އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ މީގެ ކުރިން 18 އަހަރު ވަންދެން ފޮރިން މިނިސްޓްރީގައި ހިދުމަތް ކުރައްވާފައި. އެ ޓައީ އަކީ ވަޒީފާއިން ވަކިވެވަޑައިގަތް ދުވަހު އެ މަނިކުފާނަށް ދެއްވި ޓައީއެއް.
ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި ފޮރިން މިނިސްޓްރީ އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން.-- ފޮޓޯ: ރައީސް އޮފީސް
15 ޖުލައި 2021 - 13:21
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް ފަހު، ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "ޚާރިޖީ ޓީމް" ގެ ގުޅުން ސިފަކޮށްދެއްވީ ރަސްމިއްޔާތުގައި ބައިވެރިވެޑައިގެން ހުންނެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވި ޓައީންނެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މުއުތަސިމް ފޮރިން މިނިސްޓްރީގައި 18 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، ވަކިވެވަޑައިގެންނެވި ދުވަހު އެ މިނިސްޓްރީގެ މުވައްޒަފުން އެ މަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީއެކެވެ. އެ ޓައީ އުއްތަމަ ފަނޑިޔާރާ ހަވާލުކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލެވެ.
ފަތުހުﷲ ޖަމީލްގެ ނަންފުޅުގައި ފޮރިން މިނިސްޓްރީގެ އިމާރާތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ހުންނެވީ އެ ޓައީ ތުރުކުރައްވައިގެންނެވެ.
"އެއީ ހާރިޖީ ޓީމަކީ، އެއީ ހާރިޖީ ފެމިލީ އަކީ،" އެ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މުޅި ވިސްނުމާއި ގުޅުން އޮންނާނީ ހަމައެކަނި މަގާމުގައި ތިބޭއިރަކު ނޫން."
ކަޅު ރަތްކުލައިގެ އެ ޓައީގެ ދެ ފަރާތަށްވާގޮތަށް ހުރީ ރަތުގެ ދެ ކުލައަކުން ތުނޑު ރޮނގުތަކެކެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން، ފޮރިން މިނިސްޓްރީގެ މުވައްޒަފުން އެމަނިކުފާނަށް ވެދުމަކަށް އެރުވީ ޓައީ ތުރުކުރައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ފަތުހުﷲ އަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އެންމެ ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މެދުކެނޑުމެއް ނެތި 27 އަހަރު ހިދުމަތްކުރެއްވި އެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖޭގެ ފޮރިން މިސްޓަރު ކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނެވި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓްރީގެ އިމާރާތް ފަރުމާކޮށްފައި ވަނީ ވެސް ފަތުހުﷲގެ ވިސްނުންފުޅަށް ކަމަށެވެ.
"މި އިމާރާތް ކުރައްސަވަމުން ގެންދިޔައިރު ތަސައްވަރުގައި އޮތީ ރާއްޖޭގެ ހާރިޖީ ނައު، ހާރިޖީ ބައްތެލި، ހާރިޖީ ދޯނި، ބައިނަލްއަގުވާމީ ކިތަންމެ ގަދަ ކަނޑުތަކެއްގައި ވެސް ދުވާނެކަން، ހިފަހައްޓާނެކަން، ކަށަވަރުކޮށްދޭން އިމާރާތްކުރެއްވުން،" ތިން ރިޔާ ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވި އެވެ.
"މި އިމާރާތުގައިވާ ކޮންމެ ރިޔަލެއް އެ ރަމްޒުކޮށްދެނީ ދިވެހި ދައުލަތް، އެ ދައުލަތުން ޝާނާއި ޝައުކަތު."
އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޔާ
15 July 2021
ހުރިހާވެސް ޝުކުރަކާ ތައުރީފް ހައްގު ވަނީ ރަންތިރީސް އަހަރުގެ ބާނީ ރައީސް މައުމޫނަށް.
އަލިފުޅުދެވަނަ
15 July 2021
ރަން ތިރީސްއަހަރު މިނިސްޓަރުން ކުރެއްވި މަސަތްކަތްޕުޅުވެސް ސަރުކާރުގެ މުވައްޒަފުންނާއި އިދާރާތައް ހިންގިގޮތްވެސް ދެކުނީމެވެ، ޤައުމުގެ ރައިޔިތުން ތިބިޙާލާ އެތަރައްޤީއާއި ތަމައްދުންވެސް ދެކުނީމެވެ. ލިބުނު އާމްދަނީއާއި ކުރި ޚަރަދުވެސް އެހެރީ ފެނަނާށެވެ. ތިރީސް އަހަރަކީ ހާދަހާވާދުވަހެކެވެ. އިންސާނެއްގެ ޢުމުރުގެ ދެބައިކުޅަ އެބަިނޫންތޯއެވެ.މުޅިންވެސް ހުދު ކާފޫރެވެ.
ދުށީމެވެ.
15 July 2021
ތިރީސް އަހަރަކީ ލައްކަ ދުވަހެކެވެ. 30 އަހަރު ފަށާފައިވަނީ އަލިފުންނެވެ. 30 އަހަރު ދުށީމެވެ. 30 އަހަރު ފަށައިގަތްއިތު ރާއްޖޭގައި އިނގިރޭސި ހުރިހާ ސަބްޖެޖްޓެއް ކިޔަވައިދިނީ ލަންކާ އިންޑިޔާ މީހުންނެވެ.30 އަހަރުތެރޭ ތައުލީމީގޮތުން ލަންކާ އާ މިއާބާދީ އެއްވަރުވިއެވެ. 30 އަހަރު ފެށީ މިސްކީނުކިޔާ މީހަކު ގޯލްކާރިން ކޮއްޓާ ބޯޅަ އިދިކޮޅުގޯލަށް ވައްދައިގެންނެވެ. 30 އަހަރު ނިންމީ ފުޓްބޯޅައިގައި ލަންކާއަށްވުރެން މޮޅުވެތިބެއެވެ. އިންޑިޔާ ބަންގާޅު ލަންކާ ކާރީގައ
ބާލައާދަނު
15 July 2021
އަހަރުން ވެސް ރަން ތިރީސް ދުށީމެވެ. އޭރުގެ ހަނދާންތައް އާ ވުމުން މިއަދު ރޮވެ އެވެ. މިއަދު މީ ހަމަ ގައިމު ވެސް އަޅުގަނޑު ދެކެން ބޭނުންވި ރާއްޖެ އެއް ނޫނެވެ. އެ އެކުވެރިކަމާ، އަމާން ވެށި ގެއްލި މުޅި ތަން ފަސާދަ ވެއްޖެ އެވެ. އޭރު މަގުމަތީ އެކަނި ކުޅެން އުޅެއް އަޅުގަނޑުމެން ވެސް އަދި އަޅުގަނޑުމެންގެ މައިނބަފައިން ވެސް ބިރެއް ނެތެވެ. ނަމަ ވެސް މިއަދު އަޅުގަނޑުމެންގެ ދަރިން މަގުމައްޗަށް ކުޅެން ދޫކޮއްލަން ބިރުގަނެ އެވެ.
ށަސު
15 July 2021
އަބްދޯ ސާހިދު ކަހަލަ ކޮރަޕްޓް މީހަކަު ތި މަގާމުގަ ހުރިކަމީ ލަތުވެރި ވާންޖެހޭ ކަމެއް
ސުށަ
15 July 2021
އަބްދުﷲ އިނގޭތޯ.. އަބްދޯ އެއްނޫން
އަލިބެ
15 July 2021
ގައުމު އޮޔާލައިފި. ތިހެން ފޮނިކަނޑަކަޑާ