ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހުލޫފުގެ އިންތިހާބީ ޝަކުވާގެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ބަލަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު: އޭނާގެ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަނީ ފަށާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން އޭނާ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފި އެވެ.

އެ މައްސަލަ ބަލަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 8:30 ގައި ބާއްވާތީ އެ ޕާޓީގެ އޮފީހަށް ހާޒިރުވުމަށް މަހްލޫފަށް ވަނީ އަންގައިފަ އެވެ. އެ އެންގުމުގައި ވަނީ އޭނާ ބޭނުން ނަމަ ވަކީލަކާ އެކު ވަޑައިގަތުމަށެވެ.

މަހްލޫފު ހުށަހެޅުއްވި މައްސަލަ ބަލަނީ މިދިޔަ ހަފުތާގައި އަލަށް އައްޔަންކުރި އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުންނެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ރިޔާސަތު ބަލަހައްޓަވާ އެ މަޖީލިހުގެ އަޣުލަބިއްޔަތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ވަކި ތުހުމަތުތަކުން ބަރީއަ ވެގެންވާ މީހުންނަށް ނޫނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް މީގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް މަހްލޫފުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށާއި އޭނާގެ ކެންޑިޑެސީ ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ކަނޑައަޅާފައި ލިސްޓުގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު މަހްލޫފަށް ކުރާއިރު، އޭނާގެ މައްސަލަ އޭސީސީން ބެލުމަށް ފަހު ވަނީ ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު، އެތައް ދުވަހެއް ވީއިރު ވެސް އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީން ކޯޓަކަށް ނުފޮނުވަ އެވެ.

ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބަށް މަހްލޫފުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނަމަވެސް އޭނާ ގަބޫލު ކުރައްވަނީ އެއީ އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ.

ހިޔާނާތާ ގުޅިގެން ވަޒީރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ވިދާޅުވެފައި ވަނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމުމަކީ އެ ޕާޓީން ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.

މަހްލޫފު، އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ބުނެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސްލީ

06 September 2021

ރައީސް ޔާމިނު އުޅުނުހެން ދޯ މިހާރު އިބޫ މިއުޅެނީ. ޥަރަށް މޮޅު. މީނަ ހެދި ކޮމިޝަނަށް ސިޓީ ފޮނުވާފަ. ދައުރު ނިމިފައި އޮތް ގައުމީ މަޖިލީހަކުން ކެބިނެޓު ގެންގޮސްގެން އިސްތިއުނާފު މަޖިލިސް ބަދަލުކޮށްފަ މަހުލޫފު އަލުން އިންތިހާބުގައި ވާދަ ކުރައްވަނީ. ޥަރަށް ސަޅި

The name is already taken The name is available. Register?

ބަައިރޯ

06 September 2021

މީނައަށް އެމް.ޑީ.ޕީ މީހަކު ވޯޓެއް ނުދޭނެ

The name is already taken The name is available. Register?

ޢިބޫ

06 September 2021

ރައްޔިތުން ބައިނުގަތް މެންބަރުންތަކެއް ހޮވައިގެން ބޭނުން އެއްޗެއް ހެދޭނީ 2023 ހަމަޔަށް އެހިސާބުން .. ފުރުސަތެއް ރައްޔިތުން ނުދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454