ލައިފްސްޓައިލް / ގިނިސް ވޯލްޑް ރެކޯޑްސް

އޮލިމްޕިކްސް ބަލައިގެން ރެކޯޑް ހެދުން ފެނަށް

ތަކްޝިމާ.

މީގެ 15 އަހަރު ކުރިން ފެށިގެން، އޮލިމްޕިކްސްގެ އިވެންޓްތައް ބާއްވާ ތަންތަނަށް ގޮސް ބަލަމުން އައި ޖަޕާނުގެ ފޭނަކު މި އަހަރުގެ އޮލިމްޕިކްސްގެ ހުރިހާ އިވެންޓެއް އަމިއްލަ ގައުމުގައި ބަލައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން އުޅެނިކޮށް އެކަން ފެނަށްވެއްޖެ އެވެ.

ވެރިރަށް ޓޯކިއޯގައި މި މަހުގެ 23 ގައި ފަށާ އޮލިމްޕިކްސްގެ އިވެންޓްތައް ބަލަން ރައްޓެހިންނާ އެކު ދާން ކަޒްނޯރީ ތަކްޝިމާ 197 ޓިކެޓަކަށް 40،000 ޑޮލަރު ހޭދަކުރި އެވެ. ނަމަވެސް ރިއަލް އެސްޓޭޓް ވިޔަފާރިގައި އުޅޭ 45 އަހަރުގެ ވިޔަފާވެރިޔާ އަށް މުބާރާތުގެ އިވެންޓްތައް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ގެއްލުނީ ކޮވިޑް-19އާ ހެދި އަޅާފައިވާ ފިޔަވަޅުތަކާ ހެދި، މުބާރާތް ކުޅިބަލާ މީހުންނާ ނުލައި ކުރިއަށް ގެންދަން ނިންމާފައިވާތީ އެވެ.

މިކަމާ ގުޅިގެން ތަކްޝިމާ އަށް ލިބުނު މާޔޫސްކަން ވަރަށް ބޮޑެވެ. އެހެން ނޫން ނަމަ އަމިއްލަ ގައުމުގައި ބާއްވާ މުބާރާތެއްގެ ހުރިހާ އިވެންޓެއް ބަލާލަން ގޮސް މިހާތަނަށް، އޮލިމްޕިކްސްގެ އެންމެ ގިނަ އިވެންޓްތައް ބެލި މީހާގެ ރެކޯޑް އޭނާ އަށް ކަށަވަރުވުމުގެ ފުރުސަތު އޮންނާނެ އެވެ.

"ވަރަށް ދެރަވެ މާޔޫސްވެއްޖެ މި ފަހަރުގެ މުބާރާތް ބަލައިލުމުގެ ފުރުސަތި ގެއްލުނީތީ. އެހެން ނޫން ނަމަ އަހަންނަށް މި އަހަރު ރެކޯޑް ކަށަވަރުކުރެވުނީސް،" ސީއެންއެން އަށް ތަކްޝިމާ ބުންޏެވެ.

"މި ފަހަރު ކޮވިޑާ ހެދި ހުރިހާ ކަމެއް މި ދިޔައީ ފެނަށް. އަމިއްލަ ގައުމުގައި މުބާރާތް ބާއްވާ އިރު ބަލާލަން ދާން ފުރުސަތު ނުލިބުނީމަ އެއީ ކިހާ ހިތްދަތި ވާނެ ކަމެއް އަހަރެން ކަހަލަ މީހަކަށް. އެހެންވީމަ ޓިކެޓްތައް ފެނުނީމަ ހިތްދަތިވެގެން ހަމަ ރޮވެނީ."

ޓިކެޓަށް ގަންނަން ހޭދަކުރި ފައިސާގެ ރިފަންޑް ހޯދުމުގެ މަސައްކަތް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ.

"އޮލިމްޕިކްގެ ޓިކެޓް ގަތުމުގެ ޕްރޮސެސް އަކީ ވެސް އަހަރެން ވަރަށް ގަޔާވާ ކަމެއް. އެކަމަކު މި ފަހަރު ކޮވިޑާ ހެދި ހުރިހާ ކަމެއް މި ދިޔައީ ފެނަށް. އަމިއްލަ ގައުމުގައި މުބާރާތް ބާއްވާ އިރު ބަލާލަން ދާން ފުރުސަތު ނުލިބުނީމަ އެއީ ކިހާ ހިތްދަތި ވާނެ ކަމެއް އަހަރެން ކަހަލަ މީހަކަށް،" ތަކްޝިމާ ބުންޏެވެ. "އެހެންވީމަ ޓިކެޓްތައް ފެނުނީމަ ހަމަ ހިތްދަތިވެގެން ރޮވެނީ."

ތަކްޝިމާ އޮލިމްޕިކް މުބާރާތް ގަވައިދުން ބަލައި އެ މުބާރާތުގެ އިވެންޓްތަކަށް ޝައުގުވެރިކަން އުފެދުނީ 2005 ގެ ސްޕެޝަލް ވިންޓަ އޮލިމްޕިކްސްގައި ޖަޕާންގެ އެތުލީޓަކު ދައްކައިލި ސްކޭޓިން ހުނަރު ފެނިފަ އެވެ. އަދި އޭގެ ފަހުން 2006 ގައި އިޓަލީގެ ޓިއުރިންގައި ބޭއްވި ވިންޓަ އޮލިމްޕްސް އަށް ވެސް ދިޔަ އެވެ.

ތަކްޝިމާ.

"އޭގެ ފަހުން އޮލިމްޕިކްގެ އިވެންޓްތައް ބަލަން އަބަދު ވެސް ދަން،" ތަކްޝިމާ ބުންޏެވެ. "ގޭމަށް ލޯބި ޖެހުނީ ޖަޕާނުގެ އެތުލީޓުން ދައްކާ ހުނަރު ފެނިފައި. އަދި އެތުލީޓުން މެޑަލް ހޯދާ މަންޒަރު ފެނުމަކީ އަހަރަން ވަރަށް ޖަޒުބާތީ ވެސް ކޮށްލާ ކަމެއް،" ތަކްޝިމާ ބުންޏެވެ. "އެހެންވީމަ އަމިއްލަ ގައުމަަށް ސަޕޯޓްކުރަން ދިއުމަކީ އަބަދު ވެސް ޝަރަފެއް."

ނަމަވެސް އަމިއްލަ ގައުމުގައި މި ފަހަރު ބާއްވާ މުބާރާތް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ގެއްލުނަސް ތަކްޝިމާ ހުރީ ޓީވީން މުބާރާތް ބަލަން ނިންމައިގެންނެވެ.

"އުންމީދުކުރަނީ ޖަޕާންގެ ޓީމަށް ބޮޑު ތަރުހީބެއް ރައްޔިތުން ދޭނެ ކަމަށް،" އޭނާ ބުންޏެވެ. "އަދި އުންމީދުކުރަނީ އަންނަ އަހަރު ބެއިޖިން ނުވަތަ އޭގެ ފަހުން ފްރާންސްގައި ބާއްވާ މުބާރާތް ބަލަން ގޮސްގެން އަހަންނަށް ރެކޯޑް ހެދޭނެ ކަމަށް."

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާސްނުވޭ

19 July 2021

މިހާރުވެސް ތިއޮތީ އޮލިންޕިކް އެންމެ ގިނަ އިވެންޓައް ޓިކެޓުގަތްމީހާގެ ރެކޯޑު ލިބިފަހެން މަށައްހީވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454