އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސީއެލް
30 އޯގަސްޓް 2021 - 15:04
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީ ޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ އެ ޓާމިނަލުގައި ލައުންޖު ހިންގޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ރިސޯޓުތަކާއި ސީޕްލޭން އޮޕަރޭޓަރުންނާއި ޓުއާ އޮޕަރޭޓަރުންނަށް ކަމަށެވެ. މިގޮތަށް ދޫކުރާ ލައުންޖުތައް ހިންގާނީ އެމްއޭސީއެލްގެ ގަވާއިދުގެ ތެރެއިން ބިޑު ކާމިޔާބު ކުރާ ބަޔަކު ބޭނުން ގޮތަކަށެވެ.
މި ލައުންޖުތަކަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 27ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ. ބިޑު ހުށަހަޅަން އަންނަ މަހުގެ 12ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ނުވަތަ އެއާ އެއްވަރަށްވާ ދިވެހި ރުފިޔާ (154،200ރ.) ދައްކަން ޖެހޭނެ އެވެ.
އެގްޒެކެޓިވް ލައުންޖް އެމްއޭސީއެލް އިން ދޫކުރާނީ ގޮޅިތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެއްގޮޅިއަށްވުރެ ގިނަ ގޮޅިތަކަށް ވެސް އެއް ފަރާތަކަށް ބިޑު ހުށަހެޅޭނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ސީޕްލޭން ޓާމިނަލެއް ތަރައްގީ ކޮށްފައިވަނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ. މި ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު) ހުންނާނެ އެވެ.
އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމައަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އާ ޓާމިނަލްގެ ޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއްފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 August 2021
ދައުލަތުގެ ކުންފުންޏަކުން މިފަދަބިޑަކަށް ހުޅުވާލާއިރު ރާއްޖޭގެ ކޮންމެރިސޯޓަކަށް އަދި ޓްއަރ އޮޕަރޭޓް ލައިސެންސްނަގާފައިވާ ކޮންމެފަރާތަކަށް ކުރިމަތިލާން ފުރުސަތުދޭއިރު ދައުލަތާއި ރައްޔަތް ޙިއްސާވާ އެއްގަމާއި ކަނޑުގެ ދަތުރު ފަތުރުގެ ދާއިރާގައި ވަރަށްބޮޑަށް ހިދުމަތްދެމުންގެންދާ "ރައްޔިތުންގެ ކުންފުނި" MTCC އަށް ބިޑަށް ކުރިމަތިލުމަށް ފުރުސަތު ގެއްލޭގޮތަށް އޮތުމަކީ ވަރަށް ދެރަކަމެއް. # އުއްމީދަކީ އެމްޓީސީސީ އިން މިކަމަށް ކުރިމަތިލާން މަސައްކަތްކުރުން.
އަށްގޮދާ
30 August 2021
ރައީސަކުގެ ދުރުވިސްނުން... އަމިއްލަ ފައިމައްޗައް ތެދުވަން މަސައްކަތް ކޮށްފަ ހުރިކަން އެބަފެނޭ... ކޮބާ އަދިވެސް އާރަންވޭ ނުހުޅުވަ. ރައީސް ސޯލިހް ލަދުފުޅުންތޯ ނުހުޅުވަނީ....
ނިރު
30 August 2021
އެމް އޭ ސިލް އަށް ތިތަން ނުހިންގި ކުޑައަގެއްގަ ބަޔަކަށް ކުއްޔަށް ދޭން ޖެހުމަކީ ލަދުވެތި ކަމެއް... 25 އަހަރަށްވުރެ ގިނަދުވަހުގެ ތަޖްރިބާލިބިފަވާ އިގިރޭސި ސީއޯއެއް ގެނެސްފައޯ އެހުރީ އެމް އޭ ސީ އެލް ހިންގަން.
ޯކޖޖ
30 August 2021
ރޔާމީނު ކިހާމަސައްކަތެ ކޮށްފައި އޮތީމަތަ މި ގަައުމުގެ ރަައްޔިތުންނަ ފެންނާނީ.
ޖޖކުު
31 August 2021
ކޭ ތަންކޮޅު އެކަންޏޯ ބަލަން ބޭނުންވަނީ. މުޅި ގައުމު ފުރާ ތަރައްގީ ގެނެސްދީފަ މާރުވެގެން ޖީބަށް ވައްޓާލި 2 ރުފިޔާގަ އެންމެން ހިފަނީ.