ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
12 ޖުލައި 2021 - 22:49
މާފަންނުގައި ވަގުތީ މިސްކިތެއް ހުންނަ ބޮޑުގޭގެ އުތުރު ފަރާތުގައި ހެދި ޕާކިން ޒޯން، މާލޭ ސިޓީ ކައުންސިލުން މިއަދު ހުޅުވައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕާކިން ޒޯން ހުޅުއްވައިދެއްވީ މާލޭ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ޕާކިން ޒޯންގައި 175 ސައިކަލު ޕާކު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި މިތަން ހުޅުވާލުމާ އެކު އެ ސަރަޙައްދުގައި އޮންނަ ހަނިގޯޅިއެއް ކަމަށްވާ ދަކަނދާ މަގުގައި ޕާކް ކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް، އެ މަގުގައި ޕާކް ނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.
ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ބޮޑުގޭ ޕާކިންގް ޒޯން ހުޅުވާލީ އެ ތަން ރީތި ކުރުމަށް ފަންނުވެރިންގެ ހުނަރު ފެންނަ ގޮތަށް އެތަނުގެ ފާރުތަކުގައި ކުރެހުންތައް ވެސް ކުރެހުމަށް ފަހު އެވެ.
"މި ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މި ފެށީ މި ސަރަހައްދުގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. މަސައްކަތް ނިމުނީމާ އޭގެ ފަސޭހަކަން ލިބޭނެ،" މި ޕާކިން ޒޯންގެ މަސައްކަތް ފެއްޓެވި ދުވަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ބޮޑުގޭގައި ހެދި ޕާކިން ޒޯން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ބުނީ މާލޭގެ ޕާކިން މައްސަލަ އަށް ހައްލެއް ގެނައުމަށާއި ހިނގާފައި މަގުތަކުގައި އުޅޭ މީހުންނަށާއި އަދި އެއްގަމު އުޅަނދު ފަހަރު ދުއްވާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް އިތުރު މަގުތައް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހަދަމުން އަންނައިރު، މިހާރު ވެސް ކުއްޔަށް ޕާކް ކުރެވޭނެ 211 ޖާގަ އަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން 6،000 އަށް ވުރެ ގިނަ ވެހިކަލްތައް މަގުމަތިން ނަގައި، ޕާކިން ޒޯންތަކަށް ވެއްދިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
13 July 2021
ރާއްޖޭގަ އެކަނި އޭޓީއެމް ، ސަހަރާ ، ޕާކިން ޒޯން ، ޕަވާ ހައުސް ، ފެންމީޓަރު ފަދަ ތަކެތި / ތަންތަން ރިބަން ކަނޑަން ޕްރިމިއާ ، މޭޔަރު ނުވަތަ ރައީސް ވަޑައިގަންނަވާނީ.ސަބަބު ވަރަށް ސާފު.
ރަދީފްއޮފިޝިއަލް
13 July 2021
މެސިވް ޕްރޮޖެކްޓް.މަރުހަބާ އެމްސީސީ.
ދޯސިތް
13 July 2021
އަހަރެމެން ގޭ ފާހާނާ ވެސް ހަދާ ނިމިއްޖެ. ވަޑައިގެން ދެއްވާ ހުޅުވާ ދެއްވަން. އެފް.ބީ އިން ލައިވް ވެސް ކޮއްދޭނަށް.
މުކި
13 July 2021
ދެން ކޮންތާކު މި ޖެހެނީ.. ޕާރކް ނުކުރެވޭ ގޮތަށް ހެދި ތަން ބޮޑު ނުވިއްޔާ ރަނގަޅު ޕާރކިންގ ޒޯންއަށްވުރެން..
ގެދާނޯމޮސް
13 July 2021
ލޮކޭޝަން އެނގުމަށް މެޕުން ފެންނަ ގޮތަށް މިފަދަ ކޮންމެ ތަނެއްރައްޔިތުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް މިހާރު ނޫހަށް ދަންނަވަމެވެ. އަދި ސަހަރާ ތަކުން ތަންތަން ކޮޅުން ގަބުރު ނަގާޕާކިންގް / ފިނިމައިޒާން ހަދާއިރު މުޅި ސަހަރާގައި ހުންނަ ގަބުރު ނަގާއެތަންތަނުގަ ބިޔަޒޯން ނެހެދެން ޖެހެނީ ކޮންދަލީލަކުން ތޯ ޑރ މުއްއިޒު ސާފުކޮށްދެއްވުން އެދެމެވެ.
ޑރ. މުއިއްޒު
13 July 2021
ދަލީލު ހޯދަން އޮފީހުން ބައްދަލުކޮށްލައްވާ.