ސެމްސަންގްގެ "ގެލެކްސީ އަންޕެކްޑް" އިވެންޓް އޮންނާނީ އަންނަ މަހުގެ 11 ގައި.
22 ޖުލައި 2021 - 07:22
ދެކުނު ކޮރެއާގެ ސެމްސަންގުން ބާއްވާ މި އަހަރުގެ ތިން ވަނަ "ގެލެކްސީ އަންޕެކްޑް" އިވެންޓް އަންނަ މަހުގެ 11 އަށް ތާވަލުކޮށް، އޭގެ ދައުވަތު އާންމުކޮށްފި އެވެ.
މި އަހަރުގެ ކުރީގެ ދެ އިވެންޓާ އެއްގޮތަށް އަންނަ މަހުގެ އިވެންޓް ވެސް ވާޗުއަލްކޮށް ބާއްވަން ނިންމައި.، ކުންފުނީގެ ވެބްސައިޓުން އިވެންޓް ލައިވް ސްޓްރީމްކުރާނެ އެވެ.
މި ފަހަރުގެ އިވެންޓްގައި ދައްކައިލާނެ ޑިވައިސްތަކުގެ ތެރޭގައި ފަތްޖެހޭ ފޯނުގެ ގެލެކްސީ ޒީ ފޯލްޑް 3 އާއި ގެލެކްސީ ޒީ ފްލިޕް 3 ހިމެނެ އެވެ. މީގެ އިތުރުން ގެލެކްސީ އާ ވޮޗް ވެސް އަންނަ މަހު ދައްކައިލާނެ ކަމަށް ބެލެވެ އެވެ.
Get ready to unfold your world with the next Galaxy on Aug. 11, 2021 #GalaxyUnpackedhttps://t.co/PAqv792h7L
— Samsung US Newsroom (@SamsungNewsUS) July 21, 2021
ސެމްސަންގުން ބުނި ގޮތުގައި މި ފަހަރު ނެރެން ނިންމާފައިވާ ޑިވައިސްތައް ގަންނަން ބޭނުންވާ ކަސްޓަމަރުންގެ ތެރެއިން އެންމެ ކުރިން އޯޑަރުކުރާ މީހުންނަށް ހާއްސަ އަގުތަކެއް އުދެއްދުންތައް ލިބޭނެ އެވެ. އެހެންވެ ވެބްސައިޓް މެދުވެރިކޮށް މިހާރު ދުރާލައި ރަޖިސްޓްރީ ވެސް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy