަބަދަށް މިނިވަން ދައުލަތެއް ކަމުގައި ލައްވާންދޭ!امين
ހށނ
22 May 2021
ކާފަރުން އުފައްދާ ޓުވިޓާ އެފްބީ ފަދަ ސޯޝަލް މީޑިއާ ޕްލެޓުފޯމް ތަކަކީ ޔަހޫދީންނަށް ބައިއެޅޭ ވިޔަފާރިތަކެއް. އަލީމެން ކަހަލަ ރަގަޅު މީހުން ތިތަންތަން ބޭނުން ކުރާނެ ކަމެއްނެތް. ގޮތުގަ ތިބެންވާނީ.
ރާކަނި ސައްތާރު
22 May 2021
ކަލޯ ތިހިރީ ރާކަނި މަސް ކެވިފައި. ޓްއީޓް ދޫކޮށް ފަތްކޮޅު ފޮނުވާ، ސައިކަލް ދޫކޮށް ޖަމަލު ދުއްވަން ފަށާ