ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ބަޔަކު ކިއުގައި މަޑުކޮށްލައިގެން: ދެ މަސް ދުވަހަށްފަހު މި ވަނީ ކޮވިޝީލްޑް ޖަހަން ފަށާފައި--. ފޮޓޯ:ނިޝާން އަލީ/މިހާރު
05 ޖުލައި 2021 - 09:32
ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ވެސް ނަމްބަރު ދޫކުރަން މިއަދު ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ވަނަ ޑޯޒަށް މިހާރު ހުޅުވާލާފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން މާޗު 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ދެ ވަނަ ޑޯޒް ޖެހުމަށް، ކުރިން ވެސް އަންގާފައިވާ ގޮތަށް އެ އެޖެންސީން ގުޅައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެހީތެރިވެދޭނެ ކަމަށް ބުންޏެވެ.
ކިއުބީން ނަމްބަރު ދޫކުރަނީ ދެ ދަންފަޅިއަކަށެވެ. ސޯޝަލް ސެންޓަރާއި އިސްލާމިކް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި އާޓްގެލެރީން ޖުމްލަ ހެނދުނު 10:00 އިން ފެށިގެން 590 ނަމްބަރު އަދި މެންދުރު ފަހު 1:00 އިން ފެށިގެން 590 ނަމްބަރު ދޫކުރަން ހަމަޖައްސާފައި ވެ އެވެ.
އެޗްޕީއޭ އިން ކުރިން ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. ނަމަވެސް އަލުން ވެކްސިން ޖަހަން ފެށީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި ޑޯޒްތަކަކުންނެވެ.
An allotted number of tokens for COVISHIELD vaccine SECOND DOSE will be issued online.
— Health Protection Agency (@HPA_MV) July 5, 2021
Applicants must have received their first dose between February 1st and March 15th.
To ensure greater coverage, we will continue to reach out by phone to assist in vaccination appointments. pic.twitter.com/HHRlytMbvR
ވެކްސިން ޖަހަންދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަނގަޅަށް ކައިގެން ދިއުމާއި ވެކްސިން ޖަހަން ފަސޭހަ ހެދުމެއް ލައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.
ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އޭގެ އިތުރުން، އެހެން ބައެއް ވެކްސިންތަކަށް ވެސް ހުއްދަ ދީފައި ވެ އެވެ. މިހާތަނަށް އެއް ޑޯޒް ޖެހި މީހުންގެ އަދަދު މިިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ހުރީ 317,316 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 192،321 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސިމޫ
05 July 2021
އާސިމާ އަށް ހަބަރެއް ޖެހިއްޖިއްޔަ އެވި. ކޮބާ ތައެޕޮއިންޓް މެންޓް ހާދަން ދާންޖެހެ ލިންކް.
ޙިނި
05 July 2021
ބަންްގުލަ ރާއްްޖެ
ހަސަނު1
05 July 2021
ޕިސް ޕިސް.. އެވަރަށް ކައިރި ނުވިޔަސް ވެކްސިން ޖެހިނާދެ ދޯ.. އެތިބެނީ ކުރިމަތީ ހުންނަ މީހާ ބުރަކަށްޓަށް ބަނޑު ވަށްޓާލިގެން
ވެކްސިނާ
05 July 2021
ފުރަތަމަ ޑޯޒް ޖަހާފަ 2 ވަނަ ޑޯޒްނުޖެހި ތިބި މީހުންގެ ފޯން ނަމްބަރުތައްވެސް އެޗްޕީއޭގަ ނެތީބާ؟ އެހެން ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށްފަ ތިބި މީހުންނަށް އެބަ އެސްއެމްއެސް ފޮނުވާ މި ވެކްސިނާ ބެހޭ ގޮތުން. ބޭކާރު ގޮތުގަ ހަކަތަ ބޭނުންކުރަނީ.
ހޮއި
05 July 2021
އޮންލައިންކޮށް ވެކްސިން ޖަހައިލަދީބަލަ.
ރަދީފްއޮފިޝިއަލް
05 July 2021
މަ ނިންމައިފިން.ވެކްސިން ޖެހިތަން ރިއްސާތީވެ ވަރަށް ވޭން އަޅާ.
ކުރަފި
05 July 2021
ވެކްސިން މައުލޫމާތަށް ފޯކަސްކުރަން ޖެހޭ. އަބަދު އަބަދު ޕޮޒިވްޓިވްވާ މީހުންގެ ވާހަކަ ނުދައްކާ.
ބލބޑ
05 July 2021
ދެ ދުވަހު އެކެއްޗެއް ނުކިޔާތި. ވެކްސިން ޖަހާފަ ތިބި ދުވަހަށް ބަލއިގެން ގުޅައިގެން ކުރިޔަށް ގެންދިޔަނަމަ ފަސޭހަ ނުވާނެބާ