އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޔަމަން ބައްދަލު ކުރިމެޗުގައި ކޯޗު ރިކީ ހާބަޓް. --. ފޮޓޯ:ނިޝާން އަލީ/ މިހާރު
05 ޖޫން 2016 - 07:42
އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ކުޅެން ގައުމީ ޓީމު މިއަދު ގަތަރަށް ފުރި އިރު ކޯޗު ރިކީ ހާބަޓް ނުލައި ފުރައިފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ މަގާމުން ވަކިކުރާނެ އެވެ. އަދި ޔަމަނު މެޗުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހެފޫޒެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޔަމަން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު ހާބަޓަށް ވަނީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާުޒުވެފަ އެވެ. ހާބަޓްގެ އިސްތިއުފާ އަށް ސަޕޯޓަރުން ގޮވާފައި ވާއިރު އޭނާ ބުނެފައި ވަނީ މަގާމާ މެދު ގޮތެއް ނިންމާނީ އެފްއޭއެމް އިން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޑިއޯލާ
05 June 2016
ކޮންމެ މީހަކު ގެނެޔަސް ރާއްޖެއަކަށް މިނޫންވަރެއްނުވާނެ! ރާއްޖޭގެ ފުޓުބޯޅައަށް މަވާ ސަލާން!
ޝާން ދަވޭލްޝާކް ސާރވެޔަރ
05 June 2016
އިސްތަވާން އުރުބާނީ އަލުން ގެނައުން އެދެން. ގައުމީ ޓީމު އެންމެ ރީތި ކުޅުމެއް ކުޅުނީ އޭނާގެ އިރުޝާދުގެ ދަށުން. އެންމެ ރަނގަޅު އޮޕްޝަނަކީ އަދިވެސް ޕޮޕޮވް. އެކަމު ދެން ހިޔެއް ނުވޭ އޭނަ އަނބުރާ ރާއްޖެ އަންނާނެހެނެއް.
ސޮލިއުޝަން
05 June 2016
ޕޮޕޯވް ފޮނުވާލުން އެއީ ރާއްޖެއިން ހެދި އެންމެބޮޑު މިސްޓޭކް. އޭނާގެ ދަށުން ޓީމް އިމްޕްރޫވް ވަމުން އަންނަނިކޮށް ބައެއްގެ ޒާތީ ހަސަދައިގެ ސަބަބުން އޭނާ ފޮނުވާލުމުން މުޅިޓީމް ބައިބައިވެ ރޫޅިގެންދިޔައީ، އަދި އެއާއެކު މުޅިރާއްޖޭގެ ފުޓުބޯޅަ އަނދަވަޅަކަށް ވެއްޓުނީ.
އޭނާ
05 June 2016
ރެއާލްމެޑްރިޑްގެ ކޯޗް ގެނަޔަސް ތިޔަ ދިވެހި ޓީމް ވާނީ ހަމަ ތިޔަ ޓީމަށް.. ޓީމްގެ ނެތް ފެންވަރެއް ނުދެއްކޭނެ ކިތަންމެ މޮޅު ކޯޗެއް ގެނަޔަސް..
ކަމަނާ
05 June 2016
މޮޔަފުޅު ވެގެން އުޅޭ ބައެއްތަ!! ބަލަ ނެތް ދިޔައެއް ނުފެލޭނެޔޭ!!!.
އަލީ
05 June 2016
ރަގަޅު ނިންމުމެއްކަމުގައި ދެކެން. ޓީމައް ކާމިޔާބު ހޯދައި ނުދެވުނު ކޯޗެއް އަދި މިކޯޗުގެ އިރުޝާދުގެދަށުން ޓީމުދަނީ ރަގަޅުމިސްރާބަކައްކަމާމެދު ވެސް ޝައްކު. އަހަރެންގެ ނަޒަރުގައި ދިވެހިޓީމައް ލިބުނު އެންމެ ރަގަޅު ކޯޗުންނަކީ އުރުބާނީ އާއި ޕޮޕޯވް ރަގަޅު މިދެމީހުންގެ އިރުޝާދުގެ ދަށުން އެންމެ ރަގަޅު ނަތީޖާ ހޯދައި ނުދެވުނަސް ޓީމުގެ ފެންވަރު ރަގަޅުވަމުން އައިކަން ފާހަގަ ކުރެވުނު. އިތުރު ވަގުތު ލިބުނުނަމަ ފަހަރުގަ ޓީމައް ވަރައްރަގަޅު ނަތީޖާތަކެއްވެސް ހޯދުނީސަކަމައް ދެކަން.
ޢިބްރާހީމް
05 June 2016
އުފާވެރިހަބަރެއް. ރަގަޅު ވާހެން އެބަހީވޭ -އިބްރާހީމް-
މޮހޮދު
05 June 2016
މިއީ ދިވެހިންގެ މައްސަލައަކީ! ކޯޗަކަށް ދޭންވާ ވަރަށް ވަގުތު ނުދި ދެއިރު ކާ ބޭސްގުޅައެއްހެން ކޯޗުން ބަދަލުކުރަންޏާ ކިހިނެއް ޓީމްގެ ކުޅުން ރަނގަޅުވަނީ. ކޯޗަށްވެސް ވަގުތުދޭންޖެހޭ. މީގައި އުޅެނީ ހަމައެކަނި ކޯޗުގެ މައްސަލައެއް ނޫން. ކުޅުންތެރިންވެސް މިޔަށްވުރެ ރަނގަޅުވާން އެބަޖެހެ. މަސައްކަތް ރަނގަޅުކުރަން ޖެހޭ!
ބޮޑު ހުސޭނު
05 June 2016
ބޭބެ ދެންނުކަހާ އަވަހަށް ރަށަށް ދެވޭތޯ ބަލާ..... ތިޔަނޫންވަރެއް ނުވާނެ ކިތަންމެ މޮޅުމީހަކު ގެނަޔަސް. ވަރަށް ސަލާމް ދިވެހި ފުޓްބޯޅަ އަށް...
ހުސެއިން
05 June 2016
މޮރީނިއޯ ގެންނަން މަށައް ފެނޭ