އިހުސާން ކުރިން "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާ ސޮއިކުރައްވާ ފުރަތަމަ ސިޔާސީ ޕާޓީއަކަށް ވާނީ އެމްއެންޕީ.
16 އޯގަސްޓް 2021 - 13:13
އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ވިޔަފާރިވެރިޔާ އަލީ އިހުސާން، އުފައްދަން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވަން ނިންމަވައިފި އެވެ.
ސިޔާސީ ދާއިރާ އަށް ރަސްމީކޮށް ނުކުމެވަޑައިގަތުމަށް ނިންމަވައި، އެކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިގްތިސޯދީ އަދި ސަރަހައްދީ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ، ކުރިމަގުގައި ވެސް ދިމާވާނެ މައްސަލައަކަށް ވާތީ އެ ކަމަށް އޮތް ހައްލަކީ ދިވެހި ފަސްގަނޑާއި ދިވެހިން ދެކެ ލޯބިވާ، ޒިންމާދާރު ބަޔަކު ސިޔާސީ މައިދާނުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެކަންކަން ހައްލުކުރުމަށް، ރާއްޖެ އާއި ދިވެހިން ދިފާއުކުރުމުގައި އަމިއްލަ ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ކުރީގެ ސިފައިންގެ އޮފިސަރަކަށް ވާތީ އަދި ސިޔާސީ މައިދާނަކީ ވަކި ބަޔަކު ބޭނުންހާ ގޮތެއް ހެދުމަށް އޮތް ދާއިރާއެއް ކަމަށް ގަބޫލު ނުކުރެއްވޭތީ، މިއަދުން ފެށިގެން ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވީ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މޯލްޑިވްސް ނޭޝަނަލް ޕާޓީއާ ގުޅެން ނިންމި ސަބަބަކީ އެ ޕާޓީގެ ޗާޓަރުގައި ގައުމާ މެދު އޮތް ތަސައްވުރާއި އަޅުގަނޑު ގައުމަށް އެދޭ ގޮތާއި ދިމާވެ އަދި އެކަން ހާސިލް ކުރުމަށް އެންމެ ފަހިވާ ގޮތަށް ތައްޔާރުވަމުން އަންނަ އަދި ތައުލީމީ ޒުވާނުންނަށް އެންމެ ތަނަވަސް ފުރުސަތު އޮތް ޕާޓީއަކީ އެ ޕާޓީކަމަށް ގަބޫލުކުރެވޭތީ އެވެ،" ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރުކަމާއި ސިފައިންގެ އިސް އޮފިސަރުކަން ކުރެއްވި މުހައްމަދު ނާޒިމް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއާ ގުޅޭ ގޮތުން އިހުސާން ވިދާޅުވި އެވެ.
ދިވެހިރާއްޖެއާއި ދިވެހިންގެ ހައްޤުގައި މިހާރަށްވުރެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރަކަށްވެ ސިޔާސީގޮތުން ޤައުމަތް ހިދުމަތް ކުރުމަށް ނިންމައިފިން. މިޕާޓީ އަކީ ޤައުމާއި ދޭތެރޭ އަޅުގަނޑުވެސް ދެކޭގޮތަށްދެކޭ، ޒުވާނުންނަށް ފުރުސަތުއޮތް ޕާޓީއެއް. pic.twitter.com/nJzSM4ikF2
— Ali Ihusaan (@ali_ihusaan) August 16, 2021
އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވުމާ ގުޅިގެން އިހުސާން ނެރުއްވި ބަޔާން
ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް ވަނުމަށް މިހާރު ވެސް 20،000 ފޯމު ގެންގޮސްފައިވެ އެވެ. އަމާޒަކީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުން ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒް އިއްޔެ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގަ އެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނާނީ
17 August 2021
އާންމުންގެ ތެރޭގަ ސިޔާސީ ކަންކަމާމެދު ހުރި ނުތަނަވަސްކަން ފިލުވާލަދީފާނެ ކަމަށް އުންމީދުކުރަން.
ނަޖްވާ
17 August 2021
މީ ދެން ކާކުތަ އަޅެ ފަހެ؟ އެމްއެންޑީއެފުގަ މާކަ މަތީ މަގާމަކު އުޅުނު މީހެއްވެސް ނޫނޭ މީކީ އެއް! ދެން މާ މިލިޓަރީ ވެގަނެގެން މި އުޅެނީކީއެއް! މި އެއްކަ ފޭދޫ މެންބަރަކަށް އުޅުނު މީހާގެ ދަރި އެއްނު!
އއ އެމް އަ އި ބީ
17 August 2021
މި ޕާޓީން މަސަ އްކަތް ކުރާނީ ތާލިބާނުން ގެ މަގުން
ހށނ
16 August 2021
އުމަރާއެކު ގައުމު ދިފާއު ނުކުރެވިގެން ގައުމުގެ ދިފާއުގަ އުމަރު ދޫކޮށްލާފަ ތިބެޗީ.
މޮހިތު
16 August 2021
މިއެންމެން ރައްޔިތުންގެ ލާރިން ޕޮލިސިން ކިޔަވައިގެން ޕޮލިޓީޝަނުންނަށް! ވަޓް އަ ވޭސްޓް!
ބޮކިފުރާޅު ޢީސާ
16 August 2021
މީނާ ވަރަށް މޮޅުވާނެ އަނގައިން. އެކަމަކު އެމެރިކާގާ އަސްކަރީތަމްރީނުހެދީމާ ވަރަށް ގަދަވެސް ވާނެ.
ކުޗީ
16 August 2021
ޕޮލިސް މިލިޓަރީ ޕާޓީ އަކަ ބަގާވަތް ޕާޓީ !!!
ރިޔާސް ސޯ ފުރެންޑް
16 August 2021
އާ، ދެން ވެރިކަމުގައި އޭރަކު އެ ތިބޭ ބަޔަަކަށް ބަގާވަތުގެ ބިރު ދައްކައިން، ފުލުހާ ސިފައިންގެ ތެރެ ހަރަބުކޮށް އަޑި އަޑިން އެވަގުތަކު އޮންނަ ސަރުކާރެއް އަތުން ފައިސާ ހޯދާނީ ... އެވެސް ހަމަ ސިޔާސީ ކުޅިގަނޑެއްތާ. ނިކަން މޮޅުވާނެ އެކަމަށް ނާޒިމުމެން ރިޔާޒު ސޯ މެން އިހްސާނުވެސް
ޢަލިއ
16 August 2021
ކުރި ތާއީދު އަނބުރާ ގެނެސްފިން. ވަރަށް ސަލާމް
ޢނ
16 August 2021
މީނައަކީ ސީދާ ވެރިކަން ބޭނުންވެގެން އުޅޭ މީހެއް. މީނަ ކެްޕްޓަންއަކަށް ވީ އެމެރިކާ އިން ކޯހެއް ފުރިހަމަ ކުރުމުން. މަގޭ ނަޒަރުގަ ސިފައިންގެ އިން މައްޗައްދާން ޖެހޭނީ ވަކި އަހަރު ތަކެއް ވަންދެން ހިދުމަތް ކުރުމުން. އެބައިމަދުވެގެން މިއުޅެ ީ
ޒީނިޔާ
16 August 2021
ޥަރަށް ހިކުމަތްތެރި ނިންމުމެ. މަރުހަބާ