ކްރޮސްރޯޑްސްގެ ހާޑް ރޮކް ރިސޯޓް-- މިހާރު ފައިލް ފޮޓޯ
22 އޯގަސްޓް 2021 - 10:31
އެނބޫދޫ ފަޅު ހިއްކައިގެން ހަދާފައިވާ ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާންކޮށްފި އެވެ.
ސިންގަޕޫރު ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ބުނެފައިވާ ގޮތުގައި ވިއްކާލަނީ ކްރޮސްރޯޑުގައި ތަރައްގީނުކޮށް އޮތް ފަސް ރަށެކެވެ. އެކަމަކު މި ރަށްތައް ވިއްކާ އަގެއް ހާމަކޮށްފައެއް ނެތެވެ.
ޖޭއެލްއެލް އިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކްރޮސްރޯޑްސްގައި ހިމެނޭ މި ފަސް ރަށަކީ ރިސޯޓު ތަރައްގީކުރުމަށް އިންވެސްޓަރުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
މާލޭގެ ދެކުނުގައި އޮންނަ ބޮޑު ފަޅުގައި ކްރޮސްރޯޑްސް އިން ނުވަ ރަށް ހިއްކާފައިވެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން ހުޅުވައި ހިދުމަތް ދެމުން އަންނައިރު ކްރޮސްރޯޑްސްގައި އެއްފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ވެސް އޮވެ އެވެ.
މި ޔޮޓް މެރީނާގެ ވަށައިގެން ހުންނަނީ ފިހާރަތަކަށް ހާއްސަ އިމާރާތްތަކެވެ. ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިމާރާތްތައް ހިމެނޭ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އޮންނާނީ އެންމެންނަށް ވެސް ހުޅުވާލައިފަ އެވެ. އާންމުންނާއި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތަންތަން އެ ސަރަހައްދުގައި ހުރެ އެވެ.
ބައްދަލުވުންތަކާއި ހަފްލާތަކަށް ހާއްސަ ކޮށްފައިވާ ކްރޮސްރޯޑްސް އިވެންޓް ހޯލާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ.
ކްރޮސްރޯޑްސްގެ ހުރިހާ ރަށެއް ނިމޭ އިރު އެތަނުގައި 1،300 ޓޫރިސްޓް އެނދު ހުންނާނެ އެވެ. އަދި 3،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެ އެވެ. އެތަން ހެދުމަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
23 August 2021
ހުރިހާ މަންފާއެއް ބޭރުމީހުނަށް. މީތޯ ރާއްޖޭގާ ކަންކަން ހިނގަންވާ ބީދައަކީ. ކީތްތޯވާނީ ރާއްޖޭގެ އާންމުންނަށް ގޮސްލާއުޅެލެވޭވަރުގެ އަގެއްގާ ކޮންމެވެސް ތަނެއް ހަދާ އެތަނުން ދިވެހީންނަށް ޚިދުމަތްދިނިއްޔާ. ކުޑައަގެއްގާ މިބުނީ ރެޔަކާ ދުވާލަށް 400، ނުވަތަ 500 ވަރަކަށް ރުފިޔާއަށް ރޫމެއް ލިބޭވަރު ކޮށްލަދިނިއްޔާ ކީތްހޭވާނީ. ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވޭ އާއިލާއާ އެކު ހަމަޖެހޭ މާހައުލަކަށް ގޮސް ވަގުތުތައް ހޭދަކޮށްލަން.
އަރަތެެއް
23 August 2021
ޕެރެޑައިސް ރިސޯޓް އިން ތިކަން ވެދާނެ
ޙިނި
23 August 2021
ތި ކުރޮސް ރޯޑަކީ ބަންގާޅި އަވަށެއް
ބަތާހަރާމް
23 August 2021
ހެދިފައިވާ އެއްބަސްވުން މުރާޖާކުރަން ޖެހޭ އަދި ސަރުކާރަށް ތިޔަ ތަން ނެގެންޖެހޭނެ
ދިވެހި ރާއްޖެ
23 August 2021
ބޭރު ފަރާތްތަ ކުން ކަން ކުރަނީ ދުރު ވިސްނުމުގަ. ވަގުތީ ފައިދާޔަ ކަށް ކީއްވެތޯ ތި ކަހަލަ ޑިޒިޝަން ފަސޭހައީ؟ ސަރު ކާރަށް ވިޔަސް ހައްދެއް އޮންނަން އެބަ ޖެހޭ!!
އޮނަރަބްލް އަފީފު ދީދީ
22 August 2021
ދިވެހިރާއްޖޭގެ ތިމާވެއްޓަށް މަސައްކަތްކުރާ ޖަމީއްޔާތަކަކީ ބޭރު ޤައުމުތަކާއި ޔޫއެން އޭޖަންސީތަކުން "ފައިސާ ހޯދުމުގެބޭނުމަށް" އުފައްދައިގެންއުޅޭ ޖަމީއްޔާތަކެއްތޯ. # މިފަދަ ޖަމީއްޔާތަކުން "ރިސޯޓު ހެދުމަށް" ރާއްޖޭގެ އަތޮޅު ތަކާއި ރަށްރަށުގެ ސަރަޙައްދުގައި އޮންނަ ފަޅުތައް ހިއްކާނަމަ އެކަން ހުއްޓުވާން ޕްރެޝަރ ޤުރޫޕުގެ ގޮތުގައި ޙަރަކާތް ތެރިނުވާނަމަ އެކަން ކުރުމަށް އަމިއްލަ ފަރުދުން ތެދުވާންޖެހޭ. ރާއްޖޭގައި ރިސޯޓް ހަދާނެ އެތައްސަތޭކަ ފަޅުރަށް އެބައޮތް.
އޮނަރަބްލް އަފީފު ދީދީ
22 August 2021
ދައުލަތުގެ މުދާ މިގޮތަށް އަމިއްލަކޮށް ނީލަންކިޔަން ފުރުސަތުދީގެން އަހަރުމެން ތިބެންވެއްޖެނަމަ މިކަން ބަދަލު ކުރާނެ އެހެން ބަޔަކު ނުވާނެ. # ޑިމޮކްރަސީ އާއި ވެރިކަމުގެ ނިޒާމް ފަދަ ކަންކަން ރަނގަޅު ކުރާން ނިކުންނަފަދައިން ޤައުމީ މަސްލަހަތުހުރި މިފަދަކަންކަމަށްވެސް "ގުޅިގެން އެކުއެކީގައި" ނިކުންނާންޖެހޭ. # މިއަދު މިފަދަ ކެމްޕޭން ސޯޝަލް މީޑިޔާގައި ފަސޭހަކަމާއިއެކު ޖެއްސޭނެ. ބިރު ނުގަނެ އަމިއްލަ ޙައްޤާއި ޤައުމުގެ ޙައްޤުގައި ތެދުވެ އަޑު އުފުލާ.
ެއެކަހެރު
23 August 2021
މިއަދު މާ ލަސްވެއްޖެއެއްނު؟ އިއްޔެގަ އެ ފަޅު ވިއްކިއިރު ނުޖެއްސި މައްސަލައެއް މިހާރު ޖައްސަންޖެހޭތަ؟ ފަޅު އެއީ މިހާރު އެހެން ބައެއްގެ މިލްކެއް. އަހަރުތަކަަކަށް ވިޔަސް.
މުހައްމަދު
22 August 2021
އެނބޫދޫ ފަޅު ޕްރޮޖެކްޓަކީ ޔާމީންގެ ދުރުވިސްނުންނެތްކަން ހާމަކޮށްދޭ ޕްރޮޖެކްޓެކެވެ. މުސްތަޤްބަލުގައި މި ވެލާނާ އެއަރޕޯޓް އަޅަންއޮތް އެންމެ ރަނގަޅު ތަނަކީ އެތަނެވެ. ހުޅުލޭ އެއާރޕޯޓަކީ މީގެ 10 އަހަރުފަހުން ފުރިފައިވާ އަދު ބޮޑުކުރެވެންނެތް ތަނަކަށްވާނެއެވެ. މާލެއާއި ހުޅުލެ އަދި ހުޅުމާލެއަކީ މުސްތަޤްބަލުގައި އާރބަން އޭރިޔާއެކެވެ. ގެއާއި ބަދިގެއާއި ދޭތެރޭގައި ބޮޑެތި އެއާރޕޯޓް އެޅުން ބުއްދިވެރިއެއްނުވާނެއެވެ.
އިމާދު / އައްޑޫސިޓީ
22 August 2021
މުޙައްމަދު ތިޔަ ބުނީ ވަރަށް ބުއްދިވެރި ވާހަކަ އެއް. އެހެންވެ އަހަރުމެން މިބުނަނީ އައްދޫ ގަމާއި ހަނިމާދޫ އަވަހަށް ތަރައްޤީ ކުރާށޭ. އެއްރަށް ދައުލަތް ސިޔާސަތު ނުގެންގުޅޭށޭ.
ނަސީ
22 August 2021
ތިގޮތަކައް ވިއްކިގެންނުވާނެ
ވަކަޖެމް
23 August 2021
އެމީހަކަށް ލިބި ފައިވާ މުދަލެއް ނުވިއްކެންވީ ކީއްވެ؟
ކޮނޮޮ
22 August 2021
3000 ވަޒީފާއިން ދިވެހިންނަށ ލިބެނީ ކިތައްވަޒީފާތޯ ބަލާފަ އެހިމަނ ާ 3000 ވަޒީފާގެ ފުރުސަތު އޮތުމަކުން އަހުރުމެނަށް ކީއްl
ބޮނޮ
23 August 2021
އެތަކު ނެތެއްނު ދިވެހިންނަށް ހުރި ވަޒީ ފާއެކޭ؟
ފޫހި
22 August 2021
މިއީ ބޮޑު ޖަރީމާއެއް. ބޮޑު ތިލަފަޅެއް ކޮރޮޕްޝަންތެރޭން 99 އަހަރަށް ދިން ބަޔަކަށް އަދަބުދޭންޖެހޭ. ވިސްނާލާ އެމްޓީސީސީ އަށް ހިއްކާލެވޭވަރުގެ ތިލަ ދިގު ފަޅެއްދިނީ ކީއްވެ؟ މިހާރު އެވިއްކާލަނީ ދައުލަތަށް ލިބޭނެ އެއްވެސް އެއްޗެއްނެތް. ރައްޔިތުންނާއި އަންނަންއޮތް ޖީލަށްދެވޭ ބޮޑުގެއްލުމެއް. މިކަން ހުއްޓުވާ.
ކޮސްޔާމީން
22 August 2021
ފަޅުގަނެފަޔޭ އޮތީ… 771 މިލިޔަން ރުފިޔާ ދައުލަތަށްދީފަ.. (50 މިލިޔަން ޑޮލަރު) . ޕޮއިންޓަކީ ކިހިނެއް ހަދާލި ރީތި ފިގާއެންހޭ.. މާލެޔާ އެންމެ ކާރި އޮތް އެންމެ ބޮޑުފަޅު ކޮންޓުރޯލް މިކުރަނީ ތައިލޭންޑު މަހުޖަނެއް…
ހަސަނު1
22 August 2021
50 މިލިއަން ޑޮލަރު ވީތަނެއް ހޯދަން ދާންވީ ޔާމީނާއި އަދީބު ކައިރިއަށްތަ؟
ބަތީލާ
23 August 2021
އަސް ކޮށިން ނިކުމެގެން ހިގެއްޖެ. އެކަންކުރި މީހުންނާއި އަތްޖެހި މީހުން ވެސް އުޅޭނެތާ.