ވެކްސިން ޖަހަން ކިއު ހަދާފައި ތިބި ބައެއް މީހުން: ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ ދަށްވަމުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ޖުލައި 2021 - 10:09
ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފެށީ ހެޔޮ އެދޭ ފަރާތަކުން ފޯރުކޮށްދިން ވެކްސިނުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ހެޔޮ އެދޭ ފަރާތަކުން އިއްޔެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ ކިތައް ޑޯޒް ކަމެއް ވިދާޅު ނުވެ އެ އޮފިޝަލް ވިދާޅުވީ ހުއްޓުމެއް ނެތި ވެކްސިނޭޝަން ޕްރޮގްރާމް ދެން ކުރިއަށްގެންދެވޭނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މި ވެކްސިން ލިބުނީ ސީދާ ސަރުކާރުން އެކި ފަރާތްތަކާ ގުޅައި ކުރި މަސައްކަތުންނެވެ.
ނަމަވެސް އަދި ހަމަޖައްސާފައިވާ ގޮތުން ކޮވިޝީލްޑް ޖަހައިދޭނީ ދެ ވަނަ ޑޯޒްގެ ގޮތުގައި އެކަންޏެވެ.
ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. އެކަމަކު ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ދެ ވަނަ ޑޯޒް ޖަހަން މިއަދު ފަށައި، އެޕޮއިންޓްމަންޓް ހަމަޖައްސަން އެ އެޖެންސީން ގުޅަން ވަނީ ނިންމައިފަ އެވެ.
އެޗްޕީއޭ އިން ރޭ ކުރި އިއުލާނުގައި ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެ އެޖެންސީން ގުޅާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ސެކިއު ކޮށްފައި ހުރި ވެކްސިންތައް ވެސް ވަރަށް އަވަހަށް ލިބޭނެ. އިރާދަކުރެއްވިއްޔާ، ވެކްސިން ޕްރޮގްރާމަށް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ މިދިޔަ ހުކުުރު ދުވަހާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކުބާ1
05 July 2021
ކާކު ގެރެންޓީ ދިނީ ؟ ފޭކު ޖަހާނީ ޖަނަވާރުން ގަޔަކަށް ނޫންބާ ؟ އެގެން ޖެހޭ އެބަ ޒިންމާ ނަގާނެ ފަރާތެއް.⚖️⚖️⚖️
ނިކަމެތިރައްޔިތުމީހާ
05 July 2021
ދިވެހި ރާއްޖޭގެ ސަރުކާރަށް ނުލިބުނު ވެކްސިނެއް ލިބޭނެ އާންމު ފަރުދަކު އެއީ ހާދަ ބާރުގަދަ ފަރުދެކޭ؟ ތިިއީ އަނެއްކާ ސުޕުޓުނިކް ފޭކް ޖެއްސި ގުރޫޕް ބާ؟ ނޫނީ އިންޑިއާގެ ބާރުގަދަ ބޭފުޅެއްބާ؟
ޔޯޔޯ ސިންގު
05 July 2021
ގަންނަވެކްސިންގެ އަގު އެނގެނީކީނޫން. ގަންނަވެކްސިނެއް ގަންނަނީ ރައްޔިތުންގެ ބޭތުލްމާލުންނާ ލޯނުފައިސާއިން. އެކަމަކު ވެކްސިން ޖަހައިދެނީ ހިލެޔޯ! ޔޯ! މިއަރަތް ނިއުޅުވައިދެއްވަބަލަ.
1828
05 July 2021
މިކަންވީ މިޚަބަރުގައި ބުނެފައިވާ ގޮތަށް ވަނީނަމަ ސަރުކާރުން ލަދުގަންނަން ޖެހޭ. އިންޑިއާގެ އުނގަށްވެއްޓި ސަރުކާރު ހިންގާއިރު، އިންޑީއާ ސަރުކާރު މެދުވެރިކޮށް ވެކްސިން ހޯދަން މިސަރުކާރުން ނުކުޅެދިފައި ވަނިކޮށް 'މީހަކު' ހަމަ އެވެކްސިން ރާއްޖެއަށް ހަދިޔާ ކުރުމަކީ މިސަރުކާރު އިސްތިއުފާ ދޭންޖެހޭ ވަރުގެ ކަމެއް. ކުރިން ވެކްސިން ޖަހަން އޮތް ޑިމާންޑެއް ދެން އޮންނާނެކަމަށް ނުބެލެވޭ. ސަބަބަކީ 2 ޑޯޒް ޖަހައިގެން ތިބި މީހުންނަށް އެއްވެސް ލުޔެއް ދީފައި ނުވާތީ.
އަރުތަ
05 July 2021
މަތީގަ ފެންނަ ފޮޓޯ ހާދަ ގައިދުރޭ އުތަ.............ބޮއެހަލާކު.
ކަމާލު
05 July 2021
ފޮނިބޮޑު ބަޔެއް ރައްޔިތުން ގަޔައް ޖަހާނެ ވެކުސިން ގަނޑެއް ނުލިބިގެން އުޅޭއިރު އަދި ކިއައޭ ޓުއަރިސްޓުން ގަޔައް ވެކުސިން ޖަހާވާހަކަ ބާންގާޅި ޓުއަރިސްނައް ވެކުސިން ޖެހިވަރުން ވެކުސިން ހުސްވީ
އަރުތަ
05 July 2021
ވެކްސިން ޖަހަންޖެހެނީ ވަކި ގައުމެއްގެ ވަކި ނަސްލެއްގެ މީހެއް ބަލައިގެނެއްނޫން، އެންމެންވެސް ޖަހައިގެން ހައްލުއޮތީ، ބޭރު ޤައުމުތަކުގަ ވެކްސިން ޖަހަމުންދަނީވެސް މިއުސޫލުން،.
ނަސީ
04 July 2021
ތިމީހަކުވެއްޖެއެއްނުން ރާއްޖޭގެ ވެރިކަމައް ގެންނަން ރައްއިތުން ތިމީހާ ހޯދަންއެބައުޅެ
ދަތްކުނޑި
04 July 2021
އެއްކަމެއްވެސް އޮޅުވާނުލާ ކޮށްފިއްޔާ ކަމުނުދަނީތަ! ރައްޔިތުންނަށް އޮޅުވާލައިގެން ވަކި ބަޔަކަށް ޖަހަން ބެހެއްޓި އެތިކޮޅު މުއްދަތު ހަމަވާތީ ޖަހާލަނީއޭ ބުނަން ނުކެރެނީތަ! މުޅިންވެސް އޮޅުވާލުމާއި މަކަރު ހެދުން ނޫންކަމެއް ނެތް.
އަރުތަ
05 July 2021
އެހެންނެއް ނޫން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވެ ނުޖެހި ގިނަބަޔަކު ތިބީމަ އަމިއްލައަށް ޒާތެއްގެ ދިޔަވަރެއް އުފައްދައިގެން، މީހަކު ކޮވިޝީލްޑް ހަދިޔާ ކުރީމަ ޖަހާދެނިއްޔޭ ކިޔައިގެން އެއްޗެއް ޖަހަލަނީކީ ނޫންތަ...........
ޖައިސާމް
04 July 2021
ސުވާލަކީ "ސަރުކާރަށް" ކުރި ހަދިޔާ ރައްޔިތުން އަނބުރާ ދައްކަން ޖެހޭނީ ކިހިނެއްތޯ؟ ފީ ސަބީލިﷲއަށް ކުރި ކަމެއް ވިއްޔާ ކިތަންމެހާވެސް ރަނގަޅު.
ސަލަފަލަ
04 July 2021
ސަރުކާރަށް ރަސްމީކޮށް ނުލިބިގެން އުޅޭ އެއްޗެއް ތިހެން ހަދިޔާކުރަން ތިޔަ ލިބުނީ ހާދަ ބާރުގަދަ މީހަކަށްތާ. އިންޑިއާ ނޫން މީހަކަށް ތިޔަފަދަ އެއްޗެއް ހަދިޔާ ކުރެވޭނެހެން ވަރަށް ހީނުވޭ. އިންޑިއާއިން ފާޅުގައި މިހާރު އެހެން ގައުމަކަށް ވެކްސިން ހަދިޔާކުރަން ނެކުރޭނެ އެގައުމުގެ އެތެރޭގަ މައްސަލަޖެހިދާނެތީ. އެހެންވީމަ ތިޔަފަދަ ގޮތަކަށް ހަދިޔާ ކޮށްފާނެ. އެކަމު ހަދިޔާކުރިނަމަ އޭގެ އަގެއް އޮންނާނެކަން ޔަގީން.