ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން --- ފައިލް ފޮޓޯ: މިހާރު
11 އޯގަސްޓް 2021 - 09:32
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ރާއްޖޭގެ ކޯޗުކަމުގައި ހުރެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.
އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖޫން މަހު ކުޅުނު މެޗުތަކުގައި ކޫޕްމަންގެ ނިންމުންތަކާ މެދު ސުވާލު އުފެދިފައިވެ އެވެ. ބައެއް މެޗުތަކުގައި "އައުޓް އޮފް ޕޮޒެޝަން" ގައި ކުޅުންތެރިން ކުޅުވާފައިވާ މައްސަލަ އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ބައެއް ކުޅުންތެރިން މެޗުގައި ތަކުރާރުކޮށް ގޯސް ހެދިއިރު ވެސް ބަދަލުތައް ގެނެސްފައި ނުވާ މައްސަލަ ފާހަގަ ކުރެވެ އެވެ. ނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ ގޭމަށް ރަނގަޅު ބަދަލުތަކެއް އައިތަން ފާހަގަކުރެވުނެވެ.
ކޫޕްމަންގެ މަގާ މެދު ސުވާލު އުފެދިފައިވާތީ އެކަމަށް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "މިހާރު" އަށް ވިދާޅުވީ ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ކޫޕްމަންއާ ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. ނަމަވެސް ކޯޗް މަގާމުން ވަކިކޮށްފައި ނުވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކޫޕްމަންއާ އެކު ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
"ކޮލިފައިންގައި ފާހަގަ ކުރުވުނު މައްސަލަތަކާ ގުޅިގެން، ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކޯޗާ މަޝްވަރާ ކުރިން،" ޖަވާޒު ވިދާޅުވި އެވެ. "ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ. އެފަދަ ކަމެއް ނިންމިނަމަ މީޑީއާއާ ހިއްސާ ކުރާނަން."
ކޫޕްމަންގެ މަގާމާ މެދު ސުވާލު އުފެދިފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ފަހުން މީޑިއާއާ ވާހަކަ ދެއްކި އަށް ފަހަރު، ކޫޕްމަންގެ ވާހަކަ ހުރީ އެކިގޮތަށެވެ. ޖެނުއަރީ 2020 ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އޭނާ ބުނެފައި ވަނީ ޓާގެޓަކީ ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުން ކަމަށެވެ.
"އަހަރެމެންގެ ޓާގެޓަކީ އޭޝިއަން ކަޕް އަދި ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުން،" ރާއްޖޭގެ ކޯޗްކަމާ، މިދިޔަ އަހަރުގެ ޖެނުއަރީ 26 ގައި ހަވާލުވެ ކޫޕްމަން ބުނެފައިވެ އެވެ. "އަހަރެން މިހެން (ގަތަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާ ވާހަކަ) ބުނީމަ ބައެއް މީހުން ހޭނެ. އެކަމަކު އަހަރެން ހިންޏެއް ނާދޭ."
އޭރު އޭނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވުމުން އެފްއޭއެމުން ވަނީ މި އަހަރު ފެބްރުއަރީގައި އޭނާގެ ކޮންޓްރެކްޓް ތިން އަހަރަށް އާ ކޮށްފަ އެވެ. އޭނާ އަށް ޓާގެޓެއްގެ ގޮތުގައި ދިނީ ޗައިނާގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. އެކަމަކު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާ ހަމައަށް ވެސް ރާއްޖޭގެ ކޯޗުކަމުގައި އޭނާ އަށް ހުރެވޭނެ ކަމުގެ ޔަގީންކަމެއް މިހާރަކު ނެތެވެ.
މިހާތަނަށް ރާއްޖޭގެ ކޯޗު ކަމުގައި އެހެން ކޯޗަކު ނުކުރާހާ އުނދަގޫ ތަޖުރިބާ އޭނާ ކޮށްފި އެވެ. އެހެން ކޯޗަކު ނުއުފުލާ އުނދަގޫ އޭނާ އުފުލި އެވެ. ރާއްޖެއާ އެކު ފުރަތަމަ މެޗަކަށް އޭނާ އަށް ފުރުސަތު ލިބުނީ ވެސް ކޯޗްކަމާ ހަވާލުވިތާ 16 މަސް ފަހުންނެވެ. ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ދެ ފަހަރެއްގެ މަތިން ވެސް މަސައްކަތް ފަށައި އޭނާ އަށް ޖެހުނީ އެކަން ހުއްޓާލާށެވެ. ތިން ވަނަ ފަހަރު މަސައްކަތް ފެށިއިރު ތައްޔާރުވާން ރާއްޖެއިން ދަނޑެއް ނުލިބުނެވެ. ޓީމުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމްގަ އެވެ.
ކޫޕޫމަންއާ އެކު އޭނާގެ އެސިސްޓެންޓަކަށް ހަމަޖެއްސި ހޮލެންޑްގެ ރެނޭ ހިޑިންކް ފަހުން ބަދަލު ކުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކި ކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެފްއޭއެމުން ވަނީ 23 އަހަރުން ދަށުގެ ޓީމަށް ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން އިއްޔެ ހަމަޖައްސައިފަ އެވެ. ސުޒޭން މީގެ ކުރިން މަސައްކަތް ކުރީ ސީނިއާ ޓީމުގެ އެސިސްޓެންޓު ކޯޗަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރަބެ
12 August 2021
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ކޯޗަކަށް ހަމަޖައްސަންވީ ބައްސާމް. އޭރުން ޗޯކުންނާ ކޯޗިންގ ސްޓާފުންގެ މައްސަލަ ހައްލުވީ. ކިތަންމެ ހުނަރެއް ހުއްޓަސް ދިވެހިންކަހަލަ ފިޒިކަލީ ގޮތުން ބަލިކަށި ބަޔަކަށް މާމޮޅު ފުޓުބޯޅައެއް ނުކުޅޭވޭނެ. ދެކުނު އޭޝިއާ ގެ ފެންވަރުގަ ހިފަހައްޓާލެވޭތޯ ބަލަންވީ!
އައްސާމް
11 August 2021
ކޯޗުންގެ މައްސަލައެއް ނޫން މިއުޅެނީ.. ކިތަންމެ މޮޅު ކޯޗެއް ގެނެޔަސް އެފް އޭ އެމް ގެ ނުފޫޒާ ހުރެ ކޯޗު ބޭނުންވާ ބޭނުންވާ ގޭމް ޕްލޭނެއް، ކޯޗު ބޭނުންވާ ކަހަލަ ޓީމެއް ބިލްޑެއް ނުކުރެވޭނެ.. ސްކޮޑަށް ނަގަންޖެހޭ ކުޅުންތެރިންނާއި ޓީމަށް ނަގަންޖެހޭ ކުޅުންތެރިން މިކަނޑައަޅަނީ އެފް އޭ އެމް އިން. ދެން ކިހިނެއް ރަނގަޅުވާނީ..
މޮރީނޯ
11 August 2021
އޮސްކާ ބެސްޓް
ފަނާ
11 August 2021
ތި އަކުރަމު މެން ލައިގެން ނުވާނެ ތިކިމެއް ! ކޯޗު ބުނާ ގޮތަކަށް ނޫ ކުޅެންވަނީ ، އޭނަ ބުނާ ގޮތް ހަދަން ޖެހެނީ…
މޯޑް
11 August 2021
ގައުމީޓީމަށް ގެންނަށްވި ދިވެހި ފުޓްބޯޅައިގެ ތަޖްރިބާހުރި ނިއުއަށް ކުރިން ކޯޗް ކޮށްދިން އޮސްކާ. އޮސްކާއަކީ މޮޅުކޯޗެއް ކަން ވަނީ ކުޑަ ދުވަސް ކޮޅެއް ތެރޭ ސާބިތު ކޮށދީފަ. ބެންގަލޫރު އެފްސީ އެއްޗެހި ރަންޒަމާނުގަ ކުޑަ ކަކޫ މަޗަށް ތިރި ކޮށްލި އެމީހުންގެ ދަނޑްގަ. އޮސްކާގެ ގޭމް ވެސް ސަޅި. ކުޅުންތެރިން ނާއި ގުޅޭ ކޯޗެއް މޮޅު ކޯޗެއް
ޟާނު
11 August 2021
ޜެފްރީސް ޑިޕާރްޓް މެންޓްއިން މުހައްމަދު އަމީޒު ވެސް ބަދަލުކުރަންޖެހޭ އަމީޒު އަިފަހުން ރެފްރީން އުފެދިފަކާނުވޭ ވަޔަށްއުޅޭ ގާތްކުދިންކޯޅެއް ގޮވައިގެން އުޅެނީ ކުޜީގެ ސީނިއަރ ރެފްރީންގޭ ބޭނުންނުހިފާ