ވިޔަފާރި / އުރީދޫ

އޮންލައިންކޮށް ކިޔަވާ ކުދިންނަށް އުރީދޫން ހާއްސަ ޕެކޭޖުތަކެއް، އަލަށް ހިދުމަތް ހޯދާ ނަމަ މައިފައި ޑިވައިސް ހިލޭ

އުރީދޫގެ ހަފްލާއެއްގައި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ނަޖީބު ޚާން ބައިވެރިވެލައްވަނީ-- ފޮޓޯ: އުރީދޫ

އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.

އުރީދޫން ބުނީ މި އެޑްއޮންތައް އެ ކުންފުނީގެ ސުޕަނެޓް އާއި ފަސޭހަ ހޯމް ބްރޯޑްބޭންޑް އަދި މައިފައި ބޭނުން ކުރާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އޮންލައިން ކްލާސްތައް ކުރިއަށްގެންދަން އަލަށް މައިފައި ޕެކޭޖު ނަގާ ޓީޗަރުންނާއި ދަރިވަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫން ތައާރަފު ކުރި މި ޕެކޭޖުތަކުގެ ދަށުން ހިލޭ ޑޭޓާ އާއި އެޑްއޮންތައް އެ ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމުތަކުން ނެގޭނެ އެވެ. މި ޕެކޭޖުތަކާ ގުޅޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނާއި ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ތައާރަފު ކުރި އެޑްއޮންތައް

- އީޑީޔޫ 7 ޖީބީ: 35ރ.

- އީޑީޔޫ 15 ޖީބީ: 90ރ.

- އީޑީޔޫ 30 ޖީބީ: 200ރ.

މި އެޑް-އޮން ޕެކޭޖުތައް މެދުވެރިކޮށް ގޫގުލް މީޓް އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަދެވޭނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ގޭގައި ތިބެގެން ޑިޖިޓަލްކޮށް ހިދުމަތް ހޯދަން ޖެހިފައިވާ ވަގުތެއްގައި ހުރިހާ ދަރިވަރުންނަށް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން އުރީދޫއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޖުތަމައުގެ ކުރިއެރުމަށް އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ގޭގައި މަޑުކޮށްލަން ޖެހިފައިވާ މި ދަނޑިވަޅު ހުރިހާ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބިމުކީ މުހިންމުކަމެއްގައި. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮންލައިންކޮށް ކިޔެވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނަޖީބު ޚާން ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވައިދޭން ފެށީއްސުރެ، އުރީދޫން އަންނަނީ ދަރިވަރުންނާއި ޓީޗަރުންނަށް އެހީވުމަށް ހިލޭ ޑޭޓާ ފޯރުކޮށްދެމުންނެވެ. އަދި އެޗްޕީއޭއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެންވެސް އެ ކުންފުނިން އަންނަނީ މި ދުވަސްވަރު ރައްޔިތުންނަށް އެހީވަމުންނެވެ.

16 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 12%
icon angry icon angry 65%
icon wow icon wow 12%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

01 June 2021

ގޫގުލް މީޓް އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަނުމަކަށް 15 ނުވަތަ 30 ޖީބީ އެއް ބޭނުމެއްނުވާނެ، އެހެން ވެބުސައިޓުތަކަށް ނުވަދެވޭގޮތަށް އެޑްއޮންތައް ވިއްކުމަކީ އޮޅުވާލުން މަކަރުހެދުން، މި އުރީދޫއާއި ދިރާގު އެކަނިތިބެގެން ސަރުކާރަކަށް ވައުދުފުއްދާކަށް ލާހިކެއްނޫން، ކޮންމެކަމެއްގައިވެސް އޮޅުވާލުމާ މަކަރުހެދުން ބަލަންތިބޭތި އިންޓަރނެޓު އަގުހެޔޮކޮށްފައޭ ކިޔާފަ ޖުލައިގަ ހަދާ މަކަރު، ރާވާފައޮތީ ބޮޑުއޮޅުވާލުންގަނޑެއް

The name is already taken The name is available. Register?

ޢަހަންމާ

01 June 2021

ގޫގުލް މީޓްސް ބޭނުން ކުރައްވަމުތޯ.... އެހެންވެއްޖެއްޔާ އެއަށް 30 ޖީބީންވެސް ނުވާކަން އެނގެންވާނެ. އަޅުގަނޑަކީ ޓީޗަރެއް. 1 ގަޑިއިރުގެ ގޫގުލް މީޓް ސެޝަން އަކަށް މަދުވެގެން 800އެމްބީ ދާނެ. މަސްދުވަހަށް ކިހާވަރެއްބާ!!

The name is already taken The name is available. Register?

ހުސެން

01 June 2021

@ޢަހަންމާ، އަޅުގަނޑުމީ ހާޑުވެއަރ އަދި ސޮފުޓުވެއަރ މަސައްކަތް ކުރާމީހެއް، ހަގީގަތުގައި ޓީޗަރުންނަށް އެޑްއޮން އާއި ޑާޓާ ޕެކޭޖު ހާއްސައަގެއްގައި ދޭކަށްނުޖެހޭ، އެއީ މުސާރަދީފަ ތިބޭބައެއް، ގޭގަ ވައިފައިނެތްނަމަ ސުކޫލަށްގޮސް ވައިފައި ބޭނުންކޮށްގެން ކުލާސްނަގާދެވޭނެ! ކިޔަވާކުދިންނަކަށް 15-30 ޖީބީއެއް ބޭނުމެއްނުވާނެވާހަކަ މިދައްކަނީ އިނގޭތޯ ހަމައެކަނި ވަކި ކަންކަމަށް ބޭނުންކުރެވޭގޮތަށް އެޑުއޮންވިއްކުމަކީ ވިޔަފާރީގެ ފައިދާނެގުމަށް ހަދާމަކަރެއް

The name is already taken The name is available. Register?

ބައި

01 June 2021

މޮޅު. ތިނޫން އެހެން ޕްލެޓްފޯމެއްގައި ތިޑޭޓާ ބޭނުން ނުކުރެވޭނެ. މިސާލަކަށް ފިލާވަޅަކާ ގުޅިގެން ގޫގުލްބރޯވްސާވެސް ބޭނުންކުރަން ޖެހިދާނެ. ޔޫޓިޔުބްވެސް ބަލާލަން ޖެހިދާނެ. މާނަޔަކީ މިއިން އެއްކަމެއްވެސް މިޑޭޓާއަކުން ބޭނުމެއް ނުކުރެވޭނެޔޭ؟

The name is already taken The name is available. Register?

މޯޑް

01 June 2021

ސަރުކާރުން ވެސް ފޭކު ޖަންސަނި. އެހެންތާ ވާނި ރަށްއިތުން ޖޫރިމަނާ ކޮށްގެން ސަރުކާރު މި ހިންގަނި

The name is already taken The name is available. Register?

އާރީ

01 June 2021

ދިރާގުން މިމަހު ދޭށްބުނި 40% ނުދޭ. ވަރަށް ފޭކު ބައެއް. ފެކޭޖް އާވިރު އެއްމެ ޖީބީ އެއް ވެސް އިތުރު ނުވޭ. ހުސް މަކަރު ހަދަނި

The name is already taken The name is available. Register?

ކާޑު

31 May 2021

ހީލަތް ތެރިކަން

The name is already taken The name is available. Register?

ޒިންދަގީ

31 May 2021

އޮންލައިން ނޫންކޮށް ކިޔަވާކުދިން އުޅޭތަ މިހާރު؟؟

The name is already taken The name is available. Register?

މޫސާ އަލީ

31 May 2021

ހަމަޖެހޭ އަގުތަކެއް ހެން ހިޔެއް ނުވޭ؟ އެޑިއު 15 ޖީބީ 90ރ އަށް 2 ފަހަރު ނެގީމަ 180ރ އަދި 2 ފަހަރު ނެގީމަ 30ޖީބީ އެބަލިބޭ އެކަމު އެޑިއު 30ޖީބީ ގެ އަގަކީ 200ރ.

The name is already taken The name is available. Register?

42 ޖީބީ

01 June 2021

7 * 6 = 42 ޖީބީ. ޢެންމެންވެސް 7 ޖީބީ ނަގާތި. 210ރ އަށް

The name is already taken The name is available. Register?

ޟދހދ

01 June 2021

2 ފަހަރު ނުނެގޭނެ އޯ

The name is already taken The name is available. Register?

ވ ދެރަ

31 May 2021

ދެރަވޭ. އިންޓަރނެޓަކީ ހަމައެކަނި ދެތިން ޕުލެޓުފޯމެއް ނޫން. ކިޔަވާކުދިން ރިސާރޗްވެސް ހަދާނެ. ޑައުންލޯޑް ވެސް ކުރާނެ

The name is already taken The name is available. Register?

ދެރަކަމަނާ

31 May 2021

އަސްލުވެސް. މިރާއްޖޭގެ އިންޓަރނެޓް ގެ އަގުބޮޑުކަމުން އުޅެވޭކަށް ނެތް. ހަމަ އެކަނި ގޫގަލް މީޓް، ސްލާރޫމަށާއި ޑަރަައިވް އަށް ވަދެވިގެން ކޯއްޗެއް ކިޔަވަން. ރިޗާރސް ހެދުމަކީ ކިހާ މުހިންމުކަމެއްކަން ވެރިންނަށް ނުވިސްނޭ ކަން

The name is already taken The name is available. Register?

ހުސްނާ ބީ

31 May 2021

މުޅިންވެސް މާކެޓިން ސްޓަންޓް - މިލިއަނުން މިލިއަނުން ފައިދާ ނެރޭއިރު، ކިޔަވާ ކުދިންވެސް ފެލަނީ

The name is already taken The name is available. Register?

އައުދާނަ

31 May 2021

ސުވާލަކީ މިހާރު ލާރި ދައްކާ ޕެކޭޖް ދެދުވަސްތެރޭ ހުސްކޮށްލާ، ކްލާސް ޕްލެޓްފޯމަށް ވަދެލާއިރަށް، ދެން މިޖެހެނީ އަބަދުވެސް އެޑްއޮން ހަދަން. ދުވަހަކު ރަގަޅަކަށް ނެޓް މަސައްކަތެއް ނުކުރޭ. އަބަދު ހުންނަނީ ކޮންމެވެސް ކަމެއްވެފަ. އެންމެ ދުވަހެއް ލަސްވިޔަސް ޚިދުމަތް ކަނޑާލާ. މިއޮތީ ވާ ބައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454