ހުސެއިން ނިޔާޒު އުރީދޫގެ ހަފުލާއެއްގައި އޭނާގެ ތަޖުރިބާ ހިއްސާކުރައްވަނީ. އުރީދޫން މިއަދު ވަނީ ނިޔާޒު އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރަކަށް އައްޔަނުކޮށްފައި --މިހާރު ފޮޓޯ/ހުސެއިން ވަހީދު
26 މެއި 2021 - 13:36
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރަކަށް މިހާތަނަށް ހުންނެވި، ހުސައިން ނިޔާޒް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ބަދަލުކޮށްފި އެވެ.
މީގެ 16 އަހަރު ކުރިން އުރީދޫގައި މަސައްކަތް ކުރައްވަން ފެއްޓެވި ނިޔާޒަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް މުވައްޒަފެވެ. އާރްއެންއީ ޓެކްނީޝަނެއްގެ ވަޒީފާ އިން މަސައްކަތް ފެއްޓެވި ނިޔާޒް ވަނީ އުރީދޫގެ މެނޭޖާ ނެޓްވޯކް ޕްލޭނިން އެންޑް އޮޕްޓިމައިޒޭޝަންގެ މަގާމާއި ހެޑް އޮފް ނެޓްވޯކްސް އާއި ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަންގެ މަގާމު ފުރުއްވައިފަ އެވެ.
އުރީދުއާ ގުޅުމުގެ ކުރިން ނިޔާޒް ވަނީ އެމްއެންޑީއެފްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ވަނީ ޓެލެކޮމް މެނޭޖްމަންޓުން އެގްޒެކެޓިވް މާސްޓާސް ހާސިލު ކުރައްވައި، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާ އިން ތަމްރީނު ހޯއްދަައިފަ އެވެ.
އުރީދޫން ބުނީ ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ އެންމެ އިސް މަގާމުތަކަށް ދިވެހިންނަށް ލިބޭ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު ނަޖީބް ޚާން ވިދާޅުވިގޮތުގައި، އެ ކުންފުނީގައި ނިޔާޒް ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އިރު މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ.
"ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ނިޔާޒަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތި ކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންބަން
26 May 2021
މަރުހަބާ ނިޔާޒު!
ގައުމީ ލޯބި
26 May 2021
އުރީދޫގައި މީހާރު ގިނައީ އިންޑިޔާ މީހުން.. މަގާމަކަށް ރިޕްލޭސް ކުރަނީ އިންޑިޔާގެމީހުން އެތާނުގައި އުޅޭ ދިވެހީނަށް ވުރެން މާ ފެންވަރު ދަތް ސީއޯ އާއި އެޗް އާރު އެއީ އިންޑިޔާގެ ކޮންޓްރޯލް ތަންތަނަށް ވީމަ، މިތަނަށް ލައިސަންސް ދިނާ 10 އަހަރުތެރޭގައި %100 ދިވެހީންތިބޭ ނެ ތަނަކަށް ހެދުމަށް.. ކެމްގެ ވެރީން ފެއިލްވީ ތޯ ނުވަތަ އިންޑިޔާގެ ނުފޫޒު ގަދައީތޯ؟ އެއްބަސްވުމަށް ގޮންޖަހާފައި ދިވެހީން ބަހަނާދައްކައި ކަނޑަމުން ދާއިރުވެސް ބަލާނެ މީހަކުނެތް..
ސައްލޭލެ
26 May 2021
ތެދެއް. ތިޔަ އިންޑިޔާ ނޮހޮރޮއްޕާނުންނަކީ ދިވެހިރާއްޖޭގެ މައި ދޮރޯށި ހިންގަން ދިނީމަވެސް ބޭރުން ކުލަކާއްތާލައިގެން ދަނޑިފަނުން ހަދައިގެން ކަހަލަ ގޮތަކަށް އެތަން ހިންގި މީހުން. އިންޑިޔާ މީހުން ޚިދުމަތުގެ ކޮލިޓީއަށް ވުރެން ރައްޔިތުން ފެލައިގެން ލާރި ކެވޭތޯ. އެހެންވީމާ ތިޔަ ބުނާ އެގްރީމެންޓެއް ރިވިއުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން.
މަމެންގެ
26 May 2021
އުރީދޫ ކަސްޓަމަރކެއަރ އައް ގުޅޭނެގޮތެއް ހަދައިދީބަލަ، ކޮންމެފަދަ ކަމެއްވިޔަސް އުރީދުއައް ގުޅުންއެއީ ނުވާނެކަމެއް. އަދި އުރީދޫހިދުމަތްދޭ ތާކައްދިޔަސް ބޮޑުކަމެއް އެތާގަތިބޭ ކުދިންނައް ކޮއްދެވޭކަމެއް ނޯވޭ.. މިހާރުވެސް 3-4 އަހަރުވެއްޖެ /-40ހަކައް ހާސް ރުފިޔާގެ ބިލެއްގެ ކަންތައް ހައްލުކުރާނެ ކޮޅެއް މެދެއް ހާދާނެ ގޮތެއް ނޭގިފަ މިހުރީ، ބޭނުން ނުކުރާ ސިމްކާޑަކަށް މިވަރު ބިލެއް އޮތްވާހަކަ މިދަންނަވަނީ އުރީދޫއިން މިދަންނަވާ ސިމް އެހެންފަރާތަކައް ދީވެސްފަވީ
އަބްސީ
26 May 2021
އެހެންވީމާ ދިރާގު މާރަގަޅެއްނު؟