ރާއްޖެއަށް މިއަދު ޗާޓަރު ދަތުރު ފެށި ލޫކް އެއާގެ ފްލައިޓު-- ފޮޓޯ: އެމްއެމްޕީއާރުސީ
17 ޖޫން 2021 - 14:29
ބްލޫ ޕެރަނޯމާގެ ލޫކް އެއާލައިނުން ޕޮލެންޑާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.
މިއީ ޕޮލިޝް މާކެޓުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިޓާކާ އާއި ރާއްޖޭގެ ސަން އޯޝަންއާ ގުޅިގެން ފަށާ ދަތުރުތަކެކެވެ. އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު އެއް ދަތުރު ބާއްވާނެ ކަމަށް ލޫކް އެއާލައިނުން ވަނީ ބުނެފަ އެވެ.
ޕޮލެންޑުން ރާއްޖެއަށް ޑައިރެކްޓު ޗާޓަރު ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2019 ވަނަ އަހަރު އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ ލޫކް އެއާގެ މިއަދުގެ ފްލައިޓުން އެކަނިވެސް 297 ޓޫރިސްޓުން ރާއްޖެ އައި ކަމަށެވެ.
އެމްއެމްޕީއާރުސީން ވަނީ ޕޮލެންޑުގައި ރާއްޖެ އިޝްތިހާރު ކުރަން އިޓާކާއާއެކު ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕެއިނުގެ ދަށުން ރާއްޖެއަކީ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy