ރަފޭލް ވަރާން
27 ޖުލައި 2021 - 10:56
މެޑްރިިޑް (ޖުލައި 27) - ޑިފެންޑަރު ރަފޭލް ވަރާން މެންޗެސްޓާ ޔުނައިޓެޑަށް ވިއްކައިލުމަށް އޭނާގެ މިހާރުގެ ކްލަބް ރެއާލް މެޑުރިޑުން އެއްބަސް ވެއްޖެ އެވެ.
ވަރާން 59 މިލިއަން ޑޮލަރަށް ވިއްކައިލުމަށް ރެއާލުން އެއްބަސްވިއިރު، އޭނާއާ އެކު ހަދައިފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. ވަރާން، 28، ގެ މުސާރަ ބޮޑުކޮށް އާ އެއްބަސްވުމެއްގައި ސޮއިކުރަން ރެއާލުން ހުށަހެޅި ނަމަވެސް އެ ކްލަބް ދޫކޮށްލަން އޭނާ ބޭނުންވީ އާ ގޮންޖެހުމަކާ ކުރިމަތިލުމަށް ކަމަށް އެ ކްލަބަށް އަންގާފައިވާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެ އެވެ.
ޔުނައިޓެޑާ އެކު ވަރާން ސޮއިކުރާނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަދި ޔުނައިޓެޑު ބޭނުން ނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ އިހުތިޔާރު ވެސް އެ ކްލަބަށް ލިބޭނެ އެވެ. ރެއާލާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދި ވަރާން ވަނީ ފްރާންސްގެ ގައުމީ ޓީމާ އެކު އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ވަރާން ވާނީ، މި ފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑަށް ސޮއިކުރާ ތިން ވަނަ ކުޅުންތެރިޔާ އަށެވެ. އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯ ވަނީ މިދިޔަ ހަފުތާގައި ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ސަންޗޯގެ ޓްރާންސްފާ ފީ އެއްގެ ގޮތުގައި ޔުނައިޓެޑުން ވަނީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު، އޭނާގެ ކުރީގެ ކްލަބު ބްރޫޝިއާ ޑޯޓްމަންޑަށް ދޭން އެއްބަސް ވެފަ އެވެ. ޔުނައިޓެޑަށް ކުރިން ކުޅުނު ކީޕަރު ޓޮމް ހީޓަން ބާންލީ ދޫކޮށްލުމުން ޔުނައިޓެޑުން ވަނީ އަލުން އޭނާ ލައްވައި ސޮއި ކުރުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީޑީ ލަކުޑިވާޑު
27 July 2021
ސަންޗޯގެ ޓްރާންސްފާ ފީ އެއްގެ ގޮތުގައި ޔުނައިޓެޑުން ބްރޫޝިއާ ޑޯޓްމަންޑަށް ދަށްކާފައިވަނީ 74މިލިއަން ޕައުންޑް. ދެން ގާތްގަނޑަކަށް ކޮން 100 މިލިއަނެކޭތަ ތިކިޔަނީ؟
ބާލައާދަނު
27 July 2021
ކޮޔާ 74 މިލިއަން ޕައުންޑަކީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ކަމަށް ވަނީ. އެއީ އެކިޔާ އެއްޗަކީ.