ކުޅިވަރު / ޔޫރޯ 2020

ޓީމު ޕްރޮފައިލް: އިޓަލީ

އިޓަލީ

އެންމެ ފުރަތަމަ ޔޫރޯ އަށް ކޮލިފައިވީ 1968 ގައި

ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބު: 1968 ގެ ޗެމްޕިއަން

ޔޫރޯގައި ވާދަ ކުރާ ނުވަ ވަނަ ފަހަރު

ރެނެސޯސްގެ ނަމުން މަޝްހޫރު ވެފައިވާ އިޓަލީ އެނބުރި އައިލެ އަވަހެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އެ ޓީމު އަޑިއަށް ގަނބައިގެން ދިޔައީ ކަމަށް ބެލެވުނެވެ. އެ މުބާރާތުގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ސްވިޑަން އަތުން ބަލިވެ އިޓަލީގެ ފުޓުބޯޅަ އަނދަވަޅަކަށް ވެއްޓުނީ ކަމަށް ބެލެވުނު ނަމަވެސް ބަރާބަރު ހަ މަސް ދުވަހުގެ ތެރޭގައި ހިންދެމިލި އެވެ. އާ ވިސްނުމާއި ތަފާތު ބަދަލާ އެކު އެވެ. އޭގެ ފަހަތުގައި ހުރީ މިހާރުގެ ކޯޗު ރޮބަޓޯ މަންޗިނީ އެވެ. އިޓަލީގެ ޓީމު އެކަނި ބަދަލު ކުރުމަކުން އޭނާ ފުއްދައެއް ނުލި އެވެ. ޓީމުގެ ކުޅުމުގެ ސްޓައިލް ވެސް ބަދަލު ކުރި އެވެ. ޒަމާނުންސުރެ އިޓަލީ ގައުމީ ޓީމު ބިނާ ވެފައި އޮތީ ޑިފެންސިވް ސްޓްރެޓެޖީއެއްގައި ކުޅޭ ޓީމެއްގެ މައްޗަށެވެ. މަންޗިނީ ޓީމު ބިނާ ކުރީ ޕޮޒެޝަން ފުޓުބޯޅަ އާއި ޕާސިން އަދި ޕްރެސިން ގޭމްގެ މައްޗަށެވެ.

ކޮލިފައިވީ ގޮތް

ޕޮސެޝަން ފުޓްބޯޅަ އާއި ޕްރެސިން ގޭމުން މަންޗިނީ ގެނައި ބަދަލުން ނަތީޖާ ފެނުނެވެ. ޔޫރޯ ކޮލިފައިންގެ ގުރޫޕް ޖީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި އެވެ. ޓީމުގެ ލަނޑު ޖެހުމުގެ ރޭޓް ރަނގަޅުވި އެވެ. ކޮލިފައިންގައި އެ ޓީމުން ވަނީ މެޗަކަށް 3.7 ގޯލް ޖަހައިފަ އެވެ. ކޮލިފައިންގެ ގުރޫޕްގެ އެއް ވަނަ އިޓަލީން ހޯދީ 12 ޕޮއިންޓްގެ ބޮޑު ތަފާތަކާ އެކު އެވެ. އިޓަލީން 30 ޕޮއިންޓް ހޯދިއިރު ގުރޫޕްގެ ދެ ވަނަ ފިންލެންޑަށް ހޯދުނީ 18 ޕޮއިންޓެވެ.

މުހިންމު ކުޅުންތެރިން

ރޮބާޓޯ މަންޗިނީ މިހާރު ކުޅުވާ ސްޓައިލުން އިޓަލީގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓި އެވެ. ޕޮޒިޝަން ގޭމްގައި އޭނާގެ ދައުރު ޓީމުގައި ބޮޑެވެ. އެ ސްޓައިލްގައި ކުޅޭ ސްޕެއިންގެ ބާސެލޯނާއިން ވެސް ވަނީ، ވެރާޓީ އެ ޓީމަށް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޕީއެސްޖީން ހުރީ އޭނާ ވިއްކާ ގޮތަކަށް ނޫނެވެ. ޔޫރޯގެ ސްކޮޑަށް ނެގި އިރު ވެރާޓީ ހުރީ އަނިޔާގަ އެވެ. ޔޫރޯ ފެށެން ވާއިރަށް އޭނާ ފިޓްވުމުގެ ފުރުސަތު އެބައޮތެވެ. އިންޓަ މިލާންގެ މިޑްފީލްޑަރު ނިކޮލޯ ބަރޭލާ، ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަދި ނަޕޯލީގެ ފޯވަޑް ލޮރެންޒޯ އިންސީނިއާ އަކީ އިޓަލީ ޓީމުގެ ހެވީވެއިޓް ނަންތަކެވެ.

އިޓަލީގެ މުހިންމު ކުޅުންތެރިޔާ ވެރާޓީ. --ފޮޓޯ:އޭއެފްޕީ

ކޯޗު

އިންޓަ މިލާން އާއި މެންޗެސްޓާ ސިޓީއާ އެކު ސެރީ އާ އަދި ޕްރިމިއާ ލީގު ހޯދި ރޮބާޓޯ މަންޗިނީއާ އިޓާލީގެ ގައުމީ ޓީމު ހަވާލު ކުރީ އެންމެ ފަހުގެ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ގެއްލުމުންނެވެ. މެއި 2019 ގައި ޓީމާ ހަވާލުވެ މަންޗިނީ ފެށި މަސައްކަތަކީ އިޓަލީގެ ގައުމީ ޓީމުގެ ފުޓްބޯޅަ ރިވިއު ކުރުމެވެ. އެ ރިވިއުއާ އެއްގޮތަށް ބަދަލު ގެނަ އެވެ. ޑިފެންސިވު ފުޓްބޯޅަ އިން އެޓޭކިން ފުޓްބޯޅައަށް ބަދަލު ކުރި އެވެ.

އިޓަލީގެ ކޯޗު މަންޗިނީ. --ފޮޓޯ:އޭއެފްޕީ

ޓެކްނިކަލް ހުނަރު މުއްސަނދި ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ޓީމުގައި ގިނަ ކުރި އެވެ. އިޓަލީގެ ގޭމް ސިސްޓަމް މަންޗިނީ ބަދަލު ކުރީ 4-3-3 ފޯމޭޝަނަށެވެ. އެ ސިސްޓަމްގައި އޭނާ ގޭމް ބިނާކުރީ ޕޮޒެޝަން، ޕްރެސިން އަދި ސްޕީޑްގެ މައްޗަށެވެ. ބަދަލު ފެނުނެވެ. ޔޫރަޕްގައި ޕޮޒެޝަން ފުޓްބޯޅަ އަށް މަޝްހޫރު ހޮލެންޑާ ދެކޮޅަށް ޔޫއެފާ ނޭޝަން ލީގުގައި ކުޅުނު މެޗުގައި ޕޮޒެޝަން ޑޮމިނޭޓް ކުރީ އިޓަލީގެ ޓީމެވެ. ހޮލެންޑާ ދެކޮޅަށް ވެސް ނަތީޖާ ނެރުނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޗީނީ

08 June 2021

ނިކޮލާ ޒަނިއޯލާ އާއި ސަންޑްރޯ ޓޮނާލީ އަކީ މިފަހަރު ޔޫރޯ ސްކޮޑް ގައި ހިމެނޭ ކުޅުންތެރިންނެއް ނޫނެވެ. ސްކޮޑްގައި ނުހިމެނި މިފަހަރު އެކުޅުންތެރިން ވިދާލާނެ ގޮތެއް ވިސްނާ ވިސްނާ ސިކުނޑިއަކަށް ނައެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454