އީސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އާސިފް މަގާމާ ހަވާލުވާން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
06 ސެޕްޓެމްބަރ 2021 - 13:09
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މުހައްމަދު އާސިފް މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަގާމަށް ހ. އިރުވައި، އާސިފް އައްޔަންކުރެއްވީ މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މުހައްމަދު އާސިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި އެސިސްޓަންޓް ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އީސީ އަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވެވި އެވެ. އެއީ އާސިފްގެ އިތުރުން ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ ޅ. ހިންނަވަރު އާއި އަހުމަދު މަންސީރު، ވ. ރިވެތި އާއި މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ ހއ. ކެލާ އަދި އަޒްލީމާ އަހުމަދު، ދަފްތަރު ނަމްބަރު ރސ. 341-94 އެވެ.
އީސީގެ މެމްބަރު ކަމަށް ފުރުސަތު ހުޅުވާލީ ކުރިން އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޝަރީފް އިސްތިއުފާ ދެއްވައި ރައީސަށް ފޮނުއްވި ސިޓީގައި، ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރެއްވެތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެ އެވެ.
އީސީގެ މެމްބަރުކަމަށް ޝަރީފް އައްޔަނު ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗު 6، 2018 ގައި އޭރު ރައީސްކަން ކުރެއްވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޝް
06 September 2021
މަރު ޙަބާ