ޚަބަރު / އަންހެން ކުދިން ޚިތާނުކުރުން

އަންހެނުން ހިތާނުކުރުމާ ގުޅޭ ދިރާސާއެއް އެބައޮތް، ފަތުވާއެއް ނެރެން ގައުމީ މަސްލަހަތެއް ނެތް: ޝައިހް ރަޝީދު

ފަތުވާ މަޖިލީހުގެ ރައީސް ޝައިހް ރަޝީދު: އަންހެނުން ހިތާނުކުރުމާ ގުޅޭ ދިރާސާއެއް ވެސް ފަތުވާ މަޖިލީހުން ވަނީ ކޮށްފައި.

07 ޖުލައި 2021 - 11:16

46 comments

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ދިރާސާއެއް ހަދާފައިވާ ކަމަށާއި އެކަމަކު ގައުމުގެ އާންމު މަސްލަހަތު ހަމަޖެހޭނީ އެ މައްސަލައިގައި ފަތުވާއެއް ނުނެރުމުން ކަމަށް އެ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އާންމުންގެ ތެރޭ އިލްމުވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ، އެކަމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ފޮނުވުމުން އެ މަޖިލީހުގެ ނިންމުމަކީ މިހާރުގެ މަސްލަހަތަށް ބަލައި ފަތުވާ ނުނެރުމެވެ.

"އާންމު މަސްލަހަތަށް ރައްކާތެރިވުމުގެ ގޮތުން މި ތަންވަޅަށް އެންމެ ރަނގަޅުވާނީ [އެ މައްސަލައިގައި] ފަތުވާ ނުނެރުން ކަމަށް އަޅުގަނޑުމެންނަށް ނިންމުނީ. ފަތުވާ މަޖިލީހުގައި ތިއްބަވާނީ ފަސް މެމްބަރުން. ފަސް މެމްބަރުންގެ މެދުގައި ވާހަކަ ދައްކާފައި އެ ގޮތަށް ނިންމީ،" އުއްތަމަ ފަނޑިޔާރުކަމާއި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝައިހް ރަޝީދު ވިދާޅުވި އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލައިގައި އިލްމުވެރިންގެ ދިރާސާއެއް ހަދާފައިވާއިރު، އެ ދިރާސާގެ އަލީގައި އެއްޗެއް ވިދާޅުވާން ނުވަތަ ހޯދުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ޝައިހް ރަޝީދު ބޭނުމެއް ނުވި އެވެ.

އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލަ ރާއްޖޭގައި އަނެއްކާވެސް ފެންމަތިވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ހިތާނުކުރުމުގެ ނަމުގައި އަންހެންކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ އަދި އަދި ނާތަހުޒީބު ކަމަށެވެ.

މައުމޫން ވިދާޅުވެފައި ވަނީ އަންހެންކުދިން ހިތާނުކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔަކަށް ބުރަވެ ނޫން ކަމަށާއި މިސްރުގެ ފަތުވާ އިދާރާ އިން ވެސް ބުނެފައި ވަނީ އެއީ ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައި ކަމެއް ކަމަށެވެ.

ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނު ކޮށްފައިވާ ކަމަށެވެ.

46 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އަބްދުލް ގާދިރުބެ

08 July 2021

21 ވަނަ ގަރުނު މިއީ. ރާއްޖެ 60 ގެ ދުވަސް ވަރު އޮތީ ކަނު އަނދިރީގައި. މިހާރު އޮޅުވާލައިގެން މޮޅުވާހަކައެއް ދައްކައިގެނެއް ނުހެއްލޭނެ. ތި އިލްމް ވެރިން ބުނާ ކޮންމެ އެއްޗެއްގެ 50 ގޮތްގޮތައް އޮޅުންފިލުވޭނެ، އަދި މައުލޫމާތު އާއި ތަފާސް ހިސާބާއި، ޑޮކްޓަރުންގެ ނަސޭހަތް ކޮންމެ ކުއްޖެއްގެ އަތުގަ އޮވޭ! ކޮން ހިތާނީ ބީތާނީ ވާހަކައެއް!

The name is already taken The name is available. Register?

ހަސަނަނާ

08 July 2021

އެހެންވީމަ އަންހެނުން ހިތާނުކުރުމަކީ ޙަރާމްކަމެއްނޫން؟ ނުވަތަ ދީނުގަނެތއ ކަމެއްވެސްނޫން؟ އެހެންކަމަށްވާނަމަ، ޑ.އިޔާޒު އެދައްކަނީ ރަނގަޅުވާހަކައެއްނު؟

The name is already taken The name is available. Register?

ސަސް

08 July 2021

އިސްލާމް ދީނުގައި އޮތްގޮތް ބުނެގެން މަސްލަހަތު ގެއްލޭނެކަން ތި މަޖިލީހަށް ކިހިނެއް އިގެނީ، ދީނުގައި ވާރިދު ވެފަ އޮތް ގޮތް ބުނީމަ ނިމުނީ ވާނެ ގޮތް އެއީ ޤައިބު. ތިކީ ޖަވާބެެއްނޫން. ބަލައެއް ނުގަނެވޭ ތި ޖަވާބު.

The name is already taken The name is available. Register?

އަޖަލު

08 July 2021

އުވާލާ

The name is already taken The name is available. Register?

މޭޔަރ 2023

07 July 2021

ގަޓު ނެތީ.....ގަޓު

The name is already taken The name is available. Register?

ބައި

07 July 2021

ތިފަތުވާ ނެރެވޭނެ ރައްޔަތުންގެ މަޖުލީހުގެ ބޮންޑޭމެނަށްވެސް. ރައްޔަތުންގެ މަޖުލީހުން ނުނެރުުނިއްޔާ އަހަރަމެންނަށްވެސް ތިިހެން ބުނެވިދާނެ. އަނެއްކާ ކަމެއްގައި ކިޔާނެ އެއްޗެއް ނެތުމޭ ބުނުމަކީ ފަތުވާއަކަށް ވޭތަ؟ މައުމޫނު ދައުރުގައިވެސް އެޅިހާ ބަތަކަށް ރިހަކިޔާ ބައެއް އުޅުނު.

The name is already taken The name is available. Register?

އަލީބެ

07 July 2021

ފަތުވާ ކޮމެޓީގަތިބީ ހަރުކަށި ޝޭހުންކަން އެނގިއްޖެ. އަދި ތިމީހުން ސުވާލުކޮށް ސާވޭކުރުމުގައި ގިނައިން ސުވާލުކުރީ ހަރުކަށި މީހުނާ. ﷲެނިގެން އެދަނީ ހަރުކަށި ކަން ފެތުރިފައޮތް ވަރު.

The name is already taken The name is available. Register?

ހަސަނު

07 July 2021

ޝައިޚް ރަޝީދު މި ޒަމާނަށް ކަމަކު ނުދޭ.. ފަތުވާ ކޮމެޓީގެ ރައީސްކަން މައުމޫނަށް ދީ...

The name is already taken The name is available. Register?

މޫމިން

07 July 2021

އަންހެން ކުދިން ޚިތާނުކުރުމާމެދު ދީނުގައި އޮންނަނީ ކިހިނެއްތޯ؟ ފަތުވާ މަޖިލިހުގެ ޖަވާބު: މަސްލަހަތަށް ބަލައި ޖަވާބު ދެވޭކަށް ނެތް. ދެން އެކި މީހުން އެކި އެއްޗިހި ކިޔަން ފުރުޞަތު ދީގެން މަސްލަހަތު ގޯހެއްނޫންތަ ވާނީ..

The name is already taken The name is available. Register?

ކޮލި

07 July 2021

އެބުނަނީ ދީނުގަ ކަން އޮތްގޮތް ބުނެފިއްޔާ ކަންކަން ގޯސްވެ، ފިތުނަވެ، މަސްލަހަތު ގެއްލި، ގައުމު އޮޔާ ގޮސްދާނެއެ....

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

07 July 2021

މި މުހައްމައިދީ ދެކޮޅު ނުޖެހޭ ތާ މެދު ޖެހޭ ވާހަކައެއް ވެސް ނުދައްކާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454