ކުޅިވަރު

އޮލިމްޕިކްސްގައި ދިދަ އުފުލާނީ ނަބާހާ އާއި މުބާލް އެކުގައި

އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ކ) ނަބާހާ އާއި މުބާލް އަށް ގައުމީ ދިދަ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: އެމްއޯސީ

ޓޯކިޔޯގައި ރަސްމީކޮށް މިއަދު ފަށާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އާއި ފެތުންތެރިޔާ މުބާލް އައްޒާމް އެކުގައިކަން އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ޓޯކިޔޯގައި ތިބި ދިވެހި ކޮންޓިންޖެންޓުންގެ ފަރާތުން ގައުމީ ދިދަ ވަނީ، ނަބާހާ އާއި މުބާލް އަށް ހަވާލުކޮށްފަ އެެވެ. އޮލިމްޕިކްގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރެ އެވެ.

މިފަހަރުގެ އޮލިމްޕިކްސް އަށް ނަބާހާ އަށް ޖާގަ ލިބުނީ، ބައިނަލްއަގްވާމީ ގޭމްސްތަކާއި މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކުރިއެރުމަށް ބިނާކޮށެވެ. އަދި އޭނާ ގެންދިޔައީ އޮލިމްޕިކްސް ސްކޮލާޝިޕެއްގެ ދަށުން ޓްރޭނިން ހަދަމުންނެވެ.

މުބާލް އާއި ނަބާހާ އަށް ދިދަ ހަވާލު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި --- ފޮޓޯ: އެމްއޯސީ

ސްވިމިން އިން އޮލިމްޕިކްސް ގޭމްސް އަށް ފޮނުވަން ހޮވި އެތުލީޓުންގެ ތެރޭގައި މުބާލް އެންމެ ފުރަތަމަ ނުހިމެނެ އެވެ. އޮލިމްޕިކްސް އަށް ދާނެ އެތުލީޓުން ސްވިމިން އިން ފުރަތަމަ ހޮވީ ދުނިޔޭގެ ސްވިމިން ފެޑްރޭޝަން (ފީނާ) އިން ކަންޑައެޅި ހަތަރު ފެތުންތެރިންގެ މެދުގައި ބޭއްވި ޓްރެއަލްއަކުންނެވެ. ޓްރެއަލްގައި ކުރި ހޯދީ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ. ނަމަވެސް ފީނާ އިން ފަހުން ވަނީ، މުބާލް އާއި އައިޝަތު ސާޖިނާ ގޭމްސް އަށް ފޮނުވަން އަންގައިފަ އެވެ.

ގޭމްސްގައި ރާއްޖެ އިން ވާދަކުރާނީ ފަސް އެތުލީޓުންނެވެ. އެތުލެޓިކުސް އިން ވާދަކުރާ ހަސަން ސާއިދު ވަނީ ޖަޕާނަށް މިއަދު ފުރައިފަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިފާނެ

24 July 2021

އިންޑިޔާ މީހަކު ލައްވާ ދިދަ ހިފުވުން ރަގަޅު ވާނެ.

The name is already taken The name is available. Register?

ސަމީއުއްކާ

23 July 2021

ސާބަހޭ. ވަރަށް ކަމުދޭ. ސިކުނޑިހުޅުވިފަތިބި ކުދިންކޮޅެށް. އަރަބިކޮށް ޕާކިސްތާނު ހެދުންއަޅައިގެން ނުވިސްނޭމީހަކަށް ނުވައްޗޭ. ދިވެހިންދިވެހީންގެ ގޮތުގައި ކުރިއަށް! ??

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454