ބީއެމްއެލްގެ އާ އެޕްލިކޭޝަން: ފީޗާތަކުގެ އިތުރުން އިންޓަފޭސް ވެސް ވަނީ ބަދަލުކޮށްފައި-- ފޮޓޯ: ބީއެމްއެލް
19 ޖޫން 2021 - 11:19
އާ ފީޗަތާއެކު ބީއެމްއެލްގެ އާ މޯބައިލް އެޕްލިކޭޝަން މިއަދު ތައާރަފުކޮށްފި އެވެ.
މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭއިރު ކުރިން އެ ބޭންކުގެ އެޕްލިކޭޝަން ޑައުންލޯޑު ކޮށްފައިވާ ކަސްޓަމަރުންނަށް އެޕް، އަޕްޑޭޓު ކުރެވޭނެ އެވެ. އާ އެޕްލިކޭޝަނުގައި އިތުރު ފީޗާތައް ހިމަނާފައިވާއިރު އިންޓަފޭސް ވެސް ވަނީ ބަދަލު ކޮށްފަ އެވެ.
ބީއެމްއެލް އާ އެޕްލިކޭޝަނުގައި ހިމެނޭ އާ ފީޗާތަކުގެ ތެރޭގައި ކުއިކް ޕޭ ހިމެނެ އެވެ. މިިއީ ވަގުތުން ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ވަގުތުތަކުގައި ކޮންޓެކްޓުންގެ ތެރޭގައި އެއަކުންޓު ސޭވް ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ހިދުމަތެވެ.
މި އެޕް މެދުވެރިކޮށް ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ފަހުން ނަގާލެވޭއިރު ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ވެރިފަރާތް ޔަގީން ކުރެވޭނެ އެވެ. އަދި ޕާސަނަލް އެކައުންޓާއި ޖޮއިންޓު އަދި ވިޔަފާރި އެކައުންޓު ވެސް މި އެޕު މެދުވެރިކޮށް ބޭނުން ކުރެވޭނެ އެވެ.
މީގެ އިތުރުން ބޭންކުން ފޯރުކޯށްދޭ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖު ކުރުމުގެ އިތުރުން މައުލޫމާތު އަޕްޑޭޓު ކުރުމާއި ބޭންކަށް މެސެޖު ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން ފަދަ ފީޗާތައް ވެސް އާ އެޕްލިކޭޝަނުގައި ވަނީ ހިމަނައިފަ އެވެ.
ބީއެމްއެލް އާ އެޕްލިޚޭޝަން: ކުއިކް ޕޭގެ ހިދުމަތް ވަނީ އިތުރުކޮށްފައި-- ފޮޓޯ: ބީއެމްއެލް
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އެޕަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް، ބީއެމްއެލް އިން ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލުކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުރިމަގުގައި މި އެޕަށް އިތުރު ފީޗާތައް އިތުރު ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލަށް ތައާރަފު ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނޭ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާތައް ތައާރަފު ކުރާނެ." ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ މޯބައިލް ބޭންކިން ތައާރަފު ކުރި ބޭންކެވެ، އެ ބޭންކުން އެންމެ ފުރަތަމަ މި ހުމަތް ފެށީ 2015ގަ އެވެ.
އެ ބޭންކުން ބުނިގޮތުގައި މިހާތަނަށް 90 ޕަސެންޓު ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 73 މިލިއަނަށްވުރެ ގިނަ މުއާމަލާތް ޑިޖިޓަލް ޗެނަލްތަކުން ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް މަނިކް 123
24 June 2021
ކޮންޓެކްޓްސް ތަރުތީބުކޮށްލަން ފޯލްޑާރ ގޮތަށް ލެެވޭ ގޮތް މުހިންމު ކަމަށް ދެކެން. މިސާލަކަށް ފެމިލީ ފޯލްޑާރ އަށް ފެމިލީ މީހުން ލެވޭ ގޮތަށް، ޝޮޕްސް ބަޔަށް ފިހާރަތަކުގެ އެއްޗެހި ލެވޭ ގޮތަށް..
ކްރިޓިކް22
21 June 2021
މަ ތިއެޅިން ފޯނަށް، އެކަމަކު ނުހުޅުވޭ! ކުރިން އިން އެޕް ހުޅުވޭ، އަޕްޑޭޓް ކުރި ފަހުން އެ ނުހުޅުވޭ! :'(
ޙަސަންބެ
19 June 2021
ޢަދިވެސް ލޯނު އެކައުންޓްތައް ނުފެންނަ ގޮތައް ހެދިނަމަ..
ޙަބީބު.
19 June 2021
މަމިހާރު އިސްލާމިކްބޭންކައް އެކައުންޓުގަ ހުރިފައިސާ ބަދަލުކޮއްފިން ލުއިލޯނުގެ ނަމުގަ މަށައްދެނީ އަނިޔާ މަށައް ރިސޯޓުން މުސާރައިގަލިބޭ ޑޮލަރުކޮޅު 15 ރުފިޔާގެ ރޭޓުން ލޯނައް ކަނޑާލާތީ ދިވެހި އެކައުންޓުން ލޯނައް ކަނޑަންބުނީމަ އެކަމެއް ނުކުރި އަދި %18 އިންޓްރަސްޓްގަ ދީފައޮތްލޯނެއް މިވަރުބައެއްތީ ދެންއޮތީ ކޯޓައްދިޔުން މިކަން ކޮޅެއްގަ ޖައްސަން
މާހިރު
19 June 2021
ވަރަށް އުންމީދުކޮށްގެންހުރި ރަނގަޅު ބަދަލު ތަކެކެވެ. ކުރިން ކޮންމެ ފަހަރަކު ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓް ސޭވް ކުރަން ޖެހުމަކީ ވަރަށް އުނދަގޫވި ކަމެކެވެ. އަދި ޓްރާންސްފަރ ކުރަން ބޭނުންވާ މީހާ ހޯދުންވެސް އެހާ އުނދަގުލެވެ. އަދި ބައެއް ހާލަތްތަކުގައި ސްލިޕްގެ ރިފަރަންސް ނަންބަރު ލިޔަންޖެހޭތީ ސްލިޕްގެ ރިފަރަންސް ފަސޭހައިން ކޮޕީ ކޮށްލެވޭނެ ގޮތެއް އިނުންވެސް މުހިއްމުކަމަށް ދެކެމެވެ.
ޑަރޯގާ
19 June 2021
ބީމެއެލް އެޕުން އަހަރެން އެންމެ ބޭނުން ފީޗާސް. 1. ދިވެހިންގެ ބޭންކް އެޕްގައި ދިވެހި ބަސް ސެލެކްޓްކުރެވުން. 2. އަހަރެންގެ އެކައުންޓްގެ ސްޕެންޑިން ޕެޓާން އެނގޭ ކަހަލަ ފީޗާސް، މިސާލަކަށް ރެސްޓޯރަންޓަކުން ކާޑުން ކެނޑީމަ އެޓްރާންސެކްޝަން އަހަރެންގެ ފުޑް ސްޕެންޑިން އެކްސްޕެންސް ޗާޓެއް ގޮތަށް ފެނުން. 3. ކަސްޓަމަރ ސާވިސް ލައިވް ޗެޓް. 4. ނޮޓިފިކޭޝަން، މިސާލަކަށް އެކައުންޓަށް އެހެންމީހަކު ޓްރާންސްފަރ ކުރީމަ ޕުޝް ނޮޓިފިކޭޝަނެއް ނަމަވެސް އައުން.
ނޯޓު10
19 June 2021
އެނިމޭޝަންތައް ލެގްވަނީ އާ އެޕްގައި
އަހުމަދުއަލޯ
19 June 2021
ފަސޭހަކޮށްލަން ރިއެޓްނެޓިވް އިން ހެދީމަ ތިހެން ވާނީ.
ދއެއއ
19 June 2021
އެޕް ނުހުޅުވޭ.. ޕލޭސުޓޯރުން ރިވިއު ބެލިއިރު ކަމަކުދާކަށް ނެތް
ބޮޑުމީހާ
19 June 2021
ދިވެހި ބޭންކުގެ ބޮޑުމީހަކަށް ދިވެެއްސެއް ކުފޫ ހަމަނުވަންޏާ ގައުމުގެ ރައީސަކަށްވެސް ފަރަންޖީއަކު ރަގަޅުވާނެ
ޖުލައި
19 June 2021
ދުވަސްކޮޅަކުން އިންޑިއާގެ މޮޑިއްކޮ ނޫން ކަމެއް ނޭންގެ އެންނު ވަލިއްޔުލް އަމުރަަކަށް ހުންނާނި
ސްކްރިޕްޓް ކިޑީ
19 June 2021
އެޕް ތެރެއިން ކިއުއާރު ކޯޑުން އެކައުންޓް ނަންބަރު އިންޕުޓް ކޮށްލެވެން ނެތީމަދޯ