ޚަބަރު / ވ. އަތޮޅު

ވ. އަތޮޅު ކައުންސިލުގެ އިލްތިމާސް ސަރުކާރަށް؛ އަންބަރާގައި ރިސޯޓު ހެދިޔަނުދީ!

ގުދުރަތީ ގޮތުން ހާއްސަ ރީތިކަމެއް ލިބިފައިވާ އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަނދުވަރު އޯޝަން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް 2013 ގައި 50 އަހަރަށް ދޫކޮށްފައިވާ ރަށެއް.

ވ. އަންބަރާ: އެ ރަށުގައި ރިޒޯޓެއް ހަދަން ހުއްދަ ނުދޭން ވ. އަތޮޅު ކައުންސިލުން ވަނީ އެދިފައި --

ވ. އަންބަރާއަކީ ރިޒޯޓެއް ތަރައްގީ ކުރުމަށް ވުރެ އަތޮޅުގެ ރައްޔިތުންނަށް މުހިންމު، ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށް ބުނެ އެ ރަށުގައި ރިޒޯޓު ނަހަދަން ވ. އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން އެގޮތަށް އެދުނުއިރު އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަނދުވަރު އޯޝަން ހޮލިޑޭސް ކިޔާ ކުންފުންޏަކަށް 2013 ގައި 50 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ. ބިޒްނަސް ރަޖިސްޓަރީގައިވާ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ޝެން ހުއާ އިންޖިނިއަރިން ކޮމްޕެނީ އާއި ސިލޯން ހޮޓެލް މޯލްޑިވްސް އެވެ. ޑިރެކްޓަރުންގެ ގޮތުގައި ތިބީ ސްރީ ލަަންކާގެ ދެ މީހަކާއި ޗައިނާގެ ދެ މީހެކެވެ.

އޯޝަން ހޮލިޑޭސް ކުންފުނިން ރިސޯޓު ތަރައްގީ ކުރުމަށް ހުށަހެޅި ކޮންސެޕްޓަށް ޖޫން 7 ގައި ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމާއެކު އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ތައްޔާރުކުރަން ވަނީ ހަވާލުކޮށްފަ އެވެ.

އަންބަރާގައި ރިސޯޓު ހެދުމާ ދެކޮޅު ހެދީ، އެ މަސައްކަތަށް އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދަން އީއައިއޭ ހަދާ ފަރާތުން އެދުމުން އެ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީ ރައީސް އޮފީހާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ވެސް ފޮނުވި އެވެ.

ވ. އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީގައި ބުނީ އަންބަރާއަކީ ރިސޯޓެއް ތަރައްގީ ކުރުން ނޫނީ ސިނާއީ މަސައްކަތެއް ކުރުމަށް ވުރެ މާ ނާޒުކު ރަށެއް ކަމަށެވެ. އަދި ބުނީ އަންބަރާގެ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމާ އެ އަތޮޅުގެ ރައްޔިތުން ދެކޮޅު ކަމަށެވެ. އެ ރަށުގެ މުހިންމުކަން އަތޮޅަށް ބޮޑު އިރު މިހާރު ވެސް ރަށުގެ ވެއްޓަށް ގެއްލުންދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

"ވ. އަންބަރާގައި އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް އަދި ތިމާވެށީގެ ގޮތުން ހުރި ހާއްސަ ސިފަތައް ގެއްލޭ ގޮތަށް އެ ރަށް ތަރައްގީ ކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ. އަތޮޅުގެ ރައްޔިތުން ތާއީދު ނުކުރާކަން މިނިސްޓްރީގެ ސަމާލުކަމަށް ފާހަގަކުރަމެވެ،" އަތޮޅު ކައުންސިލުގެ ސިޓީގައިވެ އެވެ.

ލޯކަލް ޓޫރިޒަމަށް މުހިންމު

ގުދުރަތީ ގޮތުން ހާއްސަ ރީތިކަމެއް ލިބިފައިވާ އަންބަރާއަކީ ރީތި ގޮނޑުދޮށަކާއި ތުނޑިއެއް ވެސް އޮންނަ ރަށެކެވެ. އަދި އެ ރަށުގައި ކުޑަ ކަނޑޫފަލެއް ވެސް އޮވެ އެވެ.

އެ ރަށް ބަޔަކަށް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައި އޮތަސް އެއީ ވ. އަތޮޅުގެ މީހުން އެންމެ ކުރިން ވެސް އަދި މިހާރު ވެސް ޕިކްނިކް ދާ ރަށެކެވެ. އަދި އެ އަތޮޅުގެ ގެސްޓް ހައުސްތަކުން ޓޫރިސްޓުން ގޮވައިގެން އެ ތަނަށް އެކްސްކާޝަންތަކަށް ވެސް ގެންދެ އެވެ. މިއީ އެ މީހުންނަށް ވަރަށް މަންފާވާ ކަމެކެވެ.

އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އަންބަރާގެ ގުދުރަތީ ރީތިކަން ބަަލަން ޓޫރިސްޓުން ޝައުގުވެރިވާތީ އެއީ އެ އަތޮޅުގެ ލޯކަލް ޓޫރިޒަމަށް މުހިންމު ރަށެކެވެ.

ވ. އަންބަރާ: އެ ރަށުގައި ރިޒޯޓު ތަރައްގީ ކުރާތީ އަތޮޅު ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ހައެއްކަ ވޯޓާ ވިލާ އަޅައި" ރިޒޯޓެއް ތަރައްގީކޮށް، އެތަނުގެ ވެއްޓަށް ބަދަލު ގެނައުމަށް ވުރެ އެތަން އޮތް ގޮތަށް ބަހައްޓައިގެން ލޯކަލް ޓޫރިޒަމުން އަތޮޅަށް ކުރާނެ ފައިދާ މާ ބޮޑެވެ.

މިކަމަށް ބާރުދެއްވައި ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން ވިދާޅުވީ، ސީދާ އަންބަރާއަށް ދާން ވެގެން ބައެއް ގެސްޓުން ތިނަދު އަށް ދާ ކަމަށެވެ.

"ވަރަށް ރީތި ގުދުރަތީ ރީތިކަމެއް އެ ރަށުގެ ފަރުގައި ވެސް ހުންނަނީ. އެހާ ރީތި ބީޗެއް އަޅުގަނޑު ވެސް ނުދެކެން. އަދި އެތެރޭގައި އޮންނާނީ ކަނޑޫ،" ޝިފާގު ވިދާޅުވި އެވެ.

"ރިސޯޓެއް ހެދުމުން ފައިދާއެއް ނުވޭ"

ވ. އަތޮޅުގައި ގިނަ ރަށްރަށް އޮތީ ރިސޯޓު ހެދުމަށް ދޫކޮށްފައި ނޫނީ ރިސޯޓު ހަދައިފަ އެވެ. ކައުންސިލުގެ ރައީސް ޝުޖާއު ވިދާޅުވީ، އާންމުންމަށް ބޭނުންކުރެވޭ ގޮތަށް އޮންނަނީ ވަރަށް ވެސް މަދު ރަށެއް ކަމަށެވެ. އެހެންކަމުން ރިސޯޓެއް ހެދުމުގެ ބަދަލުގައި އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލަން އޭނާ އެދިވަޑައިގަނެ އެވެ.

"ވ. އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކޮށްގެން ވ. އަތޮޅުގެ ރައްޔިތުންނަށް އިތުރަށް ވާނެ ފައިދާއެއް ނެތް،" ޝުޖާއު ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްތަކަށް ވާ ފައިދާ އަކީ ރަށަށް ވެސް ލިބޭ ފައިދާ އެކެވެ. އެގޮތުން ރަށުގެ ބަނދަރު ހަލާކުވުމުން މަރާމާތު ކުރުމާއި ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމާއި ކުނި މެނޭޖު ކުރުމަށް ސީއެސްއާރުގެ ދަށުން ގެސްޓް ހައުސްތަކުން އެހީދޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ރިސޯޓުތަކުން އަތޮޅަށް އެފަދަ އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ރިސޯޓެއް އަޅުގަނޑުމެން ބޭނުމެއް ނޫނޭ. އެ ރަށްތައް ބަހައްޓައިދޭށޭ، އަޅުގަނޑުމެންގެ ލޯކަލް ޓޫރިޒަމަށް. ގެސްޓުން ދަތުރުގޮސް ބޭނުން ކުރުމަށް. އަތޮޅަށް ފައިދާވާ ގޮތަށް،" ޝިފާގު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ސިޓީގައި އެދިފައި ވަނީ އަންބަރާއަކީ ރިސޯޓު ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ރަށެއް ނޫން ކަމަށް ސަރުކާރުން ނިންމައިދިނުމަށެވެ.

"ވީމާ، ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް، ވ. އަންބަރާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ނިންމެވުުމާމެދު އަލުން ވިސްނަވައި، ވ. އަންބަރާއަކީ ރިޒޯޓެއް ތަރައްގީ ކުރަން އެންމެ ރަނގަޅު ނޫން ރަށެއް ކަމަށް ނިންމަވައިދެއްވުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާ ކޮށްދިނުމަށް ވ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން އެދޭ ވާހަކަ ދެންނެވީމެވެ،" ޓޫރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީގައިވެ އެވެ.

ރަށަށް ގެއްލުން ދީފައިވާ ކަމުގެ ތުހުމަތު

އަންބަރާއަކީ ވ. އަތޮޅުގައި ކަނޑޫފާ އޮންނަަ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އަތޮޅު ކައުންސިލުގެ ސިޓީގައި ވެސް ވަނީ ރަށަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއްކަން ފާހަގަކޮށްފަ އެވެ.

ވ. އަތޮޅުގައި އިތުރު ރިޒޯޓެއް ތަރައްގީކޮށްގެން ވ. އަތޮޅުގެ ރައްޔިތުންނަށް އިތުރަށް ވާނެ ފައިދާއެއް ނެތް: ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ

ނަމަވެސް، އީއައިއޭ ތައްޔާރު ކުރުމުގެ ކުރިން އަންބަރާގެ ކަނޑޫފަލަށް ވެލި އަޅައި އެތަން ނައްތާލަން އެތަން ތަރައްގީ ކުރާ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލުން ފޮނުވި ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

"އެތަނުގެ ކަނޑޫފަލަށް ވެލި އަޅައި ހަދާފައިވާ ކަމަށް އެތަނަށް ދާ ކުދިން އެބަ ބުނޭ އަޅުގަނޑުމެން ކައިރީގައި،" ޝިފާގު ވިދާޅުވިި އެވެ.

ނަމަވެސް، މިކަމާ ގުޅިގެން ރަށް ހަވާލުކޮށްފައިވާ ކުންފުނީގެ ބަހެއް ނުލިބެ އެވެ.

ސެޓެލައިޓް އިމޭޖުތަކުން ފެންނަ ގޮތުގައި އަންބަރާގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް އިމާރާތްތައް އެބަ ހުއްޓެވެ. އެނގިފައިވާ ގޮތުގައި އެއީ ވަރަށް ކުރިން އަޅާފައިވާ ވީރާނާވަމުންދާ އިމާރާތްތަކެކެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވ. ބޮޑުމޮހޮރާ ދިނުމުން ވެސް އެ އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ ވެސް ޕިކްނިކްތަކާއި އެކްސްކާޝަންތަކަށް ބޭނުން ކުރި ރަށެކެވެ.

ޕިކްނިކް ދިއުމަށް އެ އަތޮޅުން ރަށެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

12 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 9%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެކްސް

05 August 2021

ޓޫރިޒަމް ދާއިރާ އިން ލިބެންޖެހޭ ފުރިހަމަ ޓެކްސް ރޭޓުން ޓެކްސް ނެގުމުން، މި ދާއިރާއިން ޤައުމަށް ލިބެންޖެހޭ ހަމައަގު ލިބޭނީ.

The name is already taken The name is available. Register?

ރަކީދޫ މީހާ

05 August 2021

ވ. އަތޮޅު އެންމެނެނޫން ވަކިބަޔަކު... ރަކީދޫ މީހުން ހަމަގައިމުވެސް ބޭނުން ވަނީ އަންބަރާ ރިސޯޓަކަށް ހަދާ އެތަނުން ވަޒީފާ....

The name is already taken The name is available. Register?

ޜަންކޮޅު

06 August 2021

ރަކީދޫ ތީ ކޮންބައެއް ދެން؟ 100 މީހުނއ ހަމަ ނުވޭ. ތި ރިސޯޓު ހުޅުވިޔަސް ތި ރަށު އެކަކައްވެސް ވަޒީފާ ނުލިބޭނެ. ހުސް ބޭރު މީހުންނައް ލިބޭނީ.

The name is already taken The name is available. Register?

ފަރީޝާ

05 August 2021

އަޅެ ހާދަ ރީތި ރައްތަކެކޭ. މަށަށް ކީވެތަ މިކަހަލަ ރަށެއް ނުލިބެނީ؟ މަގޭ ތައުލީމް ނެތީތަ، ފައިސާ ނެތީތަ، މަހުތުރީތަ، މަގޭ ނަމުގަ މުއްސަދި ކަމުގަ ބޭންކްރަޕްޓް ވެފަ ހުރި ފިރިޔަކުނެތީތަ؟ އަހަރެން ވިސްނާ ވިސްނާ ވެސް ނޭގުނު!

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

05 August 2021

އަލިފުޅުގެ ނަމުގައި ކޮމެންޓްކުރި ފަރާތައް ދަންނަވާލަން އޮތީ ތާރީޚު ދިރާސާކޮށްފައި ރަގަޅުވާނީ ކޮމެންޓް ކުރިއްޔާ! ރަގަޅަށް އަޑުއަހާ! 2009 ވަނައަހަރު އަންނި ވެރިކަމަށް އައިސް ފަރުކޮޅުފުއްޓާއެއްކޮށް އެޗްޑީސީއަށް ދިނީ އަންނިގެ ޤަރާރަކުން! އެއީ ޔާމީނު ކުރިކަމެއްނޫން! ރަގަޅަށް މައުލޫމާތު ހޯދާފަ ކޮމެންޓް ކޮއްލާ!

The name is already taken The name is available. Register?

މަޙްމޫދު

05 August 2021

ވ. އަތޮޅު ކައުންސިލަކީ ދެ ޑޮލަރު ގެންގުޅޭ މީހުންނަށް ނުވިކޭ އަތޮޅުގެ ރައްޔިތުންނަށާއި ދިވެހި ޤައުމަށް ހެޔޮޮ އެދޭ ބަޔަކު ތިބި ކައުންސިލެއް. މީހުން ދިރއުޅޭ ބައެއް ރަށްރަށާ 100 މީޓަރު ކައިރީގައި ހުރި ރަށްރަށްވެސް ރިސޯޓް ހަދަން ކޮނެ ސުންނާފަތި ކުރާއިރުވެސް ދެޑޮލަރުގެ ދަހިވެތިކަމުގައި ޖެހި ކަހާތާ ހިރުވާވެސް ނުލާ އެބަ ތިބޭ. އެފަދަ ކައުންސިލްތައް ނަމޫނާއަކަށް ބަލަންވީ ވ. އަތޮޅު ކައުންސިލް

The name is already taken The name is available. Register?

ކުޗީ

05 August 2021

ޔާމީނު 5 އަހަރަކީ މުޅި ރާއްޖޭގައި އަގު ޓެގް އަޅުވައިގެން ރާއްޖޭގެ ރަށްތަށް އެގޮތް މިގޮތަށް ވިއްކި ފަސް އަހަރު. މިހާރުވެސް ކޯޓުގައި އެބުނަނީ ރަނގަޅު ޑޮލަރު އަދަދެއް ބަހައްޓަން 17 މިލިޔަން ރުފިޔާ ދީފަ ސަންސިޔާމު ޕާޓުނަރު އަތުން ގަތް 1.2 މިލިޔަން ޑޮލަރޯ އެއީ. މާރު ކުރި ރިސިޕްޓް ގެއްލިއްޖެޔޯ ....

The name is already taken The name is available. Register?

ރައްޔިތުސޮރު

05 August 2021

ކޮބާހޭ ކުޑަބަނޑޮސް؟ އަހަރެމެން ދަތުރުދާން ރަށެއް ދޭށޭ! އެހެން އަތޮޅުތަކުގަ ދަތުރުދާން ރަށްރަށް ޕިކްނިކު އައިލެންޑްގޮތުގަ ތަރައްޤީކުރަން އެދުނީމަވެސް ސަރުކާރަށް ކަޓުނުލިބޭތީ ދެނީ ބީރު ކަންފަތް!

The name is already taken The name is available. Register?

އުދުހޭ

05 August 2021

ރާއްޖޭގެ މީހުން ދިއުޅޭ ކޮންމެ ރަށަކަށް ކައިރީގަ ފަޅުރަށެއް އޮންނަން އެބަޖެހޭ. އެއީ ގެސްޓްހައުސްތަގެ ބޭނުމާ ދަނޑުވެރިކަމާ އިގްތިސޯދީ އެހެން ކަންކަން ކުރުމަށް. މަގުމައްޗަށް ނިކުމެގެންވެސް ރައްޔިތުން މިކަން ކުރަން އެބަޖެހޭ. މުއްސަނދިން އެދަނީ ރަށްތަށް ނަގަމުން. ރައްޔިތުމީހާއަށް ހައްގު މިންވަރެއް ނުލިބޭ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

05 August 2021

ތިޔައީ ނޮހޮރުއްޕާނެއްނު! ހުޅުމާލެ ފަރުކޮޅު ފުއްޓާ އެއްކޮއް 2009 ވަނައަހަރު އަންނި ސަރުކާރުން އެޗްޑީސީއަށް މާލޭ ރައްޔިތުންގެ ބަހެއްނެތި ދިނީ ކޮންއުސޫލަކުންބާ؟ އެޗްޑީސީއިން އެންމެ ލޯލާރިއެއްވެސް ޚަރަދުނުކޮށް ދައުލަތުގެ ފައިސާއިން ހިއްކާފައި އެޗްޑީސީގެ މިލްކަކަށް ހުޅުމާލެ ހަދާ، ސިޓީކައުންސިލްގެ އެއްވެސް ދައުރެއްނެތް ގޮތައް ދިނުން މާލެ ރައްޔިތުން ގަބޫލެއްނުކުރާނެ! މިފަހަރު ލޯކަލްކައުންސިލް އިންތިހާބުން މާލެސިޓީ އެމްޑީޕީއަށްގެއްލުނީ މިސަބަބާހުރެ!

The name is already taken The name is available. Register?

އަލިފުޅ

05 August 2021

ގުދުގުދާބެއްޔާ ހާދަ މައުލޫމާތު ނެތި ތިކޮމެންޓް ކުރަނީ ހިތުން ތިއޮޅުވާލަނީ އެންމީހުނަކައްނޫ ތި އޮޅުވާލަނީ އަމިއްލަ ނަފުސަށް. ހުޅުމާލެ ފަރުކޮޅު ފުށި ދިނީ ޔާމީން ވެރިކަމުގާ އެޗް ދީ ސީއަށް

The name is already taken The name is available. Register?

ރަންކޮޅު

06 August 2021

ކޮންތާކު ތިބި ހުޅުމާލޭ ރައްޔަތުންނެއް؟ ބޮޑު ހުޅު ޖަހާ މީހުންތައް އަނެއްކާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454