ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން
20 އޯގަސްޓް 2021 - 21:35
މިދިޔަ މަހު އަމަލުކުރަން ފެށި ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ.
ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުން، ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. މި މަގާމަށް އައްޔަންކުރައްވަން ޖެހޭނީ، މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކޮށްގެން ހޮވޭ ބޭފުޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އައިޝަތު ވަނީ އިކޮނޮމެޓްރިކްސް އިން މާސްޓާސް އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
Maldives Bureau of Statistics is pleased to announce the appointment of Ms. Aishath Hassan as our new Chief Statistician. @ysha_is pic.twitter.com/mmyrKizOYD
— Statistics Maldives (@statsmaldives) August 19, 2021
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިދިޔަ އަހަރު ހުށަހެޅުއްވި ތަފާސްހިސާބާ ބެހޭ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހު އަށެއްގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގުކުރެއްވީ މިދިޔަ މަހު 20 ގަ އެވެ.
ތަފާސްހިސާބުގެ ގާނޫނުގައި ރާއްޖޭގައި ތަފާސްހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި އަދި ބޭނުންކުރުމުގެ އިތުރުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ.
މި ގާނޫނަށް އާމަލުކުރަން ފެށުމާ އެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދި އެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މި އިދާރާގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
މި ގާނޫނުގައިވާ ގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ގާއުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ، 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަން ޖެހެ އެވެ. މި ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
200000
22 August 2021
ޓެކްސް ފައިސާ ކޮޅު މިހެއް ފަހަރަކު މަގާމެއް މަޖިލީހުން އުފައްދައިގެން ހުސް މިކުރަނީ. މަޖިލިސް އުވާލަން ޕެޓިޝަނެއްގައި ސޮއި ކުރަން ވެއްޖެ
ސަވާދުު
22 August 2021
ޢިކޮނޮމިކްސް އާއި ސްޓެޓިސްޓިކްސް ގުޅެނީ ކިހިނެއްބާ؟ މަވެސް މާރޓާސް އިން ޑޭޓާ ސައިންސް އެންޑް ސްޓެޓިސްޓިކްސް ކިޔަވާތީ މި އަހާލީ
ބަގަރ
22 August 2021
މާސްޓަރސް އާ ހަމައަށް ދިޔަ އިރު ތިޔަކަން ނޭނގޭ؟ ކަލޯ ތިޔަ ދަނީ ރަގަޅަށް.
މުއާޒު
22 August 2021
ދެން އެނގޭ މީހާ އެކިޔާ ކުއްޖާއަށް ބުނެލަ ދިންނަމަ
ބާގަރ
22 August 2021
ބަގަރ އަށްވެސް ތިހެން އަހާލަންދޯ އެނގުނީ؟
ާއުނިމާ
21 August 2021
މާސްޓަރ އިން އިކޮނޮމިކްސް ހަދާފަހުރި ބޭފުޅަކު ސްޓެޓިސްޓިކްސް އަށް ކޮލިފައިވާގޮތެއް ސާފެއްނުވޭ
ބަގަރ
22 August 2021
އުނިމާގެ ވިސްނުމުގައި ކަންކަން އުނި ވެދާނެ. ބޮޑުވީމާ ވިސްނޭނެ.
ޙިނި
21 August 2021
ކޮބާތަ ދެން މަހުން މަހައް ޝާއިރުކުރަންޖެހޭ މައުލޫމާތު ތަކަނީ ނޫނީ ވަޒީފާގެ ޒިންމާއަކީ. މަޖުލިހުން ހަމަޖެއްސި ޢޮންބުޑްސް ޕާސަންވެސް ވަޒީފާ ދޭއިރައް ގެއްލިއްޖެ ނޫނީ ފިލައިފި
ހިތަދޫ ހުސެން
21 August 2021
އިކްރާމް ހަސަން ... އަދި އަޝަތް ހަސަން؟
ސަރުދާރުު
21 August 2021
ޝަހުދާ އަށްވުރެ މީނަ ރަނގަޅީ؟
މުތުއިމް
21 August 2021
ކޮންތާކު؟ މިސަރުކާރަކީ އެޔެއް ބަލައިގެން ނަގާބައެއްނޫން، ޕާޓީ އެކްޓިވިސްޓުންނާއި އާއިލާ މީހުން މަގާމު ތަކަށް ނަގަނީ
ފާރިހަތު ޖަލީލު
21 August 2021
ފާރިދެކޭގޮތުގައި މިއީ ރަގަޅު ޑިސިޝަންއެއް. ޚާއްޞަކޮށް އައިޝާއަކީ އިކޮނޮމެޓްރިކްސް އިން މާސްޓަރޒް ހަދާފަހުރީމަ. މީގެ ކުރިން ޕްލޭނިންގައި މަސައްކަތްކުރި ޔާސިރުމެންގެ ފަރާތުންވެސް ވަރަށް ގިނަ ޕޮސިޓިވް ސެންޓިމެންޓްސް ފާރިއަށް އަޑުއިވިފައިވޭ. މަރުހަބާ އައިޝާ!
އަހުމިއްޓޭ
21 August 2021
ދީނާޚިލާފު ވާހަކަ ޤައުމުން ބޭރަށްގޮސް ދައްކާމީހުންގެ ކެޓެގަރީއެއްވެސް ތަފާސްހިސާބުގައި ހިމަނާތި!
ހަސަނު1
21 August 2021
މަރުހަބާ އައިޝަތު ހަސަން.. އެކަމަކު އަޅުގަނޑު އުންމީދުކޮށްގެން ތިޔަމަގާމަށް ނަމްބަރު ޖެހުމުގައި މިގައުމުގައި މިހާތަނަށް ދުއް އެންމެ ފުންނާބުއުސް ބޭޅާ ޕީޕީއެމްގެ އަދުރޭއަށް ދޭނެކަމަށް! އުއްމީދު ތާ ކުރެވޭނީ!
ރާއްޖެ
21 August 2021
އޮސްޓްރޭލިއާއިން “މަތީ ތައުލީމު” ހާސިލް ކޮއްގެން ހުންނެވި މިއަދުގެ ރައީސް މާ ގާބިލުވާނެ ކަމަށް ފެނޭ.
ނިދަންމިޔަރު
20 August 2021
އުދަގޫ ނަންނަން ކިޔާފަ ދައުލަތުގެ ހަޒާނާ ބަހާލާ