ބޮޑު އަގު ހުށަހެޅި ކުންފުންޏަކަށް ހަވާލުކުރުމުން އަކަފޫޓަކަށް 1،637ރ. ޖެހޭ. މަބްރޫކް ވިދާޅުވި ގޮތުގައި މާލޭގައި އެންމެ ރަނގަޅަށް ހަދާ އެޕާޓްމަންޓްތަކަށް ވެސް އަކަފޫޓަކަށް ޖެހެނީ 1،200 އެއްހާ ރުފިޔާ.
ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތައް. -- ފޮޓޯ: ނިޝާން އަލީ/މިހާރު
17 ޖޫން 2021 - 21:11
ހުޅުމާލޭ ދެ ވަނަ ފޭސްގައި ހިޔާ މަޝްރޫއުގެ ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެރިކަން ފާޅުކޮށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ހިޔާ މަޝްރޫއުގެ އަގުތަކުގެ ތަފްސީލް ދޭން އެޗްޑީސީއާ ގުޅިގެން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޗައިނާގެ އެހެން ކުންފުނިތަކާއި އެކި ގައުމުތައް ހިމެނޭ ގޮތަށް އެ މަޝްރޫއު ހިންގަން ފަސް ކުންފުންޏަކުން ބިޑް ހުށަހެޅި ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓެއް 50،000 ޑޮލަރު (771،000ރ) އާއި 52،000 ޑޮލަރު (801،840ރ.) އާ ދެމެދުގައި ކަމަށެވެ. ރާއްޖެއިން އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހުށަހެޅި އަގަކީ ޔުނިޓެއް 62،000 ޑޮލަރުގެ ރޭޓަށެވެ. އެއީ 956،040ރ. އެވެ.
މި ޕާޓީ ނަގައިފަ ދެން އެންމެ ބޮޑުކޮށް އަގުކީ ޕާޓީ ވެސް 10000 ޑޮލަރު ހެޔޮ މިހާރު ހަވާލުކޮށްފައި އޮތް ފަރާތަށް ވުރެ. ޖުމްލަ ހުށަހެޅި ފަސް ޕާޓީގެ ތެރެއިން އެންމެ އަގު ބޮޑުކޮށް ހުށަހެޅި ޕާޓީއަށް ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ: މަބްރޫކް
މަބްރޫކް ވިދާޅުވީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް މަޝްރޫއު ހިންގަން ހަވާލުކުރީ ކޮން ގޮތަކަށް ބަލާފައި ކަމެއް ސާފު ނުވާ ކަމަށެވެ.
ބޮޑު އަގު ހުށަހެޅި ކުންފުންޏަކަށް ފްލެޓް އަޅަން ހަވާލުކުރުމުން އަކަފޫޓަކަށް 1،637ރ. ޖެހެ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މާލޭގައި އެންމެ ރަނގަޅަށް ހަދާ އެޕާޓްމަންޓްތަކަށް ވެސް އަކަފޫޓަކަށް ޖެހެނީ 1،200 އެއްހާ ރުފިޔާ އެވެ.
ހިޔާ ފްލެޓްތަކުގެ އަގުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީ އާއި ރައީސް އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް (ކ) އަދި އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު--
ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އެޅުމަށް ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތާ އެކު ފެނާއި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. އެކަމަކު ފްލެޓްގައި ތަށިމުށި ޖެހުމާއި އެތެރޭގެ ދޮރުތައް ހަރުކުރުމާއި ބޮކި، ފަންކާ އާއި ބަދިގޭގެ ކެބިނެޓް ހެދުން ފަދަ މަސައްކަތްތަކެއް ނުހިމެނެ އެވެ. މި ފިނިޝިން މަަސައްކަތް ކުރަން ޖެހެނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ.
- Discrepancies in initial Equated Monthly Installment calculation vs revised EMI calculation: pic.twitter.com/O91RGqKJ2Z
— Mabrook Azeez (@MvSpokesperson) June 17, 2021
ފްލެޓްތަކުގެ ކުލި ހިސާބުކުރަން، ކުރިން ހިސާބު ހަދާފައިވާ ގޮތާއި މިހާރު ހަދާފައިވާ ގޮތް
ބޮޑު ލޯނެއް ނަގައިގެން މި މަޝްރޫއު ހިންގާފައި ވާތީ އެ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި، ސާވިސް ޗާޖާ އެކު 8،500 ރުފިޔާ ނަގަން ސަރުކާރުން ނިންމާފައިވެ އެވެ، ކުރީ ސަރުކާރުން ބުނި ގޮތުގައި އޭރު ހެދި ހިސާބުތަކުން ދައްކަން ޖެހެނީ މަހަކު 5،600ރ. އެވެ. އެކަމަކު ކުލީގެ ގޮތުގައި ހެޔޮ އަގެއް އައިސްފައި ވަނީ ކުރިން ނުބައިކޮށް ހިސާބު ހަދާފައި އޮތުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ތަފްސީލް ވެސް މިއަދުގެ ޕްރެސްގައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
19 June 2021
މީ ކޮންކަހަލަ އިންސާފަކުން މިނެކިރަބެއްތަ؟ 1. ޝޯޝަލްހައުސިން ސްކީމް އަދި ކޮވިޑް ޕެންޑަމިކަށް ލޯނުދޭ އިންޓަރެސްޓް ރެޓަކީ %6 އެކަމު މިހިސާބު ޖަހާފައިވަނީ %8އިން 2. ބިމުގެ އަގު %100 އެޗް ޑީ ސީ އިން އަކަފޫޓަކަށް 1000ރ އަށް ވުރެ މަތިން ނަގަފާވާކަމަށް ބެލެވެނީ އެކަމަކު ގުރައުޑްފުލޯ ކުއްޔަށް،ދޫކޮށްގެން 20 އަހަރު ތެރޭ އޭގެން ޓަވަރަކުން 300 މިލިޔަން ރ އަށްވުރެގިނަ އާމްދަނީ ނަގާނެ އެތަންހަދަން އެޗް ޑީ ސީ އިންވެސްޓް ސުމެއް.
އަރީދު އަލީ
18 June 2021
ރައިސް ޔާމިން އެޅި ފްލެޓުތައް މިސަރުކާރަށް ބޮޑު ބިރަކައް ވަނީ އެވަރު ބޮޑު ޕޮރޮޖެކްޓެއް މިސަރުކާރަށް ކުރިއަށް އޮތް 3 އަހަރު ނުގެނެވޭނެތީ އަދި އެއްމެ ފަސޭހައިން ދިވެހިން ވޯޓްދޭނީ ކެއީ އޭ ކިޔާ ކެމްޕޭނު ކުރީމައިކަން އެމްޑީޕީއަށް އެގޭ..ހިސާބަކީ އެމީހަކު ޖެހިގޮތަކަށް ޖެހޭ އެއްޗެއް.
ރާޖޫ
18 June 2021
އަވަހަށް ޔާނު ސްޕީޑްގައި ނިންމަ ދޭނެ ބަޔަކަށް ދީފައި އޮތީ. އެމްޑީޕީން ހުޅުމާލޭ ބްރިޖް އެޅި ނަމަ ނިންމޭނީ 50 ވަރަކަށް އަހަރުން. މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ލިބިގެން އުޅެނީ އަމިއްލަ އެދުމާއިގެން. ރައްޔިތުންގެ ފައިދާ އަށް ކުރި އެއްވެސް ކަމެއް ނެތް. މުޅިންވެސް އޮތީ ބަދަލުހިފުން
ރަންނަ
20 June 2021
ޔާނު ސްޕީޑޭ ތިކިޔަނީ ދައުރު ނިމުނުއިރު 20% މަސައްކަތް ނިންމުންތޯ؟
މަހޭބެ
18 June 2021
ޔާމީން ޔިމަޝްރޫއުން 3 ބިލިއަން ރުފިޔާ ކައްވާލި. މިއީ ހަމަ ތެދު މިހާރުވެސް ބަލާ އެހެން ވީމަ ވާނެއެތި މިހާރުމިވީ ނިކަމެތި މީހާއަށް ހުރިހާ ތަކްލީފެއް
ފެން
18 June 2021
ކަލެއާއެކުވެގެން ކައްވާލީމަ ތިހާ ރަގަޅަށް އެނގެނީ. ޔާމީނު ހުރިނަމަ އެއިރު ބުނި އަގުގަ ކުއްޔަށް ދޭނީ. އެއީ ޔަގީންކަމެއް. އެކަން ކުރާނެ ގޮތެއް އެނގޭނީ ޔާމިނަށް.
ސަރުދާރުު
18 June 2021
ޔާމީނު ވާ ކައިގެންވެސް އަހަރުމެންނަށް އެތަށް ކަމެއްކޮައްދީފި، އެގޮތުން މި ސަރުކާރަށް ކޮންކަމެއް ކޮއްދެވުނީ؟ (އާއިލާ އާ ރައްޓެހިންގެ ކުންފުނި ތަކަށް ބަދަލު ދިނުންފިޔަވާ)
ރަންނަ
18 June 2021
ކައްވާލައިގެންވެސް ރަނގަޅަށް ކުރިނަމަ ކޮންމެވެސް ވަރެއްވީސް. ބަލާ އެތަން ހުރު ހާލަތު. ތަށިދޮންނަ ސިންކަކުވެސް ނެތް ތައްޓެއްބަހައްޓާނެ ޖާގަ.
ޙަސަނުލްބުންކިޔާ
18 June 2021
އޭރު ހުރި މީހާގެ ވިސްނުމަކީ ނާޖާއީޒް ގޮތުގައި ބޮޑު ޢަދަދެއް ދީގެން ނާޖާއިޒް ގޮތުގައި ބޮޑުޢަދަދެއް ހޯދާ ޖީބަށް ލުން އެހެން އެކަން ފެނިގެން ގޮސްފައިވަނީ އެތައް އެތައް ކަމަކުން
ތުންކިޔާ
18 June 2021
ބޮޑު އަދަދު ޖީބަށް ލެވުނުކަމަށް ބުނާއިރު ބޮޑުކޮށް ހަދާދީ ނިންމަދީފަ ހުރި އެތައް އަދަދެއްގެ ތަންތަނެއް ނުފެނޭނު. އަދި ރައްޔިތުންނަށް ފަސޭހަކޮށްދޭން ކޮށްދީފަ ހުރި ކަންކަމެއް ނުފެނޭނު. ތިމާގެ ޖީބަށް އެއްޗެއް ކަހާނުލެވުނީމަ އެވީ ޔާމީން ޖީބަށް ކަހާލެވުނުކަމަށް.
ސަސް
18 June 2021
100% ވާހަކައެއް.
ބްލަޑް
18 June 2021
ތި ބުނާ ޓަވަރު ތަކެއް އެބަހުއްޓެއްނު ފެންނަން! ކޮބާތަ ބާކީ 60 ވެންޓިލޭޓަރު؟ ކޮބާ އިހުމާލުވި މިނިސްޓަރު؟ ހަމަ އޯކޭ ދޯ؟ ކެޔޮކޭވަރު ބަލަން ބިތުން ފަންގި ނެއްޓުމުގެ ބަދަލުގަ ޤައުމު ރަނގަޅު ގޮތުގައި ހިންގޭތޯ ބަލަމާ.....
ގުއިއްޒު
18 June 2021
މިކަމުގެ ސަބަބުން ގެއްލިފައިވާ 70 މިލިޔަން ޑޮލަރު ހޯދުމަށް މުއިއްޒު އަދި އެކަމުގައި އިހުމާލުވީ މީހުންގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވައިދެއްވުން އެދެން.
އަލީ ވަހީދު
18 June 2021
އެއީތިމީހުންވެސް އެމީހުންވެސް ކަންކުރާގޮތް ހުރިހާދެރައެއް ނިކަމެތި އާދައިގެ ރައްޔިތުމީހާއަށް
ރާއްޖެ
18 June 2021
ހެޔޮ އަގުގަ އެ ސްޕީޑްގަ 16 ޓަވަރު 25 ބުރިޔަށް ނަގާފަ އަސްލަންޓޭމެން ދައްކައިދީބަލަ.
ޓަވަރު
18 June 2021
25 ބުރީގެ އެފެންވަރުގެ ހޮސްޕިޓަލެއް ދުވަހަކު އެޅި ބައެއް ނޫން އެކަމަށް ގޮތް ކިއީކީ. ބްރިޖެއް ދުވަހަކު އެޅި ބައެއްނޫން އެކަމަށް ގޮތް ކިއީކީ. ހުޅުމާލެ ދެވަނަ ފިޔަވަހިވަރުގެ ތަނެއް ހިއްކައި މާސިންގާ ޕްލޭންކޮށް އެވަރުގެ ޓަވަރުތަކެއް އެޅި ބައެއްނޫން ގޮތް އެ ކިޔަނީކީ. މީހަކު ކަންތައްތަކެއް ކުރީމަ ބާރުކޮށްގެން ކީހާ އެއްޗެހީގަ ޖެހިގެން ވޯޓް ދެވުނީ ކިހާ މޮޅު ބަޔަކަށް.