ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ނާޒިމާއި ރިޔާޒް ކުރަނީ ވަރަށް ހަޑިހުތުރު ކަމެއް: ގާސިމް

ނާޒިމާއި ގާސިމް އަދި ރިޔާޒް: ނާޒިމާއި ރިޔާޒްގެ އަމަލާ މެދު ގާސިމް ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިިނުގެންފައި.

ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ވަރަށް ހަޑިހުތުރު ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒާއި ނޮވެމްބަރު 2018 ގައި އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނާޒިމް ވަނީ މިދިޔަ ޖުލައި މަހު ޖޭޕީން ވަކިވެވަޑައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން، އެ ދެ ބޭފުޅުންގެ އެ މަސައްކަތްތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، ނާޒިމާއި ރިޔާޒް ސިޔާސީ ދާއިރާގައި މިހާރު އެ ތިއްބެވި ހިސާބަށް ވަޑައިގެންނެވުނީ ގާސިމްގެ ވަރަށް ބުރަ މަސައްކަތްތަކަކާ އެކު ކަމަށެވެ. ނަމަވެސް އެކަން އެެ ދެބޭފުޅުން ބަލައިނުގަތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"އެއީ [ނާޒިމާއި ރިޔާޒް ކުރައްވާ] ވަރަށް ހަޑި ހުތުރު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ޖޭޕީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން އެ ބޭފުޅުން ގެނައީ. އެކަމަކު އެހެރީ ކަންތައް ކުރި ގޮތް. ނާޒިމް ޖަލަށްލީމާ އޭނާ ސަލާމަތް ކުރުމަށް އަޅުގަނޑު ކުރި މަސައްކަތް މުޅި ގައުމަށް ފެންނާނެ. ނާޒިމްގެ ދިފާއުގައި އަޅުގަނޑު ކިހާ ވާހަކައެއްތޯ ޕޯޑިއަމާއި އެކި ތަންތަނުގައި ދެއްކީ. ކިހާ މަސައްކަތެއްތޯ ކުރީ،" މާމިގިލީ ދާއިރާގެ ގޮނޑި އަށް ނާޒިމް ހޮވައި ދިނުމަށް ވެސް މަސައްކަތް ކޮށްދެއްވި ގާސިމް ވިދާޅުވި އެވެ.

އެހާ ހެޔޮ އެދިގެން އުޅޭ ބައެއް ނަމަ އަޅުގަނޑުގެ ގައިގައި ޖަހައިފައެއް ނުދާނެ. ދިވެހި ބަހުގައި އެ އަށް ކިޔަނީ އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ--- ގާސިމް

ނާޒިމާއި ރިޔާޒާ މެދު ވަރަށް ހިތްހަމަޖެހިވަޑައިނުގެން ގާސިމް ވިދާޅުވީ، އޭނާއާ މެދު ރަނގަޅަށް ކަންތައް ކޮށް ނުދިން ބަޔަކު އެހެން ބަޔަކަށް އިހުލާސްތެރިވެ، ރަނގަޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"އެ ކަހަލަ ބަޔަކު އެހެން މީހުންނަށް މާ ރަނގަޅަށް ކަންތައް ކޮށްދީފާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެހާ ހެޔޮ އެދިގެން އުޅޭ ބައެއް ނަމަ އަޅުގަނޑުގެ ގައިގައި ޖަހައިފައެއް ނުދާނެ. ދިވެހި ބަހުގައި އެ އަށް ކިޔަނީ އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ފުންމާލާނެއޭ،" ގާސިމް ވިދާޅުވި އެވެ.

ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އޭނާގެ ފޯމު ގާސިމާ ނޮވެމްބަރު 2018 ގައި ހަވާލުކުރައްވަނީ.-- ފައިލް ފޮޓޯ؛ މިހާރު

ނާޒިމާއި ރިޔާޒަކީ އެއް ދުވަސްވަރެއްގައި ޖުމްހޫރީ ޕާޓީގައި ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ލިސްޓުގައި ހިމެނުއްވި ބައެއް ނަމަވެސް ޖޭޕީގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަަޑައިނުގެން، ޕާޓީން ވަކިވެވަޑައިގަތުމާ ހަމައަށް ތިއްބެވީ ދުރުގަ އެވެ. އެހެންވެ، ރަމްޒީ ގޮތުން ގާސިމް ހަވާލުކުރެއްވި ބައެއް މަސްއޫލިއްޔަތުތަކުން ވެސް ދެ ބޭފުޅުން އެކަހެރިވެވަޑައިގަތެވެ.

ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ސަރުކާރުން ޖޭޕީ އަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވީ ނާޒިމާއި ރިޔާޒް އިސްވެ ތިއްބެވި ކޮމިޓީއަކުން ކަމަށާއި އެފަދަ ބާރުތައް ވެސް ދެއްވި ކަމަށެވެ.

"އެކަމަކު، އެ ބޭފުޅުން ބޭނުންވީ ވެރިކަމާއި ބާރު،" އޭނާ ވިދާޅުވި އެވެ.

ނާޒިމް އިސްވެ އުފައްދަން މަސައްކަތްކުރާ އެމްއެންޕީގެ ފަރާތުން 2023 ގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ.

35 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 5%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިރޯ

04 August 2021

ބަޢާވާތް ކުރި ދުވަހުވެސް އެންމެން ކުރީ ހަޑި ކަންތާ!

The name is already taken The name is available. Register?

ސައިޚް

04 August 2021

ތިއަ 2 މީހުނަށް ހަޑި ހުތުރު ކަންކަން ކުރަން 2012 ގަ ދަސްކޮއްދިނީ ގާސިމް، ދެން އަނގަނުގޮއްވާހުރޭ، ހަޑިކަމެއްކޮއްފިއްޔާ އޭގެ ނުބައިވަސް ފުރަތަމަ ދޮވާނީ އެމީހަކަށް، ތިއޮތީ ވެފަ،

The name is already taken The name is available. Register?

މުޙައްމަދު އަމީން

04 August 2021

ގާސިމް ނޫން މީހަކު ނެތް އެއް ގޮތެއްގައި ގައުމުގެ ޚިދުމަތުގައި އަދި ވިޔަފާރީގައި ވެސް ދެމިހުރި. އެކަމަކު އަނބިދަރީނަނަށް މަގާމުތައްދީ އަބަދު އެމީހުންގެ ނަޖިސް ފޮހެން އަވަދިނެތި އުޅެން ޖެހުމުން މިހާރުދެން ގާސިމަށް އޮތް އިތުބާރެއް ވެސް ނެތް. ދެން ނާޒިމުމެން ކަހަލަ މީހުން ވެސް އަބަދަކު ސައިލެންޓް ކޮށެއް ނުތިބޭނެތާ!

The name is already taken The name is available. Register?

ދޮން ސަންޕާ

04 August 2021

ޤާސިު އެހައްދަވަނީ ތެދު. ،ނާޒިމް އާއި ރިޔާޒު މިހާރު ކިތައްފުޅައްމަތިން އެފުމެނީ،،،،، މީހުން ޖަހާހާ ބެރަކަށް ނަށަނީ. އެއީ ވެސް އެބޭފުޅުންގެ އަމިއްލަ ނުންމުމުންތަކެއް ކަމަށް ނުބެލެވޭ...ސަހަރޯ ހީވޭ.

The name is already taken The name is available. Register?

އިޙްސާސް

04 August 2021

ކަލޭ ޖަހާހާ ބެރަކަށް އެމީހުން ނުނެށީމަ ގޯސްވީދޯ. ބަލަ ކޮންމެ ދިވެހިރައްޔިތަކަށްވެސް އޮތް ހައްގެއް އެއީ އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދުން. ގާސިމެއްނު ނާޒިމާ ރިޔާޒު އެއްލާލާފަ މިއުޅޭ ޕޕމ އަލީ އާރިފު، ނިހާނުމެން ގާތް ކުރީ.

The name is already taken The name is available. Register?

ސަސް

03 August 2021

ގާސިމް ކަލޭ ހަދާން ވޭތަ 7 ފެބްރުއަރީ 2012، ކިހިނެއް ވި ކަމެއް ކަން ގިނަ މީހުންނަށް ނޭގުނަސް އިގޭ މީހުން ތިބޭނެ ކަމަށް ބަލާ.

The name is already taken The name is available. Register?

1234

03 August 2021

ކާނަލް ނާޒިމަކީ އިންޑިޔާ ޕަޕެޓެއް.. ދިވެހިން ދެނެއް ފުރުސަތެއް ނުދޭ ނެ އިންޑިޔާ ޕަޕެޓުންނަކަށް.

The name is already taken The name is available. Register?

ޝިރާނީ

03 August 2021

ސިޔާސީ ކަންކަމުގަ ޖޭޕީން ކަންކުރިގޮތުން ރައްޔިތުން މިތިބެނީ ހިންހަމަ ނުޖެހިފަ.

The name is already taken The name is available. Register?

ރޯޒަސް

03 August 2021

ބައްލަވާ ޤާސިމޫ!!! ތި ޕާޓީގައި ހުރެގެން ވެރިކަމާ އުޅުނީމައި ތިބޭޅާ އަށް އަދި މާ ހުތުރެއް ނޫންތޯ؟ ޤާސިމް އޭނައަށް އެހީވުމުގެ މާނައަކީ ދެން ދުވަހަކުވެސް ވެރިމަކާ ނޫޅެވޭނެއޭތޯ؟

The name is already taken The name is available. Register?

މަހިންދަ

03 August 2021

އާނއެކޭ އާނއެކޭ ގާސިމް އިބްރާހީމް އުޅުއްވާހެން ބަނިޔާދަންކަން މަތީ އުޅެވޭތޯ ބަލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454