އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ--
02 ޖުލައި 2021 - 11:13
ރާއްޖޭގެ ތިމާވެށިން ދިވެހިން ހޯދަމުން އަންނަ އިގްތިސާދީ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮތުން މުހިއްމު ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.
ކ، އއ، އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކައުންސިލްތަކާއެކު އެމްއޯޔޫތަކުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ޝައުނާ ވިދާޅުވީ، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ކަމަކީ ކުނީގެ މައްސަލަ ކަމަށެވެ. އެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ނޭދެވޭ އަސަރު އާއްމު ސިއްހަތަށާއި ރަށުގެ ސާފުތާހިރުކަމަށާއި ރަށުގެ އިގުތިސާދަށް ވެސް ކުރޭ. ދިވެހިރާއްޖޭގެ ތިމާވެށްޓާއި އެތިމާވެށި ބޭނުންކޮށްގެން ދިވެހިން ހޯދަމުންދާ އިގުތިސާދީ ނަފާވެރިކަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ރަނގަޅު ކުނި މެނޭޖު ކުރުމުގެ ނިޒާމެއް ގާއިިމުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިިދާޅުވިގޮތުގައި ކ. އަތޮޅާއި އއ. އަދި އދ. އަތޮޅާއި ވ. އަތޮޅުގެ 32 ރަށެއްގެ ކައުންސިލާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ އެ ރަށްތަަކަށް އަމާޒުކޮށްގެން، ހިންގާ ކުނި މެނޭޖު ކުުރުމުގެ ނިޒާމު ގާއިމްކުރުމުގެ ބިޔަ މަޝްރޫއެއްގައި ކަމަށެވެ. އެ މަޝްރޫއުން އެ ސަރަަހައްދުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
We have signed contracts to strengthen waste management systems in 32 islands in K, Aa, Adh, Vaavu atoll.
— Shauna Aminath 🎈❓ (@anuahsa) July 2, 2021
Safe disposal of waste and our “waste as a resource” policies will improve the quality of life in these islands. The role of local councils to implement this is critical https://t.co/5kmlS9Jj63
"އަދި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުނި ނައްތައިލެވޭ ނިޒާމެއް ތިލަފުށީގައި ގާއިމު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެ އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ މަޝްރޫއުގެ ތެެރެއިން ކުނިމެނޭޖު ކުރުމުގެ ނިޒާމުތައް ގާއިމު ކުރާނެ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ކުރާނީ ރަށްތަކުގައި ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރުމަށް އެންވަަޔަރްމެންޓް މިނިސްޓްރީން ކޮށްފައިވާ ސާވޭގެ އަލީގައި ކަމަށް ޝައުނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 July 2021
ކޮންމެ މިނިސްޓްރީއަކުންނާއި އޮފީހަކުން އަދި ދައުލަތުގެ ކޮންމެކުންފުންޏަކުން އެބަޔަކަށްފެންނަގޮތަކަށް ރާއްޖޭގެސަރަޙައްދުތައް ބަހާލުމުގެބަދަލުގައި ސަރުކާރުން މިފަދަމަޝްރޫއުތަކާއި ތަރައްޤީގެޕްލޭންތަކުގައި ސަރަޙައްދުތަށްބަހާނެ މިންގަނޑެއްހަދާންޖެހޭ. # މިގޮތުން ލާމަރުކަޒުކުރުމަށް ފުރުސަތުލިބޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ހަދާންވީ ނޫންތޯ؟
ލައްޑޫ.
03 July 2021
ދީދީ ހީކުރީ ޝައުނާ އަކީ އައްޑޫ ކުއްޖަކަށްވީމާ އޭނާއަށް ތިގޮތަށް ކަންކަން ކުރާން ފުރުސަތު ލިބިފައިއޮވެ އެކަން ނުކުރަނީ ކަމަށްތޯ ؟ ޝައުނާގެ ކަންކަން ވެސް ބަލަހައްޓާން ޕޮލިސީ ލެވަލްގަ ތިބީ މާލޭ މީހުން.
އޮނަރަބްލް އަފީފު ދީދީ
02 July 2021
ކޮންމެ މިނިސްޓްރީއަކުންނާއި އޮފީހަކުން އަދި ދައުލަތުގެ ކޮންމެކުންފުންޏަކުން އެބަޔަކަށްފެންނަގޮތަކަށް ރާއްޖޭގެސަރަޙައްދުތައް ބަހާލުމުގެބަދަލުގައި ސަރުކާރުން މިފަދަމަޝްރޫއުތަކާއި ތަރައްޤީގެޕްލޭންތަކުގައި ސަރަޙައްދުތަށްބަހާނެ މިންގަނޑެއްހަދާންޖެހޭ. # މިގޮތުން ލާމަރުކަޒުކުރުމަށް ފުރުސަތުލިބޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ހަދާންވީ ނޫންތޯ؟
ްއ12
02 July 2021
ފެންބޯން އަނގަ ހުޅުވަން ޖެހޭ..ބަތްކާން އަނގަ ހުޅުވަން ޖެހޭ..
ކަމީލާ
02 July 2021
ހުކުރު ހުތުބާ އަށް “ހޮޓްބާރ” ކިޔާ މަލާމާތް ކުރި ޝައުނާ އަދި ޝަބްރާ! އެއްވެސް ރެސްޕެކްޓެއް ނެތް! މިހާރު ތިޔަ ތިބީ ނަޝީދު އަދި އިބޫގެ ކޯޅުމުގައި ތާށިވެފަ!
ބޮޑުމީހާ
02 July 2021
ޖެހުނީމަ ކޮންކަމެއް ވަނީ. ބޯހިޔާވެހިކަންވެސް ލިބެންޖެހޭ، ސިއްޚީ ފަރުވާވެސް ލިބެންޖެހޭ. ދައުލަތުގެެ ބަޖެޓުން ސިޔާސީ މީހުންނަށް މުސާރަ ބަހާފަ އެެއްޗެއް އޮވޭތަ؟
ތިމާވަށި
02 July 2021
ތިމާވެށި ވިއްކައިގެން ލިބޭތަކެތި ކާނެ މީހުން ތިބީ ތިމާވެށި ދިރުވާ އާލަާ ކުރާނެ މީހަކު ނެތް
އެމްސް
02 July 2021
2 ކޮޅުޖެހޭ އާމްދަނީ އެއް، އަތްފޯރާފަށުގަ އޮތް ބޯހިޔާވަހިކަމަކާއި ނުލާ އެއްވެސް ވެށްޓަކަށް ބެލިދާނެބާ؟
ޖަމަލު
02 July 2021
މިއްދު ހުތުބާގެ ވާހަކަ ޓްވީޓް ކޮށްލަން ވާނެ ދޯ ބަޑީ ސަބް އާއި އެކު
ސަމަރަކަލްކޯރީ
02 July 2021
ހޮޓްބާ ޓްވީޓްކުރުމަކީ މައްސަލައެއްނޫން،. ސިކުނޑިމާކުޑަވީމަ ތިހެންހީވާނީ. ނަފުރަތުގެފެނުން ސިކުނޑިދޮވެވިފަ ތިހުރީ.
ޖޯޖީ
02 July 2021
ދެން ދީނީ ޝިއާރަށް ފުރައްސާރަ ކުރީމަ ސިކުނޑި އެބޮޑުވީ؟
ޑިސްއޮނަރަބަލް ޑީޑީ
02 July 2021
ތިމާވެށީގެނަމުގާ ކޯޓާސޫޓާބޫޓުގާ ބައެއްމީހުން އެބަހުރި އޮސްކާލިބޭފެންވަރުގެ ފިލްމުކުޅެފާ.