ޝަރީފް ވިދާޅުވީ މަގާމުގައި ހޭދަކުރެއްވި ތިން އަހަރުން ރަނގަޅު ތަޖުރިބާތަކެއް ލިބިއްޖެ ކަމަށާއި އެހެން ބޭފުޅަކަށް ފުރުސަތު ދޭންވެއްޖެ ކަމަށް
އިލެކްޝަންސް ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއްގައި އަހްމަދު ޝަރީފް ނޫސްވެރިއަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ/މިހާރު
15 ޖޫން 2021 - 12:02
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޝަރީފް އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި، ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައި ކަމަށް ވަނީ އެނގިފަ އެވެ.
"ކޮމިޝަންގެ ރައީސެއްގެ ގޮތުން ދައުލަތަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، މި ވަޒީފާއިން ލިބެންވާ ތަޖުރިބާތައް ލިބިފައިވުމާ އެކު، އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުންނާއި، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
Elections Commission ge member kamun miadhu alhugandu isthiufaa dheefin, veythuve dhiya thin inthikhaab ga ikhlaastheri amaanaitheri kamaa eku masaikai kohdhevunu kamuge hinhama jehun libunu, kurimagu ga ves rayyithun ge khidhmathuga fennaane in shaa Allah
— Ahmed Shareef (@ShareefRangondi) June 15, 2021
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށްދެވުމުގެ ކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުން ފެންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އީސީގެ މެންބަރުކަމަށް ޝަރީފް އައްޔަންކޮށް މަގާމުގެ ހުވާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 6، 2018 ގަ އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިިގެންފަ އެވެ. އެއީ ކުރިން އީސްގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން އެންމެ ފަހުން ރިޔާސީ އިންތިހާބަށް ފަހު އިންތިހާބުގައި މަކަރު ހެދިކަމުގެ ތުހުމަތާ އެކު ޔާމީނާއި ސަޕޯޓަރުންގެ ފަރާތުން ޝަރީފާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސީ
18 June 2021
ރަނގަޅު. ދެން ރަނގަޅުވާނީ ހަބީބު. އޭރުން އަހަރެމެންނަށް ފަސޭހަ ވާނީ އީސީ ހަބީބޫބޫބޫ ކިޔަން
މޫސާކުއްދާ
17 June 2021
ފެނަކަ އެމްޑީ ގެ މަގާމު އޮތީ ހަވާލުކުރަން ތައްޔާރުކޮށްފަ! ބަލަން ތިބޭ.
ޢީސީ
16 June 2021
ޢީސީ ޝަރީފޫ އީސީ ޝަރީފޫ ޝަރީފޫ?އެހެން ގޮވި މަންޖެ ވ އުފާވާނެ ދޯ
ސީދި ބޮއްކެ ރ
15 June 2021
ބަރާ ބަރު !
ބޮޑުމީހާ
15 June 2021
މާދަމާ ހުންނާނީ ކޮންމެވެސް މިނިސްޓަރަކަށް،.ސީއޯއަކަށް...ދައުލަތަށް ބަލަދު އަރާފަ ތިބޭ ބަޔެއް
އަމީންސޯގެ ބޮޓުންގެ ގުރޫޕް
15 June 2021
"ވަޙީދަކަސް ޖަމީލަކަސް ޝަހީމަކަސް ޝަރީފަކަސް (އީސީޝަރިއްޕެ) ނެތޭކެވޭކަށެއް ލައްޓިއެއް."
އެފް
15 June 2021
އިލެކްޝަންގެ އިސްކޮމިޝަނަރަކީ ދެމިޔަލީ ކަނޑިއެއްގެ މިޔަމަތީ ހުންނަވަންޖެހޭ ބޭފުޅެކެވެ. ޒިންމާ އަދި މާބޮޑުމަގާމެކެވެ. އެންމެ ތަޖުރިބާހިތި ބޮޑުރާޅު ބޯމަތި ވަނީ ބޮޑުއިންތިޚާބުގެ ނަތީޖާ އާއެކުއެވެ. އެއީވާ ފޯރިގަދަކަމެކެވެ.ކޮންމެއަކަސް އިޚްލާސްތެރި ކަމާއެކު މަސައްކަތްކުރެއްވިއްޖެއްޔާ އެވީއެވެ.
ޓިކްޓޮކް
15 June 2021
ދެން، އެމްޕީއެލްގެ ސީއީއޯ ކަމަށް...!
އޮނަރަބްލް އަފީފު ދީދީ
15 June 2021
ސޯލިޙްގެ ވަޒީރަކާއިމެދު ޙިޔާނާތުގެ ތުހުމަތުކުރެވި ސަސްޕެންޑް ކޮށްފައިވާ ވަގުތެއްގައި އިސްތިއުފާ ދެއްވުމުން ކުރިން އިވިފައިހުރި ބައެއް އަޑުތަކަށް ބުރަވެ އަނެއްކާ ވަޒީުކަމަށް ފައިނެންގެވީތޯ އެބަހިތަށް އަރާ. # އަނެއްހެން ގޯހެއްނެތް. އީސީ ޝަރީފުއަކީވެސް ޒުވާނުންނާއި ގުޅޭ "ޒުވާނުންގެ މީހަކަށްވާތީ" ޔޫތު އެންޑް ސްޕޯރޓްސް މިނިސްޓަރުކަން އަދާކުރާން އުދަގުލެއް ނުވާނެ. ގައިމުވެސް މަޙްލޫފަށްވުރެން މާލެއިން ބޭރު ރަށްރަށުގެ ޒުވާނުންނާއި ގުޅުން ބޮޑުވާނެ.
ސީޒަން ޖެކުހަން
15 June 2021
އަނެއްކާވެސް ތިތަން ފުއާދުބެއާ ހަވާލުކުރޭ.
ޙަކީމު
16 June 2021
ބޯމަތިވަމުން އަންނަ އިންތިޚާބަށް މަގު ސާފުކުރަނީ. ނަޝީދަށް ރައްޔިތުން ވޯޓެއް ނުލާނެ އެހެންވެ ދެން ބޭބީފޯޑަށް މިކަމުގަ އެހީއެއް ވެދެވޭނީ.