ރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ. އޮކްޓޫބަރުގައި މޯބައިލް އިންޓަނެޓްގެ އަގު ވެސް ދަށްކުރާނެ
އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް ވަނީ ދެންމެ އިއުލާނުކޮށްފައި
27 މެއި 2021 - 10:10
ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އެކި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ދެންމެ އިއުލާނުކޮށްފި އެވެ.
މި ގެނައި ބަދަލުތަކުގައި އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެ ގުނަ އަދި ފަސްގުނަ މަތިވާނެ އެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1-2 އެމްބީޕީއެސް ކަމަށް ވިޔަސް މިހާރު ވަނީ މި ސްޕީޑް ވަކި މިންވަރަކަށް ވުރެ ދަށްކުރުން މަނާކޮށްފަ އެވެ. އެގޮތުން 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމް.ބީ.ޕީ.އެސް އަށް ވުރެ ދަށެއް ނުކުރެވޭނެ އެވެ.
ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ. ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ https://t.co/CisS3qRadR pic.twitter.com/mm9kUi7N6g
— Mihaaru (@Mihaarunews) May 27, 2021
އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަހަރުގެ ޖުލައި މަހު، އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކެޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ. އަދި ދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ.
އިންޓަނެޓްގެ އަގަށް ގެނައި ބަދަލުތައް އިއުލާނުކުރަން ބޭއްވި ހަފުލާގައި ބުނި ގޮތުގައި މި ބަދަލުތަކުގެ އިތުރަށް ވެސް ހިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ހިދުމަތް ދިނުމަށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސަވިސް ޕްރޮވައިޑަރުންނާ އެކު ވަނީ އެއްބަސްވެފަ އެވެ. އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
27 May 2021
އިންޓަނެޓްގެ ޚިދުމަތް ތިޔަކިޔަނީ ހަމައެކަނި ލޭންޑްލައިން މެދުވެރިކޮށް ދޭ ޚިދުމަތަށް ތޯ؟
ވަހުތާން
27 May 2021
ތީ ވެނަށް މަސްގަނޑު ދައްކާގޮތަށް ކުރެއްވި ކަމެއް ނޫންތޯ؟
ހާދަހީވޭ
27 May 2021
ޖުލައި އަންނައިރު މިކަން އެހެން ގޮތަކަށް ބަދަލުވާނެހެން ވަރަށް ބޮޑަށް ހީވޭ.
އުމަރުބެ
27 May 2021
ސްޓާރލިންކް އައުމުގެ ކުރިން ކުޑަތަންކޮޅެއް އަގު ހެޔޮކޮއްލީދޯ.
ނައީމް އަލީ
27 May 2021
ކުޑަކުރިކަމަށް ބުނާ އަގުތަކާއި، މިސަރަހައްދުގެ އެހެންގައުމުތަކާއި އަޅާ ބަލާއިރު އަދިވެސް އަގުބޮޑުކަން ފާހަގަކުރެވޭ
ފޭކު
27 May 2021
ތިއަކު ނެތް މާ ބޮނޑް ހެޔޮއަގުތަކެއް. މިހާރުވެސް ބުރޯޑް ބޭންޑް 30 ޖީބީ 300ރ ލިބޭ. ދެން ހުރި ފެކޭޖްތައް ވެސް ތި ހުރީ ފޭކު ޖަންސާފަ
އަހުމަދުއަލޯ
27 May 2021
ސްޓާލިންކް ނުގެންނަން އެއްބަސްވެފަ މިއޮތީ... އިބޫއަށް ކުރި ތާއީދު އަނބުރާ ގެނެސްފިން.
ސްޓަރ ލިންކް
27 May 2021
ސްޓަރ ލިންކް 2022 ގަ މި ސަރަހައްދަށް އަންނާތީ ކުރިކަމެއް މީ. އިތުރު ބަޔަކަށް އިންޓަނެޓްގެ ޚިދުމަށް ނުދެވޭ ގޮތަށް ސަރުކާރުން އެއްބަސް ވެފަ މި އޮތީ.
އަލީސާ
27 May 2021
ކޮބާ ރާއްޖެ އޮންލައިންގެ ޚަބަރަކީ...... އެމީހުންނަކީވެސް އިންޓަނެޓްގެ ޚިދްމަތްދޭ ބައެއްނު؟؟؟؟؟
ޙަމް8
27 May 2021
ޝުކުރިއްޔާ މެޑަމް ފާތުން!