ޚަބަރު / ރައީސް އަބްދުﷲ ޔާމީން

މިއީ ޒުވާނުންގެ ގައުމެއް، ކުރިއަށް ދާނީ ޒުވާނުންގެ ހިއްސާއާ އެކު: ރައީސް

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ޔޫތު މިނިސްޓަރު އިރުތިޝާމް އަދި ސަރުކާރުގެ އިސްވެރިން.---ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ޒުވާން ގައުމެއް ކަމަށާއި ރާއްޖެ އަބަދު ވެސް ކުރިއަށް ދާނީ ޒުވާނުންގެ ހިއްސާއާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޒުވާނުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުވައި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެ އަކީ ވަރަށް ނަސީބު ރަނގަޅު ގައުމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ވެސް ޒުވާނުންނަކީ ހަރުދަނާ، ހިންގުންތެރި، ޒިންމާދާރު، ގައުމާއިގެން ކުރިއަށް ދާނެ ބަޔަކަށް ހެދުމަށެވެ. އެގޮތުން ކެބިނެޓަށާއި ރާއްޖޭގެ އެކި މުއައްސަސާތަކަށް ބަލައިފި ނަމަ އެ ތަންތަނުގައި މަސައްކަތް ކުރާ ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މިއަދުގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ ޒުވާނުން ކަމަށް ވަންޏާ މީގެ މާނަ އަކީ ކުރިއަށް އޮތް، އަންނަން އޮތް ޖީލު އެކީގަ ވެގެން ދާނީ ޒުވާނުންގެ އާބާދީ އަކަށް. އެހެންވީމާ ދެން ވެސް އަޅުގަނޑުމެންގެ ކުރިއަށް ހުރި މަޝްރޫއުތައް ބިނާވެގެން ދާން ޖެހޭނީ ޒުވާނުންނަށް ފުރުސަތު ހޯދައި ދޭން. ޒުވާނުންގެ ކަންތައްތައް އިތުރުކޮށް ދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން ޒުވާނުން ބޭނުންވާ ކަންތައްތައް ކޮށް ދިނުމަށް ވެސް މަސައްކަތް ކުރަނީ ޒުވާނުންގެ މުހިއްމުކަން ގައުމަށް ބޮޑުވުމުން ކަމަށެވެ. އެގޮތުން ޒުވާނުންގެ ސިޓީގެ އިތުރުން، ބޯހިޔާވަހިކަމާ އެކު ތަފާތު ވަސީލަތްތައް ގާއިމުކޮށް ދިނުމަށް، ސަރުކާރުން އިސްކަން ދެނީ ގައުމު ބިނާ ކުރަން ތިބި ބަޔަކީ ޒުވާނުން ކަމަށް ވާތީ ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޔޫތު މިނިސްޓްރީ

"ރާއްޖެއަކީ މިއަދު ވެސް މާދަމާ ވެސް އަދި އަނެއް ދުވަހު ވެސް ޒުވާނުންގެ ގައުމެއް. ހުޅުމާލެ މިހާރު އާރާސްތު ކުރެވެމުންދާ ގޮތަށް ބަލަންޏާ އެއީ ޒުވާނުންގެ އުންމީދާއި ދިރުމާ ގުޅިފައި ހުރި ކަންކަން. އެއީ ކޮންމެހެން ރައީސް ޔާމީން ރަނގަޅުވެގެން ކުރާ ކަމެއް ނޫން. އެއީ ރައީސް ޔާމީން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

"އަދި މީގެ ކުރީގަ ތިއްބެވި ރައީސުން ވެސް ކުރައްވަން ޖެހިފައި ހުރި ކަންކަން. ހުޅުމާލޭގައި މި ކުރެވޭ މަސައްކަތުގެ ތެރޭގައި އިންފްރާސްޓްރަކްޗާ އިތުރު ކުރުމުގެ އިތުރަށް ކުރެވޭ އެންމެ ބޮޑު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުން."

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ހުރީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެވެ. އެހެންވެ އެ ވަޒީފާތަކުގެ ބޭނުން ދިވެހި ޒުވާނުން ހިފަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހާއި ކެބިނެޓްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސް ޔާމީން ވިދާޅުވީ 94،000 ވަޒީފާ ދިވެހި ޒުވާނުންނަށް އުފައްދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރަައްގީ ވެގެން ދިއުމާއި މި ދައުރުގެ ތެރޭގައި އިތުރު 50 ރިސޯޓް ހުޅުވާއިރު، އެއަށް ވުރެ މާގިނަ ވަޒީފާ ރާއްޖޭގައި އުފެދޭނެ ކަމަށެވެ. މީގެ އިތުރަށް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމާއި ޒުވާން ވިޔަފާވެރިވެރިން އުފެއްދުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ގެޓްސެޓް ލޯން ޕްރޮގްރާމް ފަދަ ކަންކަމަކީ ހަމަ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ހުޅުވައިދޭ ފުރުސަތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ދިއުމަކަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް އަދި ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

"މީގެ ބޭނުމަކީ ގެސްޓް ހައުސް ވިޔަފާރި އާއި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ތެރެއިން ވީހާ ވެސް ގިނަ ޒުވާނުންތަކަކަށް ކުޑަކުޑަ ރައުސުލްމާލެއް ހިފައިގެން ނޫނީ އެވަރުގެ ބޮޑު އާމްދަނިއެއް ނުލިބޭ މީހުންނަށް ވެސް ޓޫރިޒަމްގެ ސިނާއަތަށް ކޮންމެވެސް ފެންވަރެއްގައި ވަދެވުމުގެ ޖާގަ ތަނަވަސްކޮށް ދިނުން،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

އެ މަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލު ކަމަށެވެ. އެހެންވެ ޒުވާނުން ބާރުވެރިކޮށް، ބަސް ވިކޭ ބަޔަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިރޭ ޒުވާނުންގެ އިނާމު ހޯދި މީހުންނަކީ ވެސް މުޖުތަމައުގައި ރޯލް މޮޑެލުން ކަމަށާއި، ކުރިއަށް ދާން ބޭނުންވާ އެހެން ޒުވާނުން ވެސް އެ މީހުން ނަމޫނާއަކަށް ބެލުމަށް ރައީސް ގޮވައިލެއްވި އެވެ. އަދި ކުށުގެ ރެކޯޑެއް ނެތި ދިރިއުޅުން ބައްޓަން ކުރިއަށް ގެންދާ ޒުވާނުންނަކީ ގައުމަށް ވަރަށް އަގުހުރި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

31 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޥިސްނާލާ

24 November 2016

ޒުވާނުން ބޭނުންވަނީ ރާއްޖޭގެ ވެރިކަން މާލެ ނޫން ރަށަކަށް ބަދަލުކުރަން. މާލެ ސަރަހައްދަށް މިހާރު އިންސާނުން ދިރިއުޅޭ ވަރަށްވުރެ ކޮންޖެސްޓްވެ ހައްދު ފަހަނައަޅާ ހިނގައްޖެ. މާލޭ މަގެއްމަތީގަ އެއްޗެއް ދުއްވޭވަރެއްނުވޭ. ހިނގޭކަށްނެތް. ގޯޅިތަށްވެސް ހައިވޭތަކަށްވުރެ ބިޒީ. ޢެކަމަކު އަދިވެސް ސިޔާސަތު ބަދަލުކުރާ ތަނެއްނުފެނޭ

The name is already taken The name is available. Register?

މުސްކުޅި

24 November 2016

މިހާރުގެ ޒުވާނުނަށް ގައުމެއް ބޭނުން ނުން. ގައުމު ބޭނުންވަނީ މުސްކުޅިންނަ. ފުރަތަމަ ތި ބަަހުރުވަ އާ ޒުވާނުންނާ ނުގުޅޭ. ޒުވާނުނަށް ބޭނުންވަނީ ޑޮލަރު ޖީބަށް ލައިގެން އުދުހެން. ތި އުޅެނީ ޒުވާނުން އޮޅުވާލައިގެން ރާއްޖެ އަށް ލިބޭ ޑޮލަރު ކޮޅު ކާލައިގެން ޒުވާނުންގެ ސިޓީ އޭ ކިޔައިގެން ބަނދު އަޅުވާފާ ބައިތިއްބަން.

The name is already taken The name is available. Register?

ބްލޭޑް

24 November 2016

މަށަކީ ޒުވާނެއް... އެދުމަކީ ގައުމު ވިއްކާ ނުލާ މަނިކުފާނު އަވަހަށް އިސްތިއުފާ ދިނުން

The name is already taken The name is available. Register?

އޮޅުވާލި

24 November 2016

ޒުވާނުން ގޯންޏައް...! މުސްކުޅިން ތިޖޫރީއަށް.......! ތީ 2103 ފެށުނީއްސުރެވެސް ކިޔާ މާލޫދެއް . މިހާރު ފުދިއްޖެ... އަލަތުކައިވެންޏާއެކީ ޔާމީން ދިން ފްލެޓަށް ވަތްގޮޮތައް ނިކުންނަން ނޭންގިގެން އަދިވެސް މިއުޅެނީ ... ...... 2018 ..ހެހެހެހެހެހ! މަވާ ސަލާން..

The name is already taken The name is available. Register?

ހޭލާ

24 November 2016

މިއީ ޒުވާނުންގެ އެކަނި ގައުމެއް ނޫނެވެ. މިއީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި މެދުއުމުރުގެ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ގައުމެކެވެ. މި ގައުމު ބިނާކުރުމުގައި މިއެންމެންގެ ހިއްސާ ބޭނުންވެއެވެ. ތިޔަވިދާޅުވާ ޒުވާނުންނަކީ ކޮބައިކަން ނޭންގޭ ބަޔަކު މި ގައުމުގައެއް ނޫޅެއެވެ. ކަންމަތީ ޒުވާނުން ...!؟. އެންމެ ރަގަޅަށް އެޒުވާނުން ސިފަކޮށްދެއްވީ އުމަރު ނަސީރު ހުދުވަލުގައި ހިފައިގެން ހުރެެއެވެ. ޕީޕީއެމް ޕްރައިމަރީ ގައި ވޯޓް ފޮށިތައް ދޮށުގައި ތޮފިއަޅައިލައިގެން އުޅުނު ޒުވާނުންނެވެ. މި ގައުމުގެ ތައުލީމީ ހޭލުންތެރި ޒުވާނުން ތިޔަ މަޅީގައި ޖެހޭކަން ނެތެވެ. އެ ޒުވާނުން ބޭނުންވަނީ އިންސާނީ ކަރާމަތާއި ހައްގުތައް ހިމާޔަތް ކުރާށެވެ. ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓާށެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެކަހަރި ގައުމެއްގެ ގޮތުގައި މިރާއްޖެ އޮތުމެއް ނޫނެވެ. އިންސާފުގާއިމް ކުރުމަށެވެ. ހުރިހާ ދިމާލަކުން އެކެއްގެ އަޑަށް ބޯލެބުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް ފާރަވެރިވާ އެކަމަށް ފުރުޞަތު ހުޅުވިފައިވާ ގައުމެކެވެ. ވިސްނުމާއި ހިޔާލާއި ފިކުރުގެ ސަބަބުން ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ހަނިވެގެން ނުދާނެކަމުގެ ޔަގީންކަން ލިބިފައިވާ ގައުމެކެވެ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގުން ފަހިވެފައިވާ ގައުމެކެވެ. ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވަ ގައުމެކެވެ.

The name is already taken The name is available. Register?

ހަމަ ތެދެއް

24 November 2016

މިޤައުމު ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނީ ކޮން ބައެއްތޯ؟ ޒުވާނުންގެ ހިތްތަކުގައި ޢުމުރުން ދުވަސްވީ މީހުންނާމެދު ނަފްރަތު އުފެދޭހެން ވާހަކަ ދެއްކުމަކީ ހިތާމަ ކުރާ ކަމެއް. މާދަމާ ހަމަ ތިބާވެސް މުސްކުޅިވާނެ. އެދުވަހަކުން ކީކޭތޯ ތިބާ ބުނާނީ؟؟ މިޤައުމަކީ ހުރިހާ ދިވޭހީންގެވެސް ޤައުމު.

The name is already taken The name is available. Register?

ރަދީފް

24 November 2016

ޔެ. ޒުވާނުންގެ ގައުމެއް.އެހެންވީމަ ނޫންތޯ ޒުވާނުންގެ އެވޯޑްވެސް ''ވައި'' މިއައުކުރު ރަމްޒުވާގޮތަށް ހަދާފަހުރީ. ނަމަވެސް އިނާމް ލިބުނު ހުރިހާ ފަރާތްތަކަށް މަރުހަބާ.

The name is already taken The name is available. Register?

ޒުވާނާ

24 November 2016

ކާކުތަ މޮޔަ ގޮވަނީ

The name is already taken The name is available. Register?

އާއަލަ

24 November 2016

ޒުވާނުންނަށް ކޮން ފުރުޞަތެއް އޮތްވާހަކައެއްތަ ތިޔަ ދައްކަނީ. އެހެންވީއިރު 18 އަހަރުވެފައިވާ ޒުވާނަކަށް ވެރިކަން ދެއްވުމަށްޓަކައި އަވަހަށް މަނިކުފާނުގެ 2018 ގެ ކެމްޕޭން ހުއްޓާލައްވާފަ. ޒުވާނެއް ނެރުއްވާ. އަހަރެމެން ދުވަސްވީ މީހުންނަށް ހާދަ ނިކަމެތިކޮށޭ ތިޔަހައްދަވަނީ. ފަސްހާސް ރުފިޔާ ދެއްވާފަ ގޭގަ މާޔޫސް ކަންމަތީ ތިބޭށޭ ތިޔަވިދާޅުވަނީ.

The name is already taken The name is available. Register?

ވިސްނާލާ

24 November 2016

ޒުވާނުންގެ ޤައުމެއް އެކަމަކު ޒުވާނުންގެ އަތުން ނަގާފަ ހުރިހާ ފައިސާއެއް މުސްކުޅިންނަށް މަސައްކަތް ނުކުރިއަށް ކިތައްމެ މުއްސައްޖަސް މަހަކު 5000ރ ދެން ދައުރެއްގަ މުސްކުޅިންނަށް ދޭން ވައުދުވެލައްވާނީ ކިހާވަރެއްކަމެއްވެސް ނޭގެ އަޅެ ޒުވާނަކަށް މަސައްކަތެއްނުކޮށް 1ރުފިޔާ ދިނިއްޔާ ކިއެއްތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454