ވިޔަފާރި / އެޑްވަޓޯރިއަލް

އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟

ވިލާ ކޮލެޖުގެ ބެންޗުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން: އެ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

15 އޯގަސްޓް 2021 - 13:35

8 comments

ރާއްޖޭގައި ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އަށް ދަނީ ގާތްގަނޑަކަށް 30 ޕަސެންްޓު ދަރިވަރުންނެވެ. ޒަމާނުއްސުރެ ގަބޫލުކުރެވޭ ގޮތުގައި މަތީ ތައުލީމަށް ދިއުމަށް މަތީ ސާނަވީގެ ނަތީޖާއަކީ ކޮންމެހެން މުހިއްމު އެއްޗެކެވެ. މަތީ ސާނަވީ އަށް ފުރުސަތު ނުލިބޭ ދަރިވަރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހޯދުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.

ނަމަވެސް ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަތީ ތައުލީމަށް އައި އިންގިލާބާ ގުޅިގެން، މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް ވެސް މިހާރު އެބަ އޮތެވެ. އޭލެވެލް ނުހެދިޔަސް މަތީ ތައުލީމަށް ދެވޭނެ އިތުރު ގޮތްތަކެއް މިހާރު އޮތީ ތައާރަފުވެފަ އެވެ.

އޯލެވެލް ނިންމާލުމަށް ފަހު އޭލެވެލް ހެދުމުގެ ބަދަލުގައި ފައުންޑޭޝަން ޕްރޮގްރާމެއް ހަދައިގެން ޑިގްރީ އަށް ކިޔަވަން ފެށުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމު ކަމެކެވެ.

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ފުރަތަމަ ޑިގްރީ އަދި މާސްޓާސް ހިންގާ ފަރާތް ކަމަށްވާ ވިލާ ކޮލެޖުގެ ފަރާތުން ހިންގާ ޑިގްރީ ޕްރޮގްމާތަކުގައި ވެސް އޯ ލެވެލް ނުވަތަ އެސްއެސްސީ އިން ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ ފައުންޑޭޝަނަކަށް ފަހު ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީ ނުވަތަ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ އަށް ވަނުމުގެ ފުރުސަތު އޮވެ އެވެ.

ވިލާ ކޮލެޖުގެ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި އެ ކޮލެޖުގެ ކޮންމެ ސެމިސްޓާ އަކުހެން ވެސް އެތައް ދަރިވަރުން ޑިގްރީ ފައުންޑޭޝަން ޕްރޮގްރާމް ނިންމުމަށް ފަހު، އެ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ) އަދި ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީތަކަށް ކިޔަވަން ފަށަ އެވެ.

"ފައުންޑޭޝަން ނިންމުމަށް ފަހު ޑިގްރީ އަށް ދާ ދަރިވަރުން ތިބެނީ ޔުނިވާސިޓީ ތައުލީމަށް އަހުލުވެރިވެފައި. އޭގެ ސަބަބުން އެ ކުދިންނަށް ޑިގްރީ އަށް ކިޔެވުމުގައި ފަސޭހަކަތަކެއް ހުރޭ. ސްކޫލްގައި ކިޔެވުމާއި ޔުނިވާސިޓީގައި ކިޔެވުމާ ތަފާތު. ޔުނިވާސިޓީ ތައުލީމުގައި ކޮމިއުނިކޭޝަން ސްކިލްސް، އެކަޑެމިކް ރައިޓިން ސްކިލްސް، ރިސާޗް ކުރުން ފަދަ ހުނަރުތައް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

"ފައުންޑޭޝަން ޕްރޮގްރާމަތްކުގެ އެސެސްމަންޓްތައް ވެސް މި ހުންނަނީ މި ކަހަލަ ބައެއް ހުނަރުތައް ދަރިވަރުންނަށް ލިބިފައިވާކަން ވަޒަންކޮށް ޔަގީން ކުރެވޭގޮތަށް. އެހެންވެ އިމްތިހާނުގެ އިތުރުން އެސައިންމެންޓްސް އާއި ޕްރެސްންޒެންޓޭޝަންތަކާ ކަންތައް ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގައި ބޭނުންކުރެވޭ. ފައުންޑޭޝަން ޕްރޮގްރާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ޑިގްރީ އަށް ދާން ބޭނުންވާ އެކަޑެމިކް ނޮލެޖާ އެކު މިފަދަ ސްކިލްތައް ޑިވެލޮޕްވެގެން ދިއުން."

ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ، އެކަޑެމިކް އެންޑް ސްޓޫޑަންޓްސް ޑރ. އަބްދުﷲ ސޯދިގު ވިދާޅުވީ ފައުންޑޭޝަން ޕްރޮގްރާމްތައް ޑިޒައިންކޮށްފައި ހުންނަނީ ދަރިވަރުން ޔުނިވާސިޓީ ތައުލީމަށް ހޭނުމަށް ކަމަށް ވާތީ، ޑިގްރީގެ ފުރަތަމަ މަރުހަލާ ވެސް ފައުންޑޭޝަން ހަދާ ދަރިވަރުންނަށް ވަރަށް ފަސޭހަ ވެގެންދާ ކަމަށެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް: އޭލެވެލް ނުހެދިޔަސް މަތީ ތައުލީމަށް ދާން ފުރުސަތުތައް އެބަހުރި.-- ފައިލް ފޮޓޯ: މިހާރު

"ގިނަ ކުދިން ފައުންޑޭޝަން ހަދާނީ އެ ކުދިން ޑިގްރީ ހަދަން އިހުތިޔާރު ކުރާ ދާއިރާއަކުން. އެހެންވެ އެ ކުދިން ކިޔަވަން ފަށައި ގަންނަނީ ވެސް އެ ދާއިރާގެ ކޮންމެވެސް ވަރެއްގެ ނޮލެޖަކާ އެކު. ވިލާ ކޮލެޖުގެ ފައުންޑޭޝަން ނިންމި ދަރިވަރުން މެލޭޝިއާ، އޮސްޓްރޭލިއާ، ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވާސިޓީގައި ވެސް ޑިގްރީ އަށް ކިޔަވަމުންދޭ. ނަތީޖާ ވެސް ރަނގަޅު." ސޯދިގު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި ފައުންޑޭޝަން ނިންމުމަށް ފަހު ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރަކު ބުނި ގޮތުގައި އޯލެވެލްގައި އޭނާ ފާސްވީ ތިން މާއްދާއިންނެވެ. ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯހެއް ނިންމުމަށް ފަހު ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑުގެ ޑިގްރީ ކޯސް ފަށައިގެން މިހާރު ކިޔަވަމުން އަންނަނީ ޑިގްރީގެ ފަހު އަހަރެވެ.

"އަޅުގަނޑު ޑިގްރީ ހަދަން ފެށީ ފައުންޑޭޝަން ކޯހެއް ހެދުމަށް ފަހު. އެކަޑްމިކް ރިފަރެންސިން، ގްރޫޕް އެސައިންމެންޓްސް، އިންޑިވިޖުއަލް އެސައިންމަންޓްސް، ޕްރެޒެންޓޭޝަން ކަހަލަ ކަންތައް ދަސްވެފައި ހުރުމުން އަލަށް އެ ކަންތައްތައް ކުރަން ޖެހުނު ދަރިވަރުންނާ އަޅާބަލާ އިރު ވަރަށް ފަސޭހަވި،" އޭނާ ކިޔައިދިނެވެ.

"އޭގެ އިތުރުން ފައުންޑޭޝަން ހެދުމަށް ނަގާ މުއްދަތު ކުރުވީމަ އަޅުގަނޑާއެކު ސްކޫލުގައި އުޅުނު ކުދިން ޑިގްރީ އަށް ކިޔަވަމުންދާ އިރު އަޅުގަނޑު ހުންނާނީ ޑިގްރީ ނިމި ވަޒީފާގެ މައިދާނުގައި. އަޅުގަނޑުގެ އޯލެވެލް ކްލާސްމޭޓުން އޭލެވެލް އަށް ތައްޔާރުވާން ފެށިއިރު އަޅުގަނޑުގެ ޑިގްރީގެ ފުރަތަމަ އަހަރު ނިމިއްޖެ."

ގިނަ ދާއިރާތަކުން ފައުންޑޭޝަން ޕްރޮގްރާމްތައް ހިންގާ ވިލާ ކޮލެޖުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ކޮލެޖުގައި ވަރަށް ގިނަ ދާއިރާތަކުން ފައުންޑޭޝަނަށް ކިޔެވުމުގު ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އެންމެ ގިނަ ދަރިވަރުން ހަދަނީ ބިޒްނަސް، އައިޓީ، ހިއުމަން ރިސޯސަސް، ލޯ، އެކައުންޓިން, ސައިކޮލޮޖީ، އަދި ޓީޗިން ދާއިރާގެ ފައުންޑޭޝަނެވެ. މީގެ އިތުރުން އިންޓީރިއާ ޑިޒައިން، އިންޖިނިއަރިންގެ ޓޫރިޒަމް އާއި މާކެޓިން އަކީ ވެސް ދަރިވަރުންގެ މެދުގައި މަގުބޫލްކަން އިތުރުވަމުން އަންނަ ދާއިރާތަކެވެ. ހަމަ އެއާއެކު ސެޓްފިކެޓް 4 އިން ނާސިން އާއި ފާމަސީ އަކީ ވެސް ޑިމާންޑް ބޮޑު ޕްރޮގްރާމްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯސްތަކުގައި ކޮލެޖަށް ހާޒިރުވެގެން ފޭސް ޓު ފޭސްކޮށް ކިޔަވަން ނުވަތަ އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަސްގެ އިތުރުން ސ. ހިތަދޫ، ލ. ގަމު، އދ. މަހިބަދޫ، ޅ. ނައިފަރު، ށ. ފޮނުދޫގައި ހުންނަ ލޭކްސައިޑް ކެމްޕަހުގައި ވެސް މި ޕްރޮގްރާމްތައް ހިންގޭނެއެވެ. އެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވެ އެވެ.

ވިލާ ކޮލެޖުން ބުނީ ފައުންޑޭޝަން ޕްރޮގްރާމަށް ވަދެވޭ ވަރަށް ފާސް ހަމަ ނުވާ ދަރިވަރުންނަށް ވެސް ތިން މަސް ދުވަހުގެ ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ކޯހެއް ހެދުމަށް ފަހު ފައުންޑޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ކޮލެޖުގައި އަހަރަކު ތިން އިންޓޭކަށް ކިޔަވައިދެމުން ގެންދާއިރު ކޮންމެ އިންޓޭކެއްގައި ވެސް 1000-1500 ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް އަލަށް ގުޅެ އެވެ. ވިލާ ކޮލެޖުގެ ޕާޓްނަރު ޔުނިވާސިޓީ ކަމަށްވާ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑަކީ (ޔޫވީ) އަކީ ޔޫކޭގައި 21 ވަނައަށް ރޭންކް ކުރެވިފައިވާ އަދި އެ ގަައުމުގެ ސަރުކާރުން ހަޔަ އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވަޒަން ކުރުމަށް ގެންގުޅޭ މިންގަނޑެއް ކަމަށްވާ "ޓީޗިން އެކްސެލެންސް ފްރޭމްވޯކް"ގެ ގޯލްޑް ސްޓޭޓަސްގައި ގިންތި ކުރެވިފައިވާ ޔުނިވާސިޓީއެކެވެ.

ވިލާ ކޮލެޖުގެ ދަރިވަރުން ދެކޭ ގޮތުގައި އަމިއްލަ ގައުމުގައި ތިބެ މި ފަދަ ޔުނިވާސިޓީއެއްގެ ޕްރޮގްރާމް ފުރިހަމަކުރުމަށް މަގުފަހިވެފައި ވުމަކީ އެ ކުދީންނަށް ލިބިފައިވާ އަގުހުރި ފުރުސަތެކެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަށަށް ވިސްނޭގޮތް

15 August 2021

އިންސާނެއްގެ ޢުމުރަކީ ކުރު އެއްޗެކެވެ. އެހެންކަމުން ދެދުނިޔެ ވެސް ބާއްޖަވެރި ކުރެވޭތޯ އުޅެން ޖެހެއެވެ. މިދުނިޔެ ބާއްޖަވެރި ކުރެވޭނީ ވީހައިވެސް އަވަހަކަށް ތަޢުލީމް ފުރިހަމަކޮށް ޢާމްދަނީ ހޯދުމުގެ މަސައްކަތަށް ނިކުތިއްޔާ އެވެ. ޑޮކްޓަރުކަން ނުވަތަ އިންޖިނިއަރިންގ ދާއިރާއަށް ދާކުދިންނަށް އޭ ލެވެލް ވ. މުހިންމެވެ. އެކަމަކު ބިޒްނަސް ދާއިރާއަށް ޝައުޤް ހުރިނަމަ އޭލެވެލް އަށް ހޭދަކުރާ ދެއަހަރުގެ ބަދަލުގައި ޑިޕްލޮމާ ހަދައި ޑިގްރީ ފެށުން ބުއްދިވެރި އެވެ.

The name is already taken The name is available. Register?

ނޫސަންގު

15 August 2021

އޭ ލެވެލް އަށް ކިޔަވައިދެނީ މިގައުމުގެ 212 އެއްހާ ސްކޫލުގެ ތެރެއިން 50 ހަކަށް ސްކޫލްގައި. އެކި ސަބަބުތަކާ ހެދި އޭލެވެލް ނަަހަދާ ކުދިންނަށަށް މަތީ ތަޢޮލީމަށް މަގެއް އޮވޭ. އެއީ ތަރައްގީވެފައިވާ ތަޢޮލީމީ ނިޒާމް ތަށް އޮންނަ ގައުމުތަކުގައިވެސް އޮންނަ މަަގެއް. އޭލެވެލް ނަހަދަނީ ހުސް ދަށްކުދިންނެއް ނޫން. ކުރަންވީ ކަމަކީ ދިހައެއް ނިންމާ ކުދިން ބާކީ ނުކޮށް އެމީހުންނަށް ދިރިއުޅުމުގެ މައިދާނަށް ނެރެދިނުން. ވައްކަމާ ޑްރަގް ބޯން ދޫ ނުކުރުން.

The name is already taken The name is available. Register?

ޙިނި

15 August 2021

ޢޭލެވަލް ނުލާ މަތީތައުލީމައް ދަނީ ރިޕީޓާސް އޯލެވެސް ޑުރޮޕް އަައުޓްސް ދެން ތައުލީމައް އެހާ މޮޅުނޫން ދަރިވަރުން

The name is already taken The name is available. Register?

ތައުލލީމު ކަރަޕަތްކުރުން

15 August 2021

އޭލެވެލް ނަހަދާ ކުދިންގެ ބައެއް އަސާސީ ވިސްނުން ތައް މަދުވާނެ. ނަމަވެސް އަނގައިން ހިފަހައްޓަާނެ. އެއީ މައްސައެއް.

The name is already taken The name is available. Register?

އެކަލޯ

15 August 2021

އެހެން އިބާރާތަކުން ބުނާނަމަ ތި ބުނަނީ އޭލެވެލް އެއީ ބޭކާރު ދެ އަހަރޭ

The name is already taken The name is available. Register?

އޭލެވެލް

15 August 2021

އޭލެވްލް ހަދާ ކުދިންނާއި ނަހަދާ ކުދިންގެ ތަފާތު ހުރޭ

The name is already taken The name is available. Register?

ކޭލެވެލް

15 August 2021

ތެދުފުޅެއް.. އޭލެވެލް ނުހަދާ ކުއްޖާ ގައުމުގެ ރައީސްކަން މަޖިލިސް މެމްބަރުކަން ފަދަ ވަޒީފާތަށް އަދާކުރަމުންދާއިރު އޭލެވެލް ނުހަދާ ކުއްޖާ އިންނަނީ ފިހާރަ ވަތްގަނޑު ދަށުގަ..

The name is already taken The name is available. Register?

ސދފސ

15 August 2021

ކިޔެވުމާއި ނުކިޔެވުން ވެސް ތަފާތުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454