ދުނިޔެ

އަގްސާ މިސްކިތަށް ވަދެގަންނަން ޔަހޫދީން ތައްޔާރުވަނީ

11 ޖުލައި 2021 - 09:12

12 comments

އަހަރަކު އެއް ފަހަރު ފާހަގަކުރާ ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ ގޮތުގައި "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގައި، ގިނަ އަދަދެއްގެ ޔަހޫދީން އަގްސާ މިސްކިތަށް ވަންނާނެކަން، ޔަހޫދީންގެ ބައެއް ޖަމާއަތްތަކުން އިއުލާންކޮށްފި އެވެ.

ޔަހޫދީ ޖަމާއަތްތަކުގެ މި ނިންމުމާ ވިދިގެން، އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް ޔަހޫދީން ކުރާ ކަންތަކަށް ހުރަސް އެޅުމަށް، ފަލަސްތީނުގެ ޖަމާއަތްތަކުން މިހާރު އަންނަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ގޮވާލަމުންނެވެ. ޔަހޫދީންގެ މި ނިންމުމާ ގުޅިގެން، އަގްސާ މިސްކިތާ ކައިރީގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އަވަށްތަކުގައި މިހާރު ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.

އަގްސާ މިސްކިތާ ކައިރީގައި އޮންނަ ޝައިޚް ޖައްރާހް އަވަށުގަ އާއި ސިލްވާން އަވަށުގެ ނުތަނަވަސްކަން ވަކިން ބޮޑެވެ. އެއީ، އެ ދެ އަވަށުގެ ބައެއް ގެތަކުން ފަލަސްތީނު މީހުން ނެރުމަށް، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިން ހިންގާ ހަރުކަށި އަމަލުތައް އިތުރުވެފައިވާ ދުވަސްވަރެއްގައި، ޔަހޫދީން އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް ރާވަމުން ދާތީ އެވެ.

"ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރަނީ، ސަލާމްލެއްވި ސުލައިމާންގެފާނުގެ ހައިކަލް (ފައްޅި ނުވަތަ އަޅުކަން ކުރެއްވި ތަން) އަށް ބާބިލުން ހަމަލާދީ ބިމާ ހަމަކޮށްލި ދުވަހާއި ރޯމަނުންގެ ހަމަލާތަކުގައި ހީރޯދޯސްގެ ހައިކަލް (ދެ ވަނަ ފައްޅި) ސުންނާތި ކުރި ދުވަހުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމަކީ، ގާތްގަނޑަކަށް 25 ގަޑިއިރު ވަންދެން ހިފާ ރޯދައެއް ހިފުމާއި، އެ ހާދިސާގެ ހިތާމަ ފާޅުކުރުމެވެ.

އެ ދުވަސް ފާހަގަކުރަނީ ޔަހޫދީ ކަލަންޑަރުން އޮގަސްޓް 9 ވަނަ ދުވަހު އެވެ. މީލާދީ ގޮތުން އެ ދުވަސް ދިމާވާނީ މީލާދީ ކަލަންޑަރުގެ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅުގެ ދުވަހަކާ އެވެ. ޔަހޫދީ ޖަމާއަތްތަކުން މިހާރު އިއުލާން ކޮށްފައިވާ ގޮތުން، މިއަހަރުގެ "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުން އޮންނާނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެ ދުވަހު ޔަހޫދީން ބައިބަޔަށް އެކި ވަގުތުތަކުގައި އަގްސާ މިސްކިތަށާއި މިސްކިތުގެ ގޯތި ތެރެއަށް ވަންނާނެ ކަމަށާއި، މިސްކިތުގެ ގޯތި ތެރޭގައި ދީނީ އަޅުކަން ކުރުން އޮންނާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

ޔަހޫދީން އެ ދުވަހަށް އެ ކަންތައް ހަމަޖެއްސި އިރު، މި ޖުލައި މަހުގެ 19 ވަނަ ދުވަހަކީ މުސްލިމުންގެ އެންމެ މުގައްދަސް ދުވަސް ކަމަށްވާ މިއަހަރުގެ އަރަފާތު ދުވަހެވެ. އަރަފާތު ދުވަހުގެ ދަރުމަ އާއި ސަވާބު ހޯދުމުގެ ގޮތުން، އަރަފާތު ވިލޭރޭ (18 ވަނަ ދުވަހުގެ ރޭ) އިން ފެށިގެން އަގްސާ މިސްކިތުގައި އިއުތިކާފަށް ތިބުމަކީ، ކޮންމެ އަހަރަކު ވެސް ފަލަސްތީނުގެ މުސްލިމުން ކުރާ ކަމެކެވެ. އަދި އެކަމުގައި ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރެއްގެ ވެސް މިދުވަސްކޮޅު ހިންގަ އެވެ.

މިދިޔަ ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ވެސް، އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމަށް، ޔަހޫދީ ޖަމާއަތްތަކުން ވަރަށް ބޮޑަށް ރޭވި އެވެ. ނަމަވެސް އެ ދުވަސްވަރު އަގްސާ މިސްކިތަށް ޖަމާވި މުސްލިމުންގެ އަދަދު ގިނަކަމާ އެކު، ޔަހޫދީންނަށް އެފަހަރު ކާމިޔާބު ނުވީ އެވެ. ފަހު ދިހައިގެ ދުވަސްތައް ނިމިގެން ދިޔައީ، ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ މުސްލިމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމާ އެކުގަ އެވެ.

12 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 9%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮހުއްތު ބެ

13 July 2021

ިކަމެއް ޔަހޫދީންނަށް ކީއްކުރަން، ދުނިޔޭގެ އެބްމެން އެއްކޮށް މަސައްކަތް ކުރިޔަސް ނުވާނެ. ﷲ ގެ ރޭވުން އެއްށް ވުރެ މާ ފުރިިހަމަ. އެއްވެސް ބަޔަކަށް ތަޤުދީރަކާ ނުކުޅެވޭނެ.

ހެޔޮލަފާ

12 July 2021

ޔާ ﷲ ޔަހޫދީން ބަލިިކުރައްވާ އިސްލާމުން ގަދަކުރައްވާފާނދޭވެ.

ވާނުވާ

12 July 2021

ޚޮމެންޓު ކޮށްފައޮތް ޖއދ ކަހަލަ މީހުނަށް ދެން ކިޔާނީ ކީކޭބާ.... މީވެސް ބައެއް ދިވެހިންގެ ވިސްނުން. މުސްލިމުންނަށް ނިކަމެތިލިބެން މުސްލިމުން ބޭނުމެއް ނުވާނެ...މިފަދަ މީހުންގެ ސަބަބުން މިޤައުމުވެސް ހަލާކުވުން ދުރެއްނޫން

އެންޓި ޒަޔޮނިސްޓް

11 July 2021

އިންޝާ ﷲ ތިކަމެއް ނުވާނެ. ޔާ ﷲ ނުބާ ނުލަފާ ކާފަރު ޔަހޫދީންގެ މައްޗައް، އަޅަމެން މުސްލިމުންނަށް ގަދަކަން ދެއްވާ ދޭންވެ.

އަލީ1

11 July 2021

އަސްލު އަގްސާ މިސްކިތަކީ ކޮބައިތޯ؟ އަގްސާ ކޮމްޕައުންޑަށްތޯ އަގްސާމިސްކިތްކިޔަނީ؟!

ޖަމަލު

11 July 2021

ސައުދީ، އެމިރޭޓްސް ބަހުރެއިން އަދ މިނޫނަސް އަރަބި ދައުލަތްތައް އިޒްރޭލްގެ ސިހްޔޫނިންނާއެކު އެއްތަށިން ފަރިއްކުޅުވެ ޖޯކޔ ކިޔުމުގާ

އަލަމާރި

11 July 2021

އަގްސާ ފޮޓޯއެއް ޖެހިނަމަ ؟؟ ؟؟؟؟؟؟

ޖައުދާ

11 July 2021

ކޮބާތަ މި ކަމުގައި މައްސަލައަކީ؟ ޔަހޫދީންނަށްވެސް އަޅުކަން ކުރުމުގެ ފުރުޞަތު އޮންނަންވާނެދޯ؟ މުސްލިމުން މާ ކަންތައް ފަލައީ ދެން.

ރަދީފްއޮފިޝިއަލް

11 July 2021

ކަލޭ ހަމަތަ ބްރޯ؟؟

ާަައި

11 July 2021

ކަލެއަށް ނޯންނާނެ މައްސަލައެއް ގެފުޅު އެމީހުން ނެގިޔަސް. ކަލޭ ބުނާނެ ފުރުސަތޭ. އަޅުކަން ކުރަންޏާ އަމިއްލަ ތަންތަން އަޅާ . މުސްލިމުންގެ އެއްވެސް ތަނަކަށް ވަންނާނެ ކަމެއް ނެތް. ކަންތައް ފަލަޔޯ ނޭގެންޏާ ކޮމެންޓު ނުކުރެ ކަލޭ

ޖައުދު

11 July 2021

ޖައުދާ، ވާނުވާ ނޭނގެންޏާ ކޮމެންޓް ނުކޮށް މައިތިރި ވެގެން ހުރޭ. ޢަގްސާ މިސްކިތަކީ މުސްލިމުންގެ މުގައްދަސް މިސްކިތެއް. އެ މިސްކިތުގެ ތެރޭގައި އިސްލާމް ދީނާއި ދެކޮޅު ހަރަކާތްތައް ހިންގަންޏާ މުސްލިމުންނަކަށް މަޑަކުން ނުހުރެވޭނެ. ޔަހޫދީންގެ އަމިއްލަ ފައްޅިތަކުގައި ޔަހޫދީން ކުރާ ކަމެއް ކުރޭ. އޭރަކުން މުސްލިމުން ނުދާނެ އެ ކަންކަމާ ބެހޭކަށެއް.

ދޮހުއްތު ބެ

12 July 2021

މުސްލިމުން ގެ ކަންތައް ފަލައެއް ނޫން. ފަލައީ މި ކޮމެންޓު ކުރި މީިހާ ގެ ބަނޑު ތޯއްޗެއް. ނޭންްގޭނެއްނު. ފަލައިގެ ވާހަކަ ދައްކާނީި ފަލަ މީހާ. އެކަމަކު މަށަކީ ހަމަ އެންމެ ފިޓް.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454