ޚަބަރު / އިމިގްރޭޝަން

އިމިގްރޭޝަންގެ ހަތަރު މީހަކަށް ނޯޓިސް ދިން މައްސަލާގައި ޓްރައިބިއުނަލްގެ އަމުރެއް

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް: ޔުނިފޯމް މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ބައެއް މުވައްޒަފުން ވަކިކުރަން ވަނީ ނޯޓިސް ދީފައި --ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ޔުނިފޯމް މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ތިބި މަގާމަށް އެހެން ބަޔަކު އައްޔަން ކުރުން މަޑުޖައްސާލަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އިމިގްރޭޝަންގެ ޔުނިފޯމް މިންގަނޑާ އެއްގޮތަށް އަމަލުނުކުރާ މުވައްޒަފުންނަށް ނޯޓިސް ދެމުން ދަނިކޮށް ޓްރައިބިއުނަލުން މިއަދު އެގޮތަށް އެންގީ އޭގެ ތެރެއިން ހަތަރު މީހަކު އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުންނެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އެ މައްސަލަ ނިމުމުގެ ކުރިން އެ ހަތަރު މީހުން ތިބި މަގާމަށް އަލުން އެހެން ބަޔަކު އައްޔަންކޮށްފި ނަމަ އެކަމުން އެ ހަތަރު މީހުންގެ ހައްގު ގެއްލިގެން ގޮސްދާނެ ކަމަށެވެ. އެހެންވެ މައްސަލަ ނިމެންދެން، އެ ހަތަރު މީހުން ތިބި މަގާމަށް ދާއިމީކޮށް ބަޔަކު އައްޔަން ނުކުރަން ވަނީ އަމުރުކޮށްފަ އެވެ.

އިމިގްރޭޝަންގެ ޔުނިފޯމް މިންގަނޑު ބުނާގޮތުން ތުނބުޅި އާއި މަތިމަސް ދެ ސެންޓިމީޓަރަށް ވުރެ ދިގުވެގެން ނުވާނެ އެވެ. އަދި ބޯ ވެސް އެކަށީގެންވާ މިންވަރަކަށް ތުނިކުރަން ޖެހޭއިރު ފަޓުލޫނުގެ ފައިކުރި ކުރު ކުރުމަކީ މަނާ ކަމެކެވެ. އެ މިންގަނޑަށް ފެތެން މުވައްޒަފުންނަށް މުއްދަތެއް ދިނުމަށް ފަހު އެއަށް އަމަލުނުކުރާ އެންމެންނަށް ވަނީ ވަޒީފާއިން ވަކިކުރާނެ ކަމުގެ ނޯޓިސް ދީފަ އެވެ.

10 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 19%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނައުބެ

06 June 2017

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން އިސްލާމްދީނުގެ އެއްވެސް ހުކުމަކާ ފުށު އަރާ ގާނޫނަކީ ބާތިލް ގާނޫނެއް..

The name is already taken The name is available. Register?

އިސްލާހު

23 November 2016

ޔުނީފޯމް މިންގަޑު ބެލުމުގެ ކުރިން ބަލަން ވީ ތިތަން ފަސާދަ ވެފައި އޮތްވަރެވެ. ވެރިން ގެ ހިސާބުން އެންމެ ދަށް މުއައްޒަފާ ހަމައަށެވެ. މުއައްޒަފުންނާ ނުބައްދަލު މުއްސަނދި ކަމަށެވެ. މިސަރުކާރަކީ ނަޒާހަތްތެރިސަރުކާރެއް ކަން ސާބިތުކޮއްދެވޭނީ އެގޮތަކަށްނޫންތޯއެވެ.

The name is already taken The name is available. Register?

މުހައްމަދު

23 November 2016

ތިޔަ ތަނުގައި ބަލާފައި ނުބަލަންވީ ކޮން މައްސަލައެއްބާ! ތިތާނގައި ބިދޭސީންނާ ގުޅިގެން ތިޔަ ހިންގާ ކަންކަން ބަލައިފިނަމަ އަދި މިއަށްވުރެ މާގިނަ ކަންކަން ފެންނާނެ.

The name is already taken The name is available. Register?

ޢަލީގެ މަލީ

23 November 2016

ގާނޫންގެ މަތިން ގަވައިދު ހެދޭ އިރު އެޗުބީއަށް ނެގޭ ކީއްކުރާނީ

The name is already taken The name is available. Register?

ހާޟަިދު

23 November 2016

މިޔުނީފޯމުގެ މިންގަނޑަކީ ރާއްޖެ މިހާރު ތަރައްގީގެ މައިދާނުގައި ކުރިއަރަމުންދާ ދިއުމަށް ވަަރަށް މުހިންމު އެއްޗެއް. އެހެނީ ރާއްޖެއާ މެދު ބޭރު ޤައުމުތަކުން ނުރުހޭ ސިފަތަކެއް ހުރެއްޖެހަނަމަ ވަރަށް ގޯސްވާނެ....

The name is already taken The name is available. Register?

ދޮންބެ

23 November 2016

ބަލަ ޔުނީފޯމް ކޯރޑް ހެދި މީހުންނަށް އިސްލާމްދީނުގެ އިންތައް ނޭގޭނަމަ އެކަމުގައި ފިގުހު އެކަޑަމީގެ ފަރާތުން ފަތުވާއެއް ނެރެދޭންޖެހޭނޫންތޯ! އަދި އިންސާނީ ޙައްގުތަކާއި ބެހޭ މުއައްސަސާއިންވެސް މިކަމުގައި އިންސާނުންގެ އަސާސީ މިންގަޑުގައި ވާ ހެދުންއެޅުމުގެ ޙައްގެއް ގެއްލޭކަމުގައިދެކެންނުވޭތޯއެވެ. ތުބުޅިދިގުކޮށް ބޯދިގުކޮށްފައި ހުރުމަކީ މިހާރު އޮފީސްތަކުގެ މުއައްޒަފުންގެ ތެރެއިން " ޝަރަފުވެރި ޒުވާނުން" ފާހަގަވާ ކަމެއް. ނަމަވެސް ދީނުގެ ޙުކުމަކަށް ތަބާވުމުގެ ގޮތުން އެކަން ކުރުމަކީ މިގައުމުގެ ބައެއް މީހުން ދެކޭގޮތުގައި ގޯސްކަމެއް. މީހާގެ ވަޒީފާގައި ބަލަންޖެހޭނީ އެމީހާގެ އަޚްލާގާއި ގާބިލިއްޔަތުކަމުން އެމީހަކު އެތަނަކަށް ފޯރުކޮށްދޭ ޚިދުމަތައްނޫންތޯ؟

The name is already taken The name is available. Register?

ޢަންދަލުސް

22 November 2016

މިއީ އަނެއްހެން މައްސަލައެއްނޫން ދީނާގައުމާށްޓަކައި އަންދަލުސް ބޭބެމެން ކޮށްފައޮތްކަމެއް ގޯހެއްނުވާނެ ދެންވެސް 500 ރ ހިފައިގެން އަންނައިރަށް ވޯޓް ވިއްކީމަ ހުންނާނި ރަނގަޅަށް _ދީނާގައުމު

The name is already taken The name is available. Register?

GAN Island

22 November 2016

ޔޫނިފޯމް ގައި ލައްގަނޑު ފެންނާން ނެތަސް ތިތަނުގެ ބައެއް މުވައްޒިފުންނާއި ދޭތެރޭ ދެކެވޭ ވާހަކަ ތަކާއި އެމީހުންނާއި ގުޅުން އޮތް ފަރާތް ތަކާއި އަދި މިދެންނެވި ފަރާތް ތަކުގެ ބާރުގައި ރާއްޖެ އެތެރެ ކުރެވޭ ބިދޭންސީން ގެ ސަބަބުން ''ތިޔަ އޮފީހުގައި ވަނީ ވަރަށް ބޮޑު ލައްގަނޑެއް'' ޖެހިފައި.

The name is already taken The name is available. Register?

އަލީ

22 November 2016

ޔުނިފޯމް ގެ ކޯޑް ވާހަކަ އާ ބޭނުންވެސް މަގުސަދު ވެސް ރަގަޅު. އެކަމަކު މިޖެހިފަ އޮތް ވަބާއަކުން މިޒާތުގެ ކަމެއްގަ މީހުންގެ ސިކުޑި އޮންނާނީ ގޭގަ ބޮޑުފޮށީގަ ތަޅުލާފަ. ޙަމަ ނުވިސްނޭނެ. ދެންކުރެވޭނެ ކަމެއް ނޯންނާނެ. ތިކަމާ އިދިކޮޅައް އެއްޗެއް ބުނާމީހާ ގެ ދުވަސް ދުއްވާލަންވެސް ފަހަކައް ނުޖެހޭހާ ގަމާރުން ގިނަ ތަނެއް މިއީ.

The name is already taken The name is available. Register?

ބޭބެ

22 November 2016

ވަޒީފާ އަކީ. އޭގެ ޒާތުގައި އަޅުވެތިކަމެއް. މިދެންނެވީ އުޞޫލަށް ތަބަޢަ ވުން. އެހެންވީމާ އުޞޫލަށް ތަބަޢަވިމަކީ އެއީފާފަ ވެރިވާވަރުގެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454