އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތި ވަގުތުތަކުގައި ވެސް އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި.
ފޮރިން މިނިސްޓަރު ޝާހިދު ކުރިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: --- މިހާރު ފޮޓޯ/ނިޝާން އަލީ
15 ޖުލައި 2021 - 12:25
މި ސަރުކާރުގައި ވެސް ގެންގުޅެނީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް ދެ ވަނަ އަށް އެންމެ ދިގު މުއްދަތަކަށް ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ ޖަމީލްގެ ވަޒީރުކަމުގައި ވެސް އަމަލުކުރެއްވި ހާރިޖީ ސިޔާސަތު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށްފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން، ރާއްޖޭގައި 27 އަހަރު ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ އަށް ނިސްބަތްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ އުހަށް ރާއްޖެ ގެންގޮސް ދެއްވާފައި ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް، ޗައިނާގެ ހިލޭ އެހީގައި މަރާމާތު ކުރުމަށް ފަހު އަލުން މިއަދު ހުޅުވީ "ފަތުހުﷲ ޖަމީލް ބިލްޑިންގް" އަށް ނަން ބަދަލުކުރުމަށް ފަހުގަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ބިކަވެ، ބާކީ ވެފައި ވަނިކޮށް، މި ސަރުކާރު ވެރިކަމަށް އައިސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވެރިކަން ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.
ފަތުހުﷲގެ އަރިހުގައި ވެސް މަސައްކްތަ ކުރެއްވި ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މައިދާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ވަނީ ފެނިވަޑައިގެންފަ އެވެ.
"އެ މަނިކުފާނު ބޭރު މީހުންނާ ބައްދަލުކުރައްވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތި ވަގުތުތަކުގައި ވެސް އެ މަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވައިގެން ހައްލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި. އަޅުގަނޑުމެންގެ މި ސަރުކާރުގައި ރައީސްގެ ސިޔާސަތަކީ ވެސް އެއީ،" ޝާހިދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ރާއްޖޭގެ ހާރިޖިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ހަނދާން އާކުރުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށާއި އެހެންވެ މިނިސްޓްރީގެ އެކި މާލަންތަކަށް އެ ބޭފުޅުންގެ ނަން ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ މާލަމްތަކަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ އަލްއަމީރު ހަސަން ފަރީދު މާލަމާއި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭފާނު އަދި އަލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަހުމަދު ޒަކީ އާއި ޑރ. އަބްދުއްސަމަދު އަބްދުﷲ އެވެ. މި ބޭފުޅުންނަކީ ކުރިން ރާއްޖޭގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނެވެ.
މީގެ އަށް އަހަރު ކުރިން އަވަހާރަވެފައިވާ ފަތުހުﷲ ޖަމީލްގެ ނަންފުޅު ހާއްސަވެފައި ވަނީ ފޮރިން މިނިސްޓްރީ ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވެ އެވެ. އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިީމީ މިޝަންގެ މަންދޫބުކަން ކުރައްވަމުން ގެންދަވަނިކޮށް ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް ހުންނެވީ ފަތުހުﷲ އެވެ. އުމުރުފުޅުން 69 އަހަރުގައި 2012 ވަނަ އަހަރު، ފަތުހުﷲ އަވަހާރަވީ ސިންގަޕޫރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓުކިޔާ ކުއްޖާ
22 July 2021
ނަމުގަ އަލިފުދާލު، މީނާމީ އަނެއް ބޮޑުވަޒީރު، ފޮރިންމިނިސްޓްރީ ވަކިސަރުކާރެއްގޮތަށް ދެކި ހުރިހާ ބާރެއް އަންބޮނޑި ދަށައްލައިގެން، އިގިރޭސި ޕާސްޕޯޓެއް އޮވޭ، ދެން ހަމަ އެގުރިމެންޓުތައް ހަދައިގެން ވިއްކޭތަނެއް ވިއްކަންވީނު، ދަތްހުރި ދުވަހު ކާށި ކައިފަ ބަހައްޓާ، ދަރިންނަށާއި ކާފަދަަރިންނަށް ލަންޑަނުގެ އެންމެ މުއްސަދިން އުޅޭ ނޭބަރހޫޑުން ގެ ގަނެގެން އަަރާމުގަ، ދެންތިބި ދިވެހިން މި މީހުންގެ މާލޭ ބިންތަކުގަ ހުރި ކުދި ހޮރުތަކުގަ ބޮޑު ކުލި ދައްކައިގެން
ގޯރުނުދޯރު
15 July 2021
ނޫން އިނގޭތޯ. އެބޭފުޅާ ގެންގުޅުއްވީ ވަކިފަރާތަކަށް ނުޖެހި އެއްވެސް ބައެއްގެ ބަނޑުދޮށަށް ނުވެއްޓި ތިބެ ބޭރު ގައުމު ތަކުން ލިބެން އޮތް ފައިދާއެއް ހޯދާ ސިޔާސަތެއް. މިހާރުގެ ސިޔާސަތަކީ އިންޑިއާ ފަރސްޓް. އެއީ އިންޑިޔާ މީހުން ޗައިނާ ބޭންކު ތަކުން ލޯނު ނަގައިގެން އަގު އަރުވާފައި ރާއްޖެއަށް ލޯނު ދިނުން. އެމީހުންގެ އެމްބެސީ އާއި ރައީސް އޮފިހާއި ނުބައްދަލު. ތިޔަ "ލައްޑޫ ކާ ސިޔާސަތު" ދެކެ ހުރިހާ ދިވެހިން މިތިބީ ވަރަށް ރުޅިއައިސްފަ. ބަލާބަލަ އެމީހުންގެ ސިފައިން ފޮނުވާލަން އުޅުނީމާ ހެލިކޮޕްޓަރޭ ކިޔައިގެން މިތާ ގަދަކޮށްފަ އެތިބޭ ވައްތަރު. ބައެއް ސިޔާސީ މީހުނަށް ލައްޑޫ ކާންދީފައި ހުރީމާ މިތާގަ އެމީހުންގެ ބިސް ފީކޮށްދެނީ.
އެމެރިކާ
15 July 2021
ޖީއެމްއާރުގެ އެހީތެރި ކަމާއެކީ ޕާޓީ ބަދަލުކުރި މީހުންގެ ސަބަބުން ރައްޖެ ހަލާކުވަނީ
ރައްޔިތުސޮރު
15 July 2021
އަބުދުއްލޯ ޝާހިދުގެ ނަން އަނދިރި އަކުރުން ލިޔެވޭނެ ދިވެހިތާރީޚްގަ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ގަޑުބަޑުކޮށް ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރުވާލި ވަޒީރެއްގެގޮތުގަ.
އުދުހޭ
15 July 2021
އަންނިގެ ނަން މިހާރު ބަދަލުކުރީތަ؟
އަފްލާތޫން
15 July 2021
މަރުހޫ މް ފަތުހުﷲ ޖަ މީލް އަށް ކަށްވަޅުގައި އޮވިޔަނުދޭތި. މިހާރު ތިކަހަލަ ހިޔަޅު ވާހަކަ ދެއްކިޔަސް ނުވިކޭނެ. އޭރު ރާއްޖޭގައި އޮތް ޚާރިޖީ ސިޔާސަތު ނޫންކަން ރާއްޖޭގައި މިހާރުއޮތީ އެން މެނަށް އެނގޭ. އިންޑިއާ އައުޓް.
ސަރުދާރުު
15 July 2021
އަލްމަރުހޫމް ފަތުހުﷲ ހަމަ ގައިމުވެސް ވަކިގައުމެއްގެ ދަށުވެގެން ނޫޅުއްވާނެ
އަބްޑޫޅް
15 July 2021
އޭނަގެ ރިޒޯޓެއް އޮތްތަ؟
ފޫޅު އަލިބޭބެ
15 July 2021
ތަނެއް ދޮރެއް ނުދަންނަ ބަޔަކު ތިބިތާކު ދޫ އޮތިއްޔާ ކޮންމެ އެއްޗެއްވެސް ކިޔިދާނެ. ޝާހިދު ހަމަ ތިހެއްދެވީ ބޮޑު އިތުރުފުޅެއް. ފަތުޙުﷲ ގެންގުޅުއްވީ ނިއުޓްރަލް ފޮރިން ޕޮލިސީ. އެެއްވެސް ބައެއްގެ ބަނޑުދަށަކަށް ވަދެ ނޯވޭ. ގައުމުގެ އަގު ހިފެހެއްޓެވި. އާނ މިއަދަކު ތިވާވަހަކައަށް ރައްދުދެއްވާކަށް ފަތުޙުﷲ އެއް ނެތްވިއްޔަ. ހައްދަވާ ބުހުތާނު ތިއީ ހުސް
ލޯލި
15 July 2021
މިއީ މައްސަލަ އަކީ، މިކަަހަލަ ތަޖުރިބާނެތް "ވޯނަބީ" ކޮޕީކެޓުން މުހިންމު މަގާމްތަކުގައި ހުއްނާތީ. ފަތުހުﷲ ޖަމީލް، އޭރައްބަލާފަ އެކުލަވާލެއްވެވި، ސިޔާސަތަކީ މޮޅު އެހާމެ ފުރިހަމަ ސިޔާސަތެއް. ނަމަވެސް ދުވަސް ދާވަރަކަށް ދުނިޔެއައް އަނަނަބަދަލު ތަކާ ގުޅިގެން ސިޔާސަތުތައް ބަދަލު ކުރަންޖެހޭ. އެގޮތެއް މިހާރަކަށް ކަމަކު ނުދާނެ. މިވަރު ނުވިސްނޭ ބޭފުޅަކު މިމަގާމްގައި ހުރެގެން މިރާއްޖެއަށް ވީ ފައިދާއަށް ވުރެއް ގެއްލުންބޮޑު.