ކުޅިވަރު / އެފްއޭއެމް އިލެކްޝަން

ބައްސާމުގެ އެންމެ ބޮޑު ފޯކަސް އަތޮޅު ފުޓްބޯޅައަށް!

ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ބަދަލުތައް ގެނެވޭނީ އަތޮޅުތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުކޮށްގެން ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރުގައި އެންމެންގެ އެއްބާރުލުމާ އެކު ރާއްޖޭގެ ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްއޭއެމްގެ އިންތިހާބު މިއަދު ކާމިޔާބު ކުރެއްވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގްއާ ވާދަކޮށް ބައްސާމް މިއަދުގެ އިންތިހާބު ކާމިޔާބު ކުރެއްވީ 14 ވޯޓާ އެކު އެވެ. ތޯރިގަށް ލިބުނީ 11 ވޯޓެވެ.

ބައްސާމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުނީ ފާއިތުވި ދެ މަސް ދުވަހު ކުރެވުނު ބުރަ މަސައްކަތުން ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުންވާ ރަނގަޅު ބަދަލުތައް ގެންނަން ފުޓްބޯޅަ އާއިލާގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑާ މި އިންތިހާބުގައި ވާދަކުރެއްވި ޓީމުގައި މުޅިން ތިބީ ފުޓްބޯޅަ އާއިލާގެ މީހުން. ފުޓްބޯޅަ އަށް ހިދުމަތްކޮށް ކްލަބްތައް ހިންގުމުގައި އުޅޭ ފަރާތްތައް. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަން ކުރާއިރު ކްލަބްތަކުގެ މީހުންގެ އެއްބާރުލުން ވެސް ބޭނުންވާނެ. އިދިކޮޅު ޓީމުގައި އިންތިހާބުގައި ވާދަކުރިޔަސް އެމީހުންގެ ބައިވެރިވުން ވެސް މުހިއްމު،" އިންތިހާބަށް ފަހު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވި އެވެ.

ބައްސާމުގެ އިންތިހާބުވުމާ އެކު ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އަދި ނައިބް ރައީސަކީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

މިއަދުގެ އިންތިހާބުގެ ތެރެއިން އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގް (ކ) އާއި އަލަށް އިންތިހާބުވި ބައްސާމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައްސާމުގެ އެކްސްކޯގައި ދެން ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި މޯލްޑިވްސް ގޭސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާއު އެވެ.

އަތޮޅުތަކުގެ ފުޓްބޯޅައިގެ ތަރައްގީ އަށް 15 މިލިއަން ރުފިޔާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ޓީމުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިން ނިސްބަތްވަނީ އަތޮޅުތަކަށެވެ. އަދި ގައުމީ ޓީމަށް ބެލިޔަސް ގިނައީ އަތޮޅުތަކުގެ ކުޅުންތެރިންނެވެ. ބައްސާމް ވިދާޅުވީ ފުޓްބޯޅަ ތަރައްގީ ކުރެވޭނީ އަތޮޅުތަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކެއް ފޯރުކޮށްދީގެން ކަމަށެވެ.

"އަތޮޅުތަކުގެ ފުޓްބޯޅަ ތަރައްގީ ކުރަން ވަސީލަތްތައް އެބަ ބޭނުންވޭ. ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން އަޅުގަނޑު 15 މިލިއަން ރުފިޔާ ހަރަދުކުރާނަން. އަތޮޅުތަކުގައި ވަސީލަތްތައް މަދު. ރަނގަޅު ފެންވަރުގެ ދަނޑުތައް ހުރިއިރު އިތުރު އަޕްގްރޭޑްތައް އެބަ ބޭނުންވޭ. އެކަން ކުރަން ބޭނުންވާ އެހީ އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި އައްޑޫގައި ވަނީ އެފްއޭއެމްގެ އޮފީސް ހުޅުވައިފަ އެވެ. ބައްސާމް ވިދާޅުވީ އުތުރާއި މެދު ރާއްޖެ ތެރޭގައި އިތުރު ދެ އޮފީހެއް ހުޅުވާނެ ކަމަށާއި އަތޮޅުތަކުގެ ފުޓްބޯޅަ ހިންގުން ހަރުދަނާކުރަން މިއީ ކުރުން މުހިއްމު ކަމެއް ކަމަށެވެ.

"މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރަން ވިސްނާއިރު އިދާރީ މަސައްކަތްތައް ބަރާބަރަށް ހިންގުން މުހިއްމު. ގްރާސްރޫޓުން ފެށިގެން ކޯޗިން ކޯސްތައް ވެސް އަތޮޅުތަކުގައި ހިންގަން ބޭނުން. އެ ހުރިހާ ކަމެއް ކުރަން މަގުފަހިކުރުމުގެ ގޮތުން އޮފީސްތަކެއް އަތޮޅުތަކުގައި ހުޅުވުން މުހިއްމު،" ފާއިތުވި ތިން އަހަރުގައި އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބައްސާމް ވިދާޅުވި އެވެ.

މިއަދު އިންތިހާބުވި އެފްއޭއެމްގެ އާ ރައީސް ބައްސާމް އާއި އޭނާގެ އެކްސްކޯ މެންބަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމް އިންތިހާބުގައި ވެސް އަތޮޅުތަކުގެ ބައިވެރިވުން އޮންނަ ގޮތައް ކުރިއަށް ދިއުމަކީ ވެސް އެންމެ ބޮޑު އެއް އަމާޒުކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިއަދުގެ އިންތިހާބުގައި އަތޮޅުތަކުގެ ބައިވެރިވުމެއް ނެތް ކަމުގައި ވިޔަސް މުސްތަގުބަލުގައި އަތޮޅުތަކުގެ ބައިވެރިވުން ވެސް އޮތުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. އެއީ އަޅުގަނޑު ކޮށްދޭނެ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅަ އަށް ޕްލޭނެއް ބޭނުން، އެ ޕްލޭން އެކުލަވާލާނީ ފުޓްބޯޅަ އާއިލާގެ މީހުން

އެފްއޭއެމްގެ ކުރީގެ ރައީސް ތޯރިގު ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް އޮތް 15 ވަރަކަށް އަހަރަށް ފުޅާކޮށް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ރަނގަޅު ޕްލޭނެއް ބޭނުންވާ ކަމަށާއި އެކަމަށް ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހިސާބުން އަރައިގަންނަން ބޭރުގެ ޓެކްނިކަލް ޑިރެކްޓަރެއް ގެންނާނަން. އަދި ޕްލޭނެއް ވެސް އެކުލަވާލާނަން. އެ ޕްލޭނަށް އަޅުގަނޑުމެން އެހީ ހޯދާނީ ފުޓްބޯޅަ އާއިލާގެ މީހުންގެ ފަރާތުން. ކޮންމެ ގޮތެއްވިޔަސް ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއަރަން އެންމެ ރަނގަޅު ލަފައެއް ދެވޭނީ މިކަމުގައި ކުރީގައި ވެސް އުޅެފައި ތިބި މީހުންނަށް،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ތިން ޑިވިޝަންގެ ކްލަބްތަކަށް ދެމުން އަންނަ ފައިސާ ބޮޑުކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މި ގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް 3 މިލިއަން ރުފިޔާ، ދެ ވަނަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކްލަބަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބްތައް އޮތީ ވަރަށް ހާލުގައި. އެ ކްލަބްތަކަށް ދޭ ފައިސާ އިތުރުކުރީ ފުރަތަމަ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން. އެ ފަހަރު އެކަން ކުރުމުގައި އިސްކޮށް އުޅުނިން އަޅުގަނޑު. ކްލަބްތަކަށް ދޭ ފައިސާ ދެން ވެސް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ރެފްރީންނަށް ބޭނުންވާ ތަމްރީންތައް އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ރެފްރީން ޑިވެލޮޕް ކުރުމަށް ބޭރުގެ ރެފްރީސް ޑިރެކްޓަރެއް ގެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބްތައް އޮތީ ވަރަށް ހާލުގައި. އެ ކްލަބްތަކަށް ދޭ ފައިސާ އިތުރުކުރީ ފުރަތަމަ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން. އެ ފަހަރު އެކަން ކުރުމުގައި އިސްކޮށް އުޅުނިން އަޅުގަނޑު. ކްލަބްތަކަށް ދޭ ފައިސާ ދެން ވެސް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ރެފްރީންނަށް ބޭނުންވާ ތަމްރީންތައް އިތުރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރާނެ ކަމަށާއި ރެފްރީން ޑިވެލޮޕް ކުރުމަށް ބޭރުގެ ރެފްރީސް ޑިރެކްޓަރެއް ގެންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅައިގައި ގިނަ ކަންތައްތައް ނިންމާނީ ކްލަބްތަކުގެ ހިންގުމުގައި އުޅޭ ފަރާތްތަކުގެ އިތުރުން ވީހާވެސް ގިނަ ބަޔެއްގެ މަޝްވަރާ ހޯދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަވީދާއި މަޖިލިސް މެންބަރުންނަށް ހާއްސަ ޝުކުރެއް

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް ގެނައުމަށް އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދެވެ. އަދި ބައްސާމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުންގެ ހަ މެންބަރުންނެވެ.

"އަޅުގަނޑަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެންމެ ބޮޑަށް އެހީތެރިވި އެކަކަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތް ޝަވީދު. އެ ބޭފުޅާ އަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި އަޅުގަނޑަށް މި އިންތިހާބު ކާމިޔާބު ވުމުގައި އަޅުގަނޑުގެ ޓީމުގައި ހިމެނޭ މަޖިލިސް މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމުގެ ޓީމުގައި ހިމެނޭ މަޖިލީސް މެންބަރުން ވަނީ އެ ޓީމަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަަމަ ކުޅިވަރުގެ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު ފަހަތައް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައްސާމް ވިދާޅުވީ މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް ތަނުގައި އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.

"ސީޔާސީ ބޭފުޅުންގެ އެހީ ބޭނުންވޭ އެކަމަކު އެއީ ހިންގުމުގައެއް ނޫން. ހަގީގަތުގައި އެ ބޭފުޅުންގެ އެއްބާރުލުމާ އެކު މި އިންތިހާބު ކާމިޔާބު މިވީ. ރޭވިފައި އޮތްގޮތަށް އެ އޮންނަ އުސޫލުން މަޖިލިސް މެންބަރުންތައް ފަހަތަށް ޖެހުމުގެ ކަންތައް ވެސް ކުރިއަށްދާނެ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން ވިދާޅުވީ އެ ބޭފުޅުން ނުކުތީ ބައްސާމްގެ ހިމާޔަތުގައި ކަމަށެވެ.

"އަޅުގަނޑުމެން ނުކުތީ ބައްސާމްގެ ހިމާޔަތުގައި. ކުޅިވަރު މީހަކަށް ފުރުސަތު ހޯދައިދޭން. އެކަން ކާމިޔާބުވެއްޖެ. ދެން އޮތީ އަޅުގަނޑުމެން ދެންނެވި ގޮތަށް އެފްއޭއެމް ކުރިއަށް ދިއުމަށް ފުރުސަތު ދިނުން. އެއަށް ފަހު އަޅުގަނޑުމެން އެއް ފަރާތަކަށް ޖެހި މި ކަމަށް ހައްލެއް ހޯދައިދޭނަން،" ހުސެއިން ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސް ދިވެހިން ފަހުރުވެރިވާ ފަދަ ނަތީޖާތަކެއް ސަރަހައްދީ ފެންވަރުގައި ރާއްޖެ އަށް ހޯދައިދޭން ކަމަށް ބައްސާމް ވިދާޅުވި އެވެ.

8 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 0%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައި

21 November 2016

ކަނޑައެޅިގެން ސަރުކާރުން ޓޮމް އައް ދިން ލަނޑެއް. ވަރައް ކުރިން ރޭވިގެން ސަރުކާރުގެ އެންމެ ބޮޑުން ކުރިކަމެއް ތީ. ޓޮމް ވިސްނަން ޖެހޭ އެތެރެއިން ކަރުގަ ތިހިފީ ނޭގިހުއްޓާ އަދި މާބާރައް ހިފާނެ ސަރުކާރައް ތާއިދު ކުރުން ހުއްޓާލާ ވިސްނާ.

The name is already taken The name is available. Register?

ނަޒީމް

20 November 2016

ކޮންމެ ކަމެއް ކުރިއަސް އަތޮޅުތަކޭ މާލޭ މިކިޔާ ކިޔުން ހުއްޓާލަންވެއްޖެއެއްނުން

The name is already taken The name is available. Register?

ސައުނާނު

20 November 2016

ބައްސާމުގެ ވާހަކަތަކުން ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމުގެ އުންމީދު އާވެއްޖެ. ނަމަވެސް ބުނެލަން ބޭނުން ވާހަކައެއް އެބަ އޮތް. އެއީ ފުޓުބޯޅައިގައި ނަންމައްސޫރު ރަށެއް ގެ ވާހަކަ. މުޅި ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަނުން ގެ ވާހަކަ. އެންމެ ފަހުން އެރަށަކަށް ނިސްބަތްވާ ސަޕޯރޓަރުން ތަކެއް ގަލޮޅު ދަނޑަށް ވަދެ، މުޅު ގަލޮޅު ދަނޑު ހޭލައްވާލި ރަށެއްގެ ވާހަކަ. އެ ރަށަކުން އެންމެ ގިނަ ކުޅުންތެރިން ގައުމީ ޓީމަށާއި ފަސްޓް ޑިވިސަން އަށް ނެރޭދޭ، އެންމެ ފޯރިއާއި އެކު ފުޓުބޯޅަ ކުޅެއުޅޭ އެއް ރަށުގެ ވާހަކަ. ފުޓުބޯޅައިގެ އެހެން ރައްރަށާއި އަޅާ ކިޔާއިރު، އެންމެ ވަސީލަތްތައް މަދު ނަމަވެސް، އެންމެ ގިނަ ކުޅުންތެރިން އުފައްދާ އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފުޓުބޯޅަ މުބާރާތްތައް ބާއްވާ ހިންގާ އެއް ރަށުގެ ވާހަކަ. ނަމަވެސް އަދި އަދަށްދާންދެންވެސް މިރަށުން ވަރަށް މުހިންމު އެއްކަމެއް މަދުވޭ އެބަ! އެގޮތުން އަންނަ އަހަރު ގައުމީ މުބާރާތުގައި މިރަށް ވާދަ ކުރާ އިރު، ފަސްޓް ޑިވިސަންގެ ޓީމުތަކާއި އެއްހަމައެއްގައި ފާތިލަ ސާބިތު ކޮށްލަން ބޭނުން ވަނީ ހަމަ އެންމެ ކަމެއް. އެއީ ގަލޮލު ދަނޑުގައި އޮތްފަދަ ފުޓުބޯޅަ ޕިޗެއް. އަޅުގަނޑު މެންގެ ރަށުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއް ހަދައިދީ، ހެޔޮނުވާނެ!! އޭދަފުށީގެ ކުދި ބޮޑު އެންމެގެ އަދޭހަކީ މިއީ.

The name is already taken The name is available. Register?

ހެންޓު

20 November 2016

ބައްސާމް ހެޔޮ ނުވާނެ އޭދަފުށީގަ ދަނޑެއް އަޅައިދީ. އާދޭސް ދަންނަވަން. ދަނޑެއް އަޅަންޖެހޭކަން ސާބިތުވެސް ކޮށްދީފި އިހަކަށްދުވަހު. ޕްލީސް

The name is already taken The name is available. Register?

ރަދީފް

20 November 2016

މަރުހަބާ ބައްސާމް. ފަހަތަށް ނުޖެހެންބުނި ފޯވަޑް މިހާރު ކޮބާ؟؟ ބެންޗުގަތަ؟؟ ލޮލް

The name is already taken The name is available. Register?

ޕޯ

22 November 2016

އެހާ މާޖައެެެއް ނޫން އަސްލު

The name is already taken The name is available. Register?

އެޑަމް

20 November 2016

ކޮންމެ އަތޮޅެއްގައި މަދުވެގެން ފެވަރު ރަނގަޅު އެއް ސްޓޭޑިއަމް ހަދާ ކޮންމެ އަތޮޅަކުން ޓީމެއް ވާދަކުރާގޮތަށް (ހޯމް އެން އަވޭ އުސޫލުން) ގައުމީ ލީގް ބައްޓަން ކުރަންފެނޭ. ސަޕޯރޓަރުން އިތުރުވެ ލީގުގެ ފޯރި ގަދަވާނެ. އަދި އެޓީމްތަކުން ހޮވާލެވޭ ސްކޮޑެއް ގައުމީ ޓީމަށް ނެގުމުން ޓީމްގެ ފެންވަރު ރަނގަޅުވާނެ... ދެން ސުވާލަކީ މިކަމަށް ޚަރަދު ކުރެވޭނެތޯ؟

The name is already taken The name is available. Register?

ތަފާތުކުރުން

21 November 2016

ތިކަމެއް ނުކުރާނެ... މާލެ ނާދެވޭހާ ހިނދެއްގަ ގައުމީ ޓީމަކަށްވެސް ނުނަގާނެ . އެކި. އުމުރު ފުރާތަކުގެގެ ގައުމީ ޓީމް ތައްވެސް މާލެ ސުކޫލު ތަކުނަް އެކަނި ނަގަން ހަދައިގެން ރަނގަޅު ކާމިޔާބިީއެއްވެސް ނުލިބެނީ. ދެން އައިސް ކިޔާނެ ތަޖުރިބަާ މަދިއްޔޭ ތައްޔާރު ނުވެވުނިއްޔޭ. ރައްޖެތެރޭ ވަސީލަތްތަެއް މަދު ތަންތާ ތިބެގެން އަމިެއްލެ މަސައްކަތުން ހުނަރާ ކުރިއެރުން ހޯދާ ކުދިން އެބައުޅޭ. އެކުދިންގެ ހުނަރުބޭކާރު މާލެ ނާދެވެޭހާ ހިނދެއްގަ. މިފަދަ ކުދިންނަށް އެކަށިީގންވާ ތަމްރީނުތައް ދީ ހަދައިގެން ފުޓުބޯޅައިގެ ވަރުގަދަ ޖީލެއް ބިނާ ކުރެވޭންެ. އެކީ އުމުރުފުރާ ތަކުގަވެސް މިސަރަހައްދުގަ ވަރުގަދަ ގައުމީ ޓިމަކަށް ރާއްޖޭގް ގައުމީޓިީމުތައް ވާނެ. ކުެފިނކުެި ޔިއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454