ފްލައިން ސްކޫލުގެ ސިމިއުލޭޓާ ޓްރެއިނިންގް ކްލާހެއް ---- ފޮޓޯ: އެވިޑް ކޮލެޖު
27 ޖުލައި 2021 - 20:09
އައްޑޫގައި ހިންގާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)ގެ ކިޔެވުން އަލުން ފަށައިފި އެވެ.
ދިގު މުއްދަތަކަށް ފަހު ފްލައިން ސްކޫލުގެ ކިޔެވުން މި މަހު ފަށާފައި މިވަނީ، ސްކޫލުގެ ހުރިހާ ކަމެއް އެވިޑް ކޮލެޖުގެ ދަށަށް މިދިޔަ މަހު ބަދަލު ކުރުމަށް ފަހު އެވެ.
އެވިޑުން ބުނީ، އެ ސްކޫލުގައި މިހާރު ކިޔަވަމުން ގެންދާ ދަރިވަރުންނަށް ހިންގާ ސިމިއުލޭޓަ ޓްރެއިނިންތައް މިއަދު އަލުން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މީގެ ހަފްތާއެއް ކުރިން ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަ ކުރަންޖެހޭ ދަރިވަރުންގެ ކްލާސްތައް ފަށާފައިވާ ކަމަށާއި، އިމްތިހާނު ހަދަން ޖެހޭ ކުދިން އެކަމަށް ތައްޔާރު ކުރުމަށް ރިފްރެޝާ ކްލާސްތައް ވެސް ފަށާފައިވާ ކަމަށް އެވިޑުން ބުންޏެވެ.
މި ކްލާސްތަކުގެ ތެރެއިން ރިފްރެޝާ ކްލާސްތައް ކުރިއަށް ގެންދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ. އަދި އެ ކްލާސްތައް ނިމުމުން އިމްތިހާނު ޝެޑިއުލް ތައްޔާރު ކުރުމަށް ފަހު، ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެވިޑުން ބުނެ އެވެ.
ކްލާސްތައް ފެށުމުގެ އިތުރުން އެ ސްކޫލަށް އަލަށް ގެނައުމަށް ހަމަޖައްސާފައިވާ ފްލައިޓުގެ ޕޭމަންޓުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށް އެވިޑުން ބުނެ އެވެ.
ސްކޫލުގެ ކަންކަން މިހާރު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު މި ވަގުތު ހުންނެވީ އައްޑޫގަ އެވެ.
އައްޑޫ ފްލައިން ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ ނިޔަލަށެވެ. "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި މުސްތާގް ވިދާޅުވީ ސްކޫލް ހިންގާނެ އެހެން ތަނެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ ހުސެން
28 July 2021
ތަނުގެ ކްރެޑިބިލިޓި އެއް ނެތް. ދެން ކިހިނެއް ވާނީ! ކޯސް ހަދަނީ ޕްރޮފެޝަނަލް ވަޒީފާ ތަކަށް ކުރިމަތިލާން، އެކަނި މީހުންނަށް ދައްކަން ސެޓްފިކެޓް ހޯދަކަށް ނޫން.
ސިލޯނު މިނިހާ.
28 July 2021
ގަމުން ތިތަން ބޭރުކޮށްފިނަމަ ހީއެއްނުވޭ ރާއްޖޭގެ އެހެންތަނެއްގައި ފްލައިންސުކޫލެއް ހިންގިދާނެހެނެއް. މޯލްޑިވިއަން ފްލައިންގސުކޫލް ނުހިންގާތިބީވެސް ގަން ނޫންތަނެއްގައި ތިކަންނުކުރެވޭނެތީ އައްޑޫ ގަމުގައި އެފަދަ އިންވެސްޓެއް ނުކުރާން ވެގެން. އަދި ސިލޯނު މީހުން އެވަރަކުން ތިތަނުގައި ތިބެން ބޭނުންވަނީވެސް ބިދޭސީ ސްޓޫޑަންޓުން ހޯދަން ފަސޭހަވަނީ ގަމުގައި ސްކޫލް ހުރެގެން ކަމަށްވާތީ. މުލަކަށް ފްލައިން ހަމަޖެއްސިޔަސް ސްކޫލް ކެމްޕަސް ގަމުގައި ބަހައްޓާލަދީ.
ޙަބީބު
28 July 2021
ޝުކުރުނުކުރާބައެއް ތިނޫނީ ނެތް މުޅިރާއްޖެޔައް ބެލިޔަސް
އަހައްމަދު / އައްޑޫ
28 July 2021
ތިއީ ވަރަށް ރަނގަޅު ވާހަކައެއް. އަހަރުމެންނަކީ ކަލޭމެން ހެދި ކޮންމެ ގޮތެއް ޤަބޫލުކޮށްގެން މަޑުން ތިބޭނެ ބައެއްނޫން. ދައުލަތުގެ މުޅި ޙަޒާނާއަށް ކަލޭމެން ވެރިވެގެން ތިބިތިބުމަށް ނިމުން ގެންނާން އަހަރުމެން މިކުރާ މަސައްކަތް ހުއްޓާލާނީ އެކަން ބަދަލުކޮށްފަ. ކަލޭމެންގެ ލަދުޙަޔާތެއް ނެތީމަދޯ ރާއްޖޭގެ ރައްޔިތުން ގުއިވަޅުން ފެންބޯން ނަޖިސްފެނުން ފެންވަރާން މަޖުބޫރު ކުރީ ؟
ހުސެންފުތާ
28 July 2021
ތިހާ ގަޑުބަޑުތާކު ތިކަން ކުރުމައްވުރެ ރަނގަޅުވާނެ ނ މާފަރުގަ ދަރިވަރުންނައް ކިޔަވަން ފުރުސަތު ހުޅުވާލުން އައްޑޫތިޔައީ ތާކުން ތާކުޖެހޭ ބަޔަކު އުޅޭތަނެއްނޫން އިނގިރޭސިން ދުވަސްކޮޅަކު ދަނޑިމާރު އަޅައިގެން ތިބިކަމުން ކިރިޔާވެސް ފައިވާނައް އަރަންދަސްވީވެސް އެހެންނަމަ ސޯމާލިޔާހަމަތީ
ހުސޭނު / މީދޫ.
28 July 2021
ހުސެންފުތާ ތިޔަ ބުނިހެން ގަޑުބަޑު ނޫން އަދި އަމުދުން ރަށުން މީހަކުވެސް ފެންނާންނެތް ނ. މާފަރުގައި ތިކަން ފެއްޓިދާނެ. އެކަމަކު ދިވެހި މަދު ކުއްޖަކު ތިތަނަށް ދިޔަ ކަމުގައި ވިޔަސް ނ.އަތޮޅު މާފަރުގައި 2 އަހަރު ދުވަސްވަންދެން ކިޔަވާން ތިބޭނެ ބިދޭސީ ކުދިންނެއް ނާންނާނެ.
ނުވާނެ.
28 July 2021
ގަމުގައި އެކަން ކުރާން ފެއްޓީ އަދި އެތަން ދޫކޮށް ނުދާން ވެގެން އެއުޅެނީ ސަބަބެއް އޮވެގެން. އެހެން ނޫން ނަމަ ތިޔަ ބުނާ ރަށްރަށުގައި ހިލޭވެސް ތިބެވޭނެކަން އެމީހުނަށް އިގޭ. ގަމުގައި ނުތިބެވޭނަމަ ދެން އެމީހުން ތިބޭނީ ފުވައްމުލަކުގައި.
ހިތަދޫ ހުސެން
28 July 2021
ދެން އެހެނޭ ކިޔައިފާ އެތަން ހުސްނުކުރާނެ! ވަރަށް މަޖާކޮށް ގާނޫން ހަދާ ތަންފީޒް ކުރާ ގައުމެއް މީ! މި މީހުން ހީކުރަނީ ދެން ތިބެނީ ހުސް މޮޔަމީހުން ކަމަށް!
ކާންޓޭ
27 July 2021
ނަމަނަމަ އޮންލައިންކޮށް ބޯޓުދުއްވަންނަހަދާތި.
މުލައްޑޫ.
27 July 2021
އައްޑޫ ގަން މިރީޖަންގެ ބޮޑު ހަބަކަށް ހަދާނަމަ ތިޔަ ސްކޫލުން ބޭނުންކުރާނެ އެއަރޕޯޓަކީ މުލައް އެއަރޕޯޓް ކަމުގައި ހަދާންވީ ނޫންތޯ ؟ މުލައް އެއަރޕޯތަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އެންމެ ކައިރީގައި އޮތް ހަމަހިމޭން އެއަރޕޯޓެއް. މިތަން ބޭނުން ކުރާނަމަ ފްލައިން ސުކޫލަށް އަންނަ ބޭރުގެ ސްޓޫޑެންޓުންނަށްވެސް ރަނގަޅުވާނެ.
އޮނަރަބްލް އަފީފު ދީދީ
27 July 2021
ރާއްޖެއަށް އިތުރު އެއިރޯނޮޓިކްސް ސުކޫލެއް ބޭނުންވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައި. # އެހެންކަމުން ގޭން އެއަރޕޯޓްގެ ބަދަލުގައި ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތެރެއިން މިފަދަކަމަކަށް އެންމެރަނގަޅު މުލައް އެއަރޕޯޓް ސްޓޫޑަންޓުން ޓެސްޓް ފްލައިޓް އުދުއްސަން ބޭނުންކުރާން ހަމަޖެއްސުން ރަނގަޅު. # އަދި ސްޓޫޑަންޓް އެކޮމަޑޭޝަން އާއި ޓްރެއިނިންގ ކެމްޕަސް އައްޑޫގައި ބެހެއްޓިދާނެ. ބޭނުމަކީ ކުދިންނަށް ވަޒީފާއެއްގައި އުޅެންވެސް ފުރުަަތުދިނުން.
އޮނަރަބްލް އަފީފު ދީދީ
27 July 2021
ތިޔަ ސްކޫލް އަލުން ހިންގާން ހުއްދަދިން ކަމުގައިވިޔަސް އޭޝިއަން އެކަޑަމީ އޮފް އެއޮރޯނޮޓިކްސް އާއި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް އާއިއެކު ކުރިން ހަދާފައިވާ އެއްބަސްވުން އެކްސްޓަންޑްކޮށް އެއެއްބަސްވުން އެވިޑް ސްކޫލް އޮފް އެވިއޭޝަންގެ ދަށަށް ބަދަލުކޮށްދީގެން ނުވާނެ. # އަސާ އިން ތިޔަ ސްކޫލް އައްޑޫ ސަރަޙައްދުގައި ހިންގާން އެދޭނަމަ އައްޑޫ ފޭދޫ ނުވަތަ މީދޫ އަވަށުން ކެމްޕަސް ހަދާނެ އިމާރާތެއް ދިނުން ރަނގަޅު. އަދި މުލަކު އެއަރޕޯޓް ބޭނުންކުރުން ރަނގަޅު.