ދުނިޔެ / މަތިންދާބޯޓު ވެއްޓުން

ވެއްޓުނު ބޯޓުން ދަތުރު ނުކުރެވުނު ހަތަރު މީހުންގެ ވާހަކަ

ވެއްޓުނު ބޯޓުން ދަތުރުކުރާ ގޮތަށް ކުރިން ހަމަޖެހިފައިވާ ޕަސިންޖަރެއް ކަމަށްވާ މެރިސިއޯ (ކ) ފުޓުބޯޅަ ޓީމުގެ ސްޓޭޑިއަމަށް ޒިޔާރަތް ކުރަނީ. --ފޮޓޯ:ސީއެންއެން

ބޮގޯޓާ (ޑިސެމްބަރު 1) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓުން ދަތުރު ކުރަން ހަމަޖެހި އެކަމަކު އެ ބޯޓުން ހަތަރު މީހަކު އެންމެ ފަހު ވަގުތު ދަތުރެއް ނުކުރެ އެވެ.

ކޮލަމްބިއާގެ މެޑެޔިން އަށް ޖައްސަން ފަސް މޭލަށް ކައިރިވެފައި ވަނިކޮށް ބޮލީވިއާގެ އެއާލައިނަކުން ޗާޓަރުކޮށްފައިވާ ލަމިއާ 2933 ފްލައިޓް ވެއްޓުނު ހާދިސާގައި ވަނީ ބޯޓުގައި ތިބި 77 މީހުންގެ ތެރޭން 71 މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ސަލާމަތްވީ ހަ މީހުންނެވެ. އެއީ ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެކެވެ. ފުޓުބޯޅަ ޓީމުގެ 31 އަހަރުގެ ގޯލް ކީޕަރު ވަނީ ހޮސްޕިޓަލް ގެންދިއުމުގެ މަގުމަތީގައި މަރުވެފަ އެވެ.

ކޮލަމްބިއާގެ މެޑެޔިންގެ ފަރުބަދަ މަތީގެ ހިސާބަށް ބޯޓު ވެއްޓިފައި. --ފޮޓޯ:ސީއެންއެން

ބޯޓުން ދަތުރު ކުރަން ހަމަޖެހި އެކަމަކު އެންމެ ފަހު ވަގުތު ފްލައިޓް ބަދަލުކުރި އެކަކީ ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމު ޗަޕެކޮއެންސްގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށްވާ އަދި އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ގެލްސން މެރިސިއޯ އެވެ. އޭނާ ހުރީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލްއާ އެކު ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅޭ މެޗު ބަލާލަން ޓީމާ އެކު ދަތުރު ކުރަން ކެތް މަދުވެފަ އެވެ. އެކަމަކު މެރިސިއޯ، 50، އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރީ އޭނާގެ މަސައްކަތް ހުރި ގޮތުންނެވެ.

"ޓީމާ އެކު އަޅުގަނޑު ދަތުރު ކުރަން އޮތީ ހަމަޖެހިފައި. އެކަމަކު އެންމެ ފަހު ވަގުތު ޝެޑިއުލް ބަދަލު ކުރަން ޖެހުނީ މަސައްކަތް ހުރި ގޮތުން،" މެރިސިއޯގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުޓުބޯޅަ ޓީމުގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ހިތާމަ ފާޅުކުރަނީ. --ފޮޓޯ:ރޮއިޓާސް

ބޯޓުން ދަތުރުކުރަން ހަމަޖެހުނު އެކަކީ ނޫސްވެރިއެއް ކަމަށްވާ އިވާން ކާލޯސް އަގްނޮލެޓޯ އެވެ. އޭނާ ބުނީ ބޯޓުން އޭނާ އަށް ލިބުނު ސީޓް ފަހު ގަޑީގައި ދޫކޮށްލީ އޭނާއާ އެކު މަސައްކަތް ކުރާ އެހެން ނޫސްވެރިއެެއް ކަމަށްވާ ގެލްސަން ގަލިއޮޓޯ މާ ބޮޑަށް ޓީމާ އެކު ދަތުރުކޮށް ފައިނަލް މެޗު ކަވަރު ކުރަން ބޭނުންވެފައި ހުރުމުން ކަަމަށެވެ.

"އެންމެ ފުރަތަމަ ޓީމާ އެކު ދަތުރު ކުރަން އޮތީ އަޅުގަނޑު. އެކަމަކު އަޅުގަނޑުގެ ރަހުމަތްތެރިޔާ ބުނީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލް މެޗު ކަވަރު ކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް. އެހެންވެ އެ ފުރުސަތު އޭނާ އަށް ދިނީ. ޓީމާ އެކު ދެވޭތީ ބުނަން ނޭނގޭ ވަރުގެ އުފަލެއް ލިބުނު ކަމަށް ރަހުމަތްތެރިޔާ ބުނި،" އަގްނޮލެއްޓޯ ބުންޏެވެ.

އޭނާ ބުނީ ބޯޓު ވެއްޓުނު ޚަބަރު ލިބުމާ އެކު ކުރެވުނީ "އެ ހާދިސާގައި އޭނާ ވެސް މަރުވުން ފަދަ އިހުސާސެއް" ކަމަށެވެ.

މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ބްރެޒިލް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަލަން ރުޝެލް. --ފޮޓޯ:އޭއެފްޕީ

ބޯޓުން ދެން ދަތުރު ކުރަން ހަމަޖެހިފައި ވަނީ ފުޓުބޯޅަ ޓީމު ނިސްބަތްވާ ޓައުނުގެ މޭޔަރު ލޫސިއާނޯ ބުލިގޮން އާއި ކްލަބުގެ ބޯޑުގެ ރައީސް ޕްލިނިއޯ ޑޭވިޑް ޑި ނެސް ފިލިހޯ އެވެ. އެ ދެ މީހުންނަށް ވެސް ޓީމާ އެކު ދަތުރު ނުކުރެވުނީ ސައޮ ޕޯލޯގައި އޮތް ބައްދަލުވުމަކަށް ދާން ޖެހުމުންނެވެ.

ބުލިގޮން ވިދާޅުވީ އޭނާ ސަލާމަތްވި ގޮތް އެނގޭނީ ކަލާނގެ އަށް ކަމަށާއި މިއީ އެ ސިޓީ އަށް ކުރިމަތިވި އެންމެ ބޮޑު ހިތާމަ ކަމަށެވެ.

ކްލަބުގެ ރައީސް ޕްލީނިއޯ ބުނީ ނެތިގެން އެ ދިޔައީ ހަމައެކަނި ވަކިވަކި ކުޅުންތެރިންތަކެއް ނޫން ކަމަށާއި އެއީ އެއް އާއިލާއެއް ކަމަށެވެ.

"ޓީމު ފުރުވަން ދިޔައިރު ކުޅުންތެރިން ބުނި އެ މީހުން މިދަނީ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭން ކަމަށް. އެ މީހުންގެ ހުވަފެން އަހަރެމެންގެ ޖަޒުބާތާ އެކު ހިއްސާ ކުރަން،" ޕްލީނިއޯ ބުންޏެވެ.

މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ކުޅުންތެރިން މަރުުވި ބްރެޒިލްގެ ފުޓުބޯޅަ ޓީމުގެ ރައީސް

ވެއްޓުނު ބޯޓު ވަނީ މީގެ ދެ ހަފުތާ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުމަށް ސެމް ހުއާން އަށް ދަތުރު ކުރުމަށް ސުޕަސްޓާ ލިއޮނެލް މެސީއާ އެކު އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު ވެސް ބޭނުންކޮށްފަ އެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސް ރިއަލްގެ ކުޅުންތެރިން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ބްރެޒިލް ޓީމާ ދެކޮޅަށް ފައިނަލުގައި އުޅެން އޮތީ ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލް އެވެ. ނަމަވެސް ކޮލަމްބިއާގެ ޓީމުން ބޭނުން ވަނީ ބްރެޒިލްގެ ޗަޕެކޮއެންސަށް ތަށި ހަވާލު ކުރުމަށެވެ. ބޯޓު ވެއްޓުނު ހާދިސާގައި ފުޓުބޯޅަ ޓީމުން 19 ކުޅުންތެރިން މަރުވި އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާ

02 December 2016

ހަމަ މިފަދައިން އިސްލާމީ ގައުމުތަކުގައި މުސްލިމުންނަށް ލިބެމުންދާ ގެއްލުން ތަކާއި އަނިޔާ ތަކުގެ ވާހަކަ ދައްކަނެ ނޫސްވެރިން ދުނިޔޭގައި އަދި މިރާއްޖޭގައި މަދީ ކީއްވެގެން ބާވައެވެ. ހަމަގައިމުވެސް ކިޔުންތެރިންނާ ހަމަޔަށް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ވާޖިބެކެވެ.

The name is already taken The name is available. Register?

ސުވަދީވް ރަދުން

02 December 2016

އިންސާނިށްޔަތަށް ލިބޭ ހިތާމައިގަ އުފާކުރުމަކީ ވަރަށް ދެރަކަމެށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454