އެސްޓީއޯގެ ސައިޓެއްގައި ސިމެންތި މިކްސް ކުރުމުގެ މަސައްކަތް ކުރަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
05 ޖޫން 2021 - 22:50
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް "ގްރީން ކޮންކްރީޓް" ތައާރަފު ކުރަން ތައްޔާރުވެއްޖެ އެވެ.
ގްރީން ކޮންކްރީޓަކީ ތިމާވެއްޓާއި ރައްޓެހި ކޮންކްރީޓެކެވެ. މި ކޮންކްރީޓުން ޖައްވަށް ބެރުކުރާ ކާބަންޑައޮކްސައިޑް 30 ޕަސެންޓަށް ކުޑަކޮށްދެ އެވެ.
އެސްޓީއޯއިން ބުނީ މި ކޮންކްރީޓަކީ އެހެން ކޮންކްރީޓާ ހިލާފަށް ގުދުރަތީ ބާވަތްތަކާއި ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ކޮންކްރީޓެއް ކަމަށެވެ. އަދި މި ކޮންކްރީޓު މިއަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް ސަޕްލައި ކުރާ ވެހިކަލްތައް ބޭނުންކޮށްގެންނެވެ.
އެސްޓީއޯއިން މިހާރު ވެސް އަންނަނީ ތިމާވެއްޓާ ރައްޓެހި އިމާރާތް ކުރުމުގެ ސާމާނު ވިއްކަމުންނެވެ. މީގެ ތެރޭގައި "ރެނާކޮން" ގާ ހިމެނެ އެވެ. ދެ ހާސް ނަވާރަ ވަނަ އަހަރު ބާޒާރަށް ނެރުނު މި އުފެއްދުމަކީ މިހާރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައވާ އުފެއްދުމެކެވެ. ރެނަކޮން ގަލަކީ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ރީސައިކަލް މާއްދާތައް އެކުލަވައިގެން އުފައްދާ ގަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ބުހައިރީ
06 June 2021
ތިޔަ ފޮޓޯއިން ވެސް ދައްކުވައިދެނީ ތިމާވެއްޓާއި ރައްޓެހިކަން. ޖަމްބޯ ބޭގް ފަޅާނުލާ ހުސްކުރެވޭނަމަ ދެވަނަ ފަހަރު ބޭނުންކުރެވޭނެހެން ހީވަނީ. ތުމާވެށި ކިޔައިގެން ލޯނުހޯދަން މަސައްކަތް ނުކޮށް ޒިންމާދާރުކަމާއިއެކު ވިޔަފާރިކިރުން ކިހިނެއްވާނެތޯ
ެއެެ33
06 June 2021
އަދި މި ކޮންކްރީޓު މިއަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ
ސިނާން
07 June 2021
އެ ޖަންބޯ ނުފަޅާ އޭގަ ހުރި ހިލަ ނުނެގޭނެ. އަދި އެ ޖަންބޯ ދެވަނަ ފަހަރަށް ވެސް ބޭނުން ކުރާނެ.