މި މައްސަލައިގައި ރިލްވާންގެ އާއިލާއަށް ވެސް ޔާމީން ފުރިހަމަ އަށް ޖަވާބުދާރީވުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ބޭނުންތެރި ކަމަކަށް ވާތީ އެ ފުރުސަތު އެރުވީ ކަމަށް ކޮމިޝަނުން ބުނޭ.
ޔާމީން، ރިޔާސީ ކޮމިޝަނަށް މިއަދު މެންދުރު ހާޒިރުވެވަޑައިގަތުމަށް ފަހު، ކޮމިޝަނުން ނުކުމެވަޑައިގެން ވަކީލު ޑރ. ޖަމީލްއާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
03 އޯގަސްޓް 2021 - 17:56
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެ މަނިކުފާނު އިހުތިޔާރު ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި ދައުލަތުގެ އެހާ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު އެގޮތަށް ނިންމެވުމުން ކަންބޮޑުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް މިއަދު މެންދުރު 2:00 ގައި ޔާމީން ހާޒިރު ކޮށްފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން "މިހާރު" ސުވާލު ކުރުމުން އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ކޮމިޝަނަށް "އެއްބާރުލުން ނުދެއްވައި ހަނު ހުންނަވާފައި ވާތީ ކޮމިޝަނުން ހިތާމަކުރަން" ކަމަށެވެ.
އޭނާ ވިދާޅުވީ، ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ޖުމުލަކޮށް ރައްޔިތުންނަށް ވެސް މި މައްސަލައިގައި ޔާމީން ފުރިހަމަ އަށް ޖަވާބުދާރީވުމަކީ ދައުލަތުގެ އެންމެ އިސް މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ބޭނުންތެރި ކަމެއް ކަމަށް ފެންނާތީ އެ ފުރުސަތު އެރުވީ ކަމަށެވެ.
ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމަށް ފަހު ނުކުމެވަޑައިގަތުމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުކޮށް، އެންމެ ފުރަތަމަ ކުރި ކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ވަކީލުންގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. ކޮމިޝަނުން ކަނޑައަޅާ ދެ ވަކީލަކާއެކު ނޫނީ ތަހުގީގަށް ނުވަދެވޭނެ ކަމަށް އެންގުމަށް ފަހު، އެ އަދަދު އެކަކަށް މަދުކުރި ކަމަށް ޖަމީލް ވިދާޅުވެ އެވެ.
ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި މައްސަލައިގައި އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދިޔައީ ޒާތީ ތައައްސުބުގެ ތެރެއިން ކަމަށެވެ.
ވަކީލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޔާމީން ހާޒިރުވާން އެންގީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް އެ މަނިކުފާނު ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގަ އެވެ.
ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ހުއްޓާ އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސްއެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެފަދަ އެއްވެސް ހުރަހެއް އެ މަނިކުފާނު ނާޅުއްވާ ކަމަށެވެ. އަދި އެ ވާހަކައިގެ ތެރެއިން ޔާމީން ވަނީ ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ވާހަކަ ސާފުކޮށްދެއްވައި ޔާމީންގެ ތަރުޖަމާނު ވަނީ ޔާމީން އެހެން ވިދާޅުވީ، ރިލްވާން މަރާލާފައިވާކަން އެނގިވަޑައިގެން ނޫން ކަމަށެވެ.
ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި "އެހާ ވަރަށް އުޅުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވެ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަަސީރަށް މެސެޖެއް ކުރެއްވި ކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަލް ޖަޒީރާއިން ތައްޔާރު ކުރި ސްޓީލިން ޕްރަޑައިސް ޑޮކިއުމެންޓަރީގައި ބުނެފައިވެ އެވެ. ނަމަވެސް، އުމަރު ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ރިލްވާންގެ މައްސަލައިގައި ތައްޔާރު ކުރި ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ރިލްވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
04 August 2021
ތިޔަ ކޮމިސަން ވަނީ ފެއިލްވެފަ ކަމައް ގިނަބަޔަކު ބުނޭ. ތެދެއްތަ.
1234
04 August 2021
އަދީބަކީ ވައްކަން ކުރިމީހާ އޭނަގާތު އައިގެންނޫނީ އެކަން ސާފުވާނެތަ؟
ހާމަ333
04 August 2021
ބަލަ ގައުމަށް ގައްދާރުވި އަދީބަށް މިނިވަންކަންދީ ޖަލުން ނެރެ އޭނަޔާ ސުވާލުނުކުރެވެނީ ކީއްވެ?
އިޙްސާސް
04 August 2021
އަދީބު އެއީ ކަލޭމެންގެ ހެކިވެރިޔާދޯ މިހާރު؟ އިނގިރޭސިވިލާތުގައި ފިލާތިބި ހާއިނުން ނެގެނެވިގެން އުޅޭ ބަޔަކު ދެން ކޮން ކޮން ސަކަރާތެއް ޖަހާކަށް.
އަބުދުލް ޤާދިރު
04 August 2021
ތި މިސްބާހު އައްބާސްއަކީ ޔާމީން ވެރިކަމުގައި ޒާތީގޮތުން ޔާމީނާ ޖައްސާލައި ސި.އެން.އެމް ގައި ތަފާތު ލިޔުންތައް ލިޔަމުންއައި ޔާމީނަށް ނަފުރަތުކުރާ މީހެއް. އޭނާ އިސްވެ ހުރެ ކުރާ ތަހުޤީގަކުން ކޮން އިންސާފެއް ލިބެނީ..
ބޮކޭ
03 August 2021
ތިހެދީ ހަމަ ރަގަޅަށް...ކުރީގެ ރައީސްކަން ކޮށްފަތިބި މީހުންގެ ތެރެއިން މިހާރުވެސް ގައުމުން ބޭރުގަ ހުރި ބޭފުޅާ ކަންތައް ކުރާ ގޮތުން ތިޔަ ކޮނިޝަނަށް ކަންބޮޑުވާން އެނގޭތަ...ޔާމީނު ގަދަ!
ޢަމީނާ1
03 August 2021
މައްސަލަ ނިންމަންވީނު މިހާރު ? ކިހިނެއްވީ ؟؟؟؟؟؟
ފޫހި
03 August 2021
ބަލަ އަދީބާ ސުވާލުނިކުރަނީ ކީއްވެ? އަދީބު ހަމަ އެއީ އެންމެން ނަށް ހެކިބަސް ދޭން ބާއްވާފަ އޮތް ބޭބީއެއްތަ?
އާޓިޝަލް އިންޓެލިޖަންސް
03 August 2021
އައިސީޓީ ނުވަތަ އައިޓީ ދާއިރާގެ އަލިފު ބާ އެނގޭ މީހަކަށްވެސް އެނގޭނެ ކޮންމެ ނަންބަރަކުން އަދި ކޮންމެ ޖީޕީއެސް ލޮކޭޝަންއަކުން ފޮނުވިއެއްޗެއް ކަމަށް ހަދާފައިވެސް ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމަކުން ވެސް ޓެކްސް މެސެޖެއް ކްރިއޭޓްކޮށް ފޮނުވިދާނެކަން އެނގޭނެއެވެ. އަނެއްކާ ކޮންމެ ސޯޝަލް މީޑިއާއެއްގެ ވެސް ފުރިހަމަ ކޮންޓްރޯލު އޮންނަނީ، ޔޫއެސް، ޔޫކޭ، އިޒުރޭލު އަދި އިންޑިޔާ އިންކުރެ ކޮންމެވެސް އެއް ގައުމެއްގައެވެ. މި ގައުމުތަކަށް ބާރު ނުފޯރުވެނީ ހަމަ އެކަނި ޗައިނާގެ ވީޗެޓް އެކަންޏެވެ. ވީމާ، ތިޔަ މައްސަލަ ނިންމާފައި ހަމަ ތިޔަ ކޮމިޝަނުން ރިޕޯޓްތައްޔާރުކޮށް ނިންމާފައި އޮވެމެ، ނުވިތާކަށް ތިޔަ ކޮމިޝަންގެ ކުރީގެ މެންބަރ މިހާރު ސްޕްރީމް ކޯޓްގެ ޖަޖު، ނޫސްވެރިޔަކު ތިޔަ މައްސަލައިގައި މިއަދު ތިޔަ ޙާޒިރުކުރި ބޭފުޅާ ބައިވެރިވިތޯ ސުވާލުކުރުމުން ވެސް ވިދާޅުވީ ނޫނެކޭއެވެ! ވީމާ، ތިޔަކޮމިޝަނުން "ޓެކްސްޓް" މެސެޖެއްގެ ވެސް އަދި ސްކްރީން ޝޮޓެއް ކްލޫއަކަށް ހަދާފައި، ތިޔަކުރަން އުޅެނީ ހާދަ ފެންވަރުދައްކަމެކެވެ.
މއުލޫމާތު ޕްލީޒް
03 August 2021
ބަލަ އޭރު އެހެން ބުންޏަސް ހިނގަމުންދާ ތަހްގީގެއްގައި ކޮންމެ ވަގުތަކުވެސް މީހަކު ސަސްޕެކްޓަކަށްވެދާނެ. ނުވަތަ ސަސްޕެކްޓެއްގެ ސްޓެޓަސްވެސް ބަދަލުވެދާނެ.
ހައްގުބަސް
03 August 2021
އަޅުގަނޑަ އެގުނު ގޮތުގާ ރައިސް ޔާމިން އިންކާރުކުރިކަމަ ވަނީ. ސަރުކާރުން ބުނަނީ ހަނުހުރިކަމަ އިންކާރު ކުރުމަކީ ހަނުހުރުމެއްނުން އިންކަރުކުރުން. ސަރުކާރުން އުޅެނީ ރައިސް ޔާމިން ފުރޭމްކުރަން ސިޔާސީ ފިތުނަ އުފައްދަނީ ސަރުކާރުން