23 އޯގަސްޓް 2021 - 17:47
އަފްގާނިސްތާނުގައި ތިބި ބިދޭސީ ސިފައިން އެ ގައުމުން ފޭބުމަށް އެމެރިކާ އިން ކަނޑައެޅި ތާރީހު ކަމަށްވާ އޮގަސްޓް 31 އަކީ، އެމެރިކާ ސިފައިންނާއި ތާލިބާނުންނާ ދެމެދު ދަމާލެވިފައިވާ ރަތް ރޮނގެއް ކަމަށް، ތާލިބާނުން މިއަދު ބުނެފި އެވެ.
އެމެރިކާގެ ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ބުނި ގޮތުގައި އޮގަސްޓް 31 ގެ ފަހުން ބިދޭސީ ސިފައިން އަފްގާނިސްތާނުގައި ތިބުމުގެ މުއްދަތު އިތުރެއް ނުކުރެވޭނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މިހާރު ވެސް ވިދާޅުވަމުން ގެންދަވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބާލައި ނިންމުމަށް ކަނޑައަޅާފައިވާ ތާރީހުގެ ފަހުން، އެމެރިކާ ސިފައިން އެ ގައުމުގައި ބައިތިއްބާކަށް ބޭނުން ނޫން ކަމަށެވެ. ނަމަވެސް، އަފްގާނިސްތާނުން ބޭރަށް ގެންދަންޖެހޭ ހުރިހާ މީހުން އެ ގައުމުން ބޭރު ކުރެވެންދެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބެންޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމީހުން އަފްގާނިސްތާނުގައި ތިބޭ މުއްދަތު އިތުރުކޮށްފި ނަމަ އޭގެ މާނައަކީ، އަފްގާނިސްތާނުގެ އަޅުވެތިކަމުގެ މުއްދަތު އިތުރުކުރުން. އެ މުއްދަތު އިތުރުކުރާ ނަމަ، އެމެރިކާ އާއި ތާލިބާނުންނާ ދެމެދު އިތުބާރު ގެއްލިގެން ދާނެ،" ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝާހީން ބުންޏެވެ.
ތަރުޖަމާނު ބުނި ގޮތުގައި އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިންނާ އެކު ގައުމު ދޫކޮށް ދަނީ، ތާލިބާނުންގެ ވެރިކަމެއްގެ ދަށުގައި ތިބެން ބޭނުންވާތީ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި އެމީހުން ގައުމު ދޫކޮށް ދަނީ، އިގްތިސާދީ ދަތިތަކެއް ހުރުމުން އެކަމުން ސަލާމަތްވާން ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ތާލިބާނުންނާ އެކުގައި ދިރިއުޅެން ބިރުގަންނަ ކަމަށް އެއްވެސް މީހަކު ބުނާ ނަމަ، އެއީ ފަސޭހައިން ހުޅަނގުގެ ގައުމަކަށް ދެވޭނެ މަގެއް ހޯދުމަށްޓަކައި ދައްކާ ވާހަކައެއް،" ތާލިބާނުންގެ ތަރުޖަމާނު ބުންޏެވެ.
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމުން ވެރިކަން ވެއްޓި، ތާލިބާނުން ގައުމު ހިފުމާ އެކު، އެ ގައުމު ދޫކޮށް އެމެރިކާ އާއި ނޭޓޯ ސިފައިންނާ އެކު ދާން ބޭނުންވާ، އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު، ކާބުލްގެ ވައިގެ ބަނދަރަށް ދަނީ ޖަމާވަމުންނެވެ. ވައިގެ ބަނދަރަށް ވަންނަ ދޮރޯށި ދޮށަށް ޖަމާވި މީހުން ފިތިބާރުވުމުގެ ސަބަބުން، މިދިޔަ ތިން ދުވަހުގެ ތެރޭގައި 20 މީހުން މަރުވި އެވެ.
އޭގެ އިތުރުން، ބަޔަކު ގޮވައިގެން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ފުރި އިރު، އެ ބޯޓުގެ ބޭރުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ، ބޯޓު މައްޗަށް އެރިފަހުން ވެއްޓި މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރްފާން
24 August 2021
ތިޔަގައުމު ވޭތުވެދިޔަތާނގާ އޮތްގޮތަށްވުރެ މިހާރު ވާންތިއުޅޭގޮތް މާ ރަނގަޅުވާނެ. އަދި ގައުމަށް ދިރުން އައިސް ގައުމުގާ ހަމަޖެހުން އާލާވާނެ. ތަނަކަށް ބައެއްގެ ނުފޫޒުވަދެ ގައުމެއް ޚިސޯރުކޮށްގެން ބަޔަކު އުޅޭނަމަ އެގައުމެއްގާ ހަމަޖެހުމެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ދެންދާނީ ރަނގަޅަށް.
ށަޒަން
24 August 2021
ތާލިބާނުންނަކީ ކަންކަން ރަނގަޅުކުރަން އުޅޭބައެއްތަ؟ ޢަންހެނަކަށް ކިޔަވަން އެއްވެސް ސްކޫލްކަށް ދެވެނީކީނޫން 2ލޯ ނޫންތަނެއް ފެންނަން ހުރެއްޖެނަމަ އެމީހަކު މަރަންވީ، ދާރުލްއާސާރެއްގައިވެސް 3000 އަހަރުވީބުދެއްވެސް ހުރެގެންނުވޭ މިމީހުނެކޭ ރާއްޖޭގައި މިއުޅޭ ޝެއިހުންނެކޭ އެއްވެސް ތަފާތެއްނެތް ދީން ހަތިޔާރަކަށް ހަދައިގެން މިމީހުންގެ އަމިއްލައެދުންތަކަށް ގޮސް ހުސްވެފައިވާ ޔަހޫދީންބޭނުންވާގޮތައް ކަން ކަން ކުރަމުން އެމީހުންގެއަތުން ފައިސާ ނަގައިގެން އުޅޭބަ
ރޮނގު
23 August 2021
ތިޔަ ތަން ބަލަން މިތިބީ