އެވިޑް ކޮލެޖުގެ ޗެއާމަން އަދި އެތަނުގެ ދަށުން ހިންގުމަށް ނިންމާފައިވާ ފްލައިން ސްކޫލުގެ ޑީންއަކަށް ހަމަޖެއްސި، މުހައްމަދު ޝަރީފް--
01 ޖުލައި 2021 - 14:03
އެވިޑް ކޮލެޖުގެ ފްލައިން ސްކޫލުގެ ޑީންއަކަށް ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ގދ. ތިނަދު އަށް އުފަން މުހައްމަދު ޝަރީފް، އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ޑީންއަކަށް އައްޔަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާއާ އެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު އެވެ.
ޝަރީފް ވަނީ ކާޑެއްދޫ އެއާޕޯޓްގެ ޑިރެކްޓަރު ކަމާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރު ކަމާއި ވެލާ ޕްރައިވެޓް އައިލެންޑްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ސްޕަވައިޒަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ފުލުސް އޮފީހުގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރުގެ މަގާމާއި ބައެއް ސްކޫލުތަކުގެ ހެޑްމާސްޓަރުގެ މަގާމުގެ އިތުރުން ގަލަޑޯނިއާ އާއި ބަތޯލްޑް އެންޑް އެސޯސިއޭޓްގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް ޝަރީފް މަސައްކަތެއް ކުރެއްވި އެވެ.
އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވާސިޓީން ބެޗްލާސް އޮފް ބިޒްނަސް އަދި ގްރެޖުއޭޓް ޑިޕްލޮމާ އިން ސެކެންޑްރީ އެޑިއުކޭޝަނާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އޭނާ ހާސިލުކުރެއްވި އެވެ.
އެވިޑްގެ ފްލައިން ސްކޫލުގެ ޑީންގެ މަގާމަށް ޝަރީފް ހަމަޖެއްސެވިއިރު ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގަނެ އެތަން ހިންގުމުގެ މަސައްކަތާ އެވިޑުން ހަވާލުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އޭއޭއޭގެ ހިންގުން ދޯދިޔާވެ، ދަރިވަރުންގެ ކޯސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭ މައްސަލަ ހޫނުވެފައި ވަނިކޮށް އެވިޑުން އެތަން ހިންގުމާ ހަވާލުވެ، ޗެއާމަން މުޝްތާގް ވިދާޅުވީ އެވިޑް ކޮލެޖުން ފްލައިން ސްކޫލާ ހަވާލުވެ، އެންމެ އިސްކަން ދޭނީ މިހާރު އެ ސްކޫލުގައި ކިޔަވަވާ 170 ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނައުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބުލާ
01 July 2021
ތިތަން މިހާރު ކުޅޭކުޅޭތަނަކަށްވެއްޖެ.
ޖާޒް
01 July 2021
އެއަށް ކިޔާނީ އެއް ހަރުފަތުން އަނެއް ހަރުފަތަށް ކުރިއަށް ދިޔުން! ޑައިވަރސިފިކޭޝަން! ކޮނގްރެޓްސް މުސްތާޤް! ވާނެ!
އޮނަރަބްލް އަފީފު ދީދީ
01 July 2021
އޭއޭއޭ ހިންގާފައިވާ ޖަރީމާތަކުގެ އަޑިހޯދުމެއްނެތި އަދި އެމީހުނާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާއިދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުހަމަވާން މަދުދުވަސްކޮޅަކަށް ވެފައިވަނިކޮށް (އެއްބަސްވުންއާނުކުރާނެކަމަށްބުނެ ގޭންއެއަރޕޯޓުންވަނީ އޭއޭއޭއަށް ނޯޓިސްދީފައި) އެވިޑް އާއި އޭއޭއޭ ކަރުދާހުގައި ހިންގަމުންދާ ތިޔަ މައްސަލަ ގަނޑުގެ ތެރެއަށް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓް ނުވަދެ އޭއޭއޭ އަށް ދެއްވާފައިވާ ނޯޓިސްއާއި އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާ.
ބާޓު
01 July 2021
މި ރާއްޖޭގަ ކޮލެޖު ހިންގާ މީހުން ތެރޭން މިކަން ކުރެވޭނެ ހަމައެކަނި މީހަކީ މުސްތާޤް! ބަރަކާތްތެރި ދަތުރަކަށް އެދެން މުސްތާޤަށް!