ރައީސް އޮފީސް. ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި---
02 އޯގަސްޓް 2021 - 14:52
ޗީފް ސްޓެޓިސްޓިޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންގެ ފޯމުތައް މި މަހުގެ 10-11 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެ ކަމަށް އެ އެ އޮފީހުން ބުންޏެވެ.
ޗީފް ސްޓެޓިސްޓިޝަނުގެ މަގާމަށް މީހަކު ހޯދަން ފުރުސަތު މި ހުޅުވައިލީ، ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ނިޒާމެއް ގާއިމުކޮށް، ތަފާސްހިސާބުތައް އެއްކުރުމާ ގުޅޭ ގޮތުން މިދިޔަ މަހުގެ 20 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ތަފާސްހިސާބާ ބެހޭ ގާނޫނުގެ ދަށުންނެވެ.
މި ގާނޫނުގައިވާ ގޮތުން، ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ތަފާސްހިސާބުތައް އެއްކޮށް އިތުބާރު ހުރި ގޮތަކަށް ފޯރުކޮށްދިނުން ފަދަ ކަންތައްތަކަކީ ޗީފް ސްޓެޓިސްޓިޝަންގެ މައްޗަށް ލާޒިމު ކަމެކެވެ.
ގާނޫނުގައިވާ ގޮތުން 30 ދުވަހުގެ ތެރޭގައި ޗީފް ސްޓެޓިސްޓިޝަނަކު އައްޔަނު ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފާތު ހިސާބު
03 August 2021
މިހާރު ވެސް އެ އޮފީހުގެ ވެރިޔަކަށް ހުރި ބޭފުޅާ ތިމަގާމަށް ވަރަށް އެކަށީގެންވޭ ތިމަގާމަށް ބޭނުންވަނީ ކަމުގެ ތައުލީމާ ތަޖުރިބާ ލިބިފައި ހުރި އިހްލާސްތެރި ފަރާތެއް
ޙިނި
02 August 2021
ކޮބާ ރައީސް އޮފީހައް ލާފަހުރި ޖާސޫސްކުރާމީހާ، އެމީހާ ބަދަލުކުރާކައް ނުވޭތަ
ހަސަނު1
02 August 2021
އަދުރޭ ލާން މަ ހުށަހަޅަން.. މި ރާއްޖޭގައި ނުހުންނާނެ އޭނަވަރުގެ މޮޅުމީހެއް ނަމްބަރު ޖަހާކަށް.
ހުސޭނު ހަސަން
03 August 2021
މާތް ކަލާކޯ! ހީހީ ބަނޑައް ތަދުވެއްޖެ!
ޖުލައި2021
02 August 2021
ފުޢާދުބޭ ރަނގަޅުވާނެ ތިމަގާމަށް