ދުނިޔެ / އަފްޣާނިސްތާން

އަފްގާނު ރައްޔިތުން ގޮތް ހުސްވެ، ހަރުމުދާ ވިއްކަނީ

އާމްދަނީ ހޯދުމުގެ ގޮތުން އަފްގާނު ރައްޔިތަކު ވެރިރަށް ކާބުލްގައި ހުސްފުޅިތަކެއް ވިއްކަން ހިނގަނީ. --އޭއެފްޕީ

14 ސެޕްޓެމްބަރ 2021 - 10:27

3 comments

އެމެރިކާ އާއި ނޭޓޯ ސިފައިން ކުއްލި ގޮތަކަށް އަފްގާނިސްތާނުން ފައިބައިގެން ދިޔުމާއި، އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ގައުމު ހިފުމާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި، އެ ގައުމުގެ އާންމު ރައްޔިތުން ގޮތް ހުސްވެ، އެންމެ ފަހުން ހަރުމުދާތައް ވިއްކަން ފަށައިފި އެވެ.

ވެރިރަށް ކާބުލްގެ ޗަމަންއޭ ހޮޒޯރީ ކިޔާ އަވަށް މިހާރު ބަދަލުވަމުން އަންނަނީ، އާންމު ރައްޔިތުންގެ އަތުގައި ހުރި ހަރުމުދަލާއި ގެވެހި ސާމާނު ނުއަގުގައި ވިއްކާ ބާޒާރަކަށެވެ. ގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އަންނައުނު ހިފައިގެން ކޮންމެ ދުވަހަކު ވެސް އެކި ސަރަހައްދުތަކުން މީހުން އެއަވަށަށް ޖަމާވަމުން ދެ އެވެ.

އެ ތަނުގައި މިހާރު އާންމުކޮށް ފެންނަން ހުރި ތަކެތީގެ ތެރޭގައި އައިސް އަލަމާރި، ދޮންނަ މެޝިން، ފަންކާ، ބާލީސް، ގޮދަނޑި، ކަންނެޔޮ، ދޮރުފޮތި، ރަޖާ، އެނދު، ތެލިތައްޓާއި ސަމުސާ، އެނޫން ގެވެހި ކިތަންމެ ސާމާނަކާއި ފަރުނީޗަރުގެ ބާވަތްތައް ހިމެނެ އެވެ.

ތަކެތި ވިއްކައިގެން ފައިސާކޮޅެއް ހޯދުމުގެ އުންމީދުގައި އެ ތަނަށް އައިސް ތިބި ބައެއް މީހުން، އަލް ޖަޒީރާ ޓީވީ އަށް ކިޔައިދިން ގޮތުގައި، އެމީހުން އެތަނަށް އައިސް ތިބީ ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ކުރި މަސައްކަތުން ގަނެފައި ހުރި ހުރިހާ ތަކެއްޗެއް ހިފައިގެންނެވެ.

ސަރުކާރު ވެސް ރަނގަޅަށް ހިނގައިނުގަންނާތީ އާއި، ތާލިބާނުން ގައުމު ހިފުމާ ގުޅިގެން، ބަންދުކުރި ކާރުޚާނާތަކާއި ވިޔަފާރި ކުންފުނިތައް އަދިވެސް ނުހުޅުވާތީ، އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން، ހަރުމުދާކޮޅު ވިއްކުން ނޫން ގޮތެއް ނެތް ކަމަށް އެމީހުން ބުނެ އެވެ.

ބައެއް މީހުން ބުނި ގޮތުގައި އެމީހުންގެ އަތުގައި ހުރި ހަރުމުދާކޮޅު ވިއްކައިލަނީ ގޭގައި ތިބި މުސްކުޅި މައިންބަފައިންނާއި އަނބިދަރީންގެ ބަނޑުފުރާނަ މުއްތިކޮށްދެވޭނެ ގޮތެއް ނެތުމުންނެވެ. އަނެއް ބަޔަކު ބުނި ގޮތުގައި، އެމީހުންގެ މުދާކޮޅު ވިއްކައިލަނީ، އަފްގާނިސްތާނު ދޫކޮށް ކޮންމެވެސް އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ އުންމީދުގަ އެވެ.

އާމްދަނީ ހޯދުމުގެ ގޮތުން އަފްގާނު ރައްޔިތަކު ވެރިރަށް ކާބުލްގައި ގާޑިޔަލަކަށް އެއްޗެހިތަކެއް އަރުވައިގެން ވިއްކަން ހިނގަނީ. --އޭއެފްޕީ

ގިނަ އަދަދެއްގެ ދޫލަތަކެއް ހިފައިގެން އެތަނަށް ގޮސް ހުރި މީހަކު ބުނި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ އެ ދޫލަތައް ގަތީ 48،000 އަފްޣާނީ (556 ޑޮލަރު) އަށެވެ. ނަމަވެސް މިއަދު އެ ހުރިހާ ދޫލައެއް ވިއްކައިލިޔަސް 5،000 އަފްޣާނީ (58 ޑޮލަރު) ވެސް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

އޮގަސްޓް 15، 2021 ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ އަފްގާނިސްތާނާ އެކުގައި ކުރަމުން އައި ހުރިހާ މުއާމަލާތެއް ހުއްޓާލައިފަ އެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އަދި އެމެރިކާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް އެ ގައުމަށް ލިބެމުން އައި ބައިނަލްއަގުވާމީ އެހީތައް، އެ މުއައްސަސާތަކުން ވަނީ ހިފަހައްޓައިފަ އެވެ.

ބޭރުގެ މާލީ އެހީތެރިކަން ލިބުން ހުއްޓުމާ ގުޅިގެން، އަފްގާނިސްތާނުގެ ހުރިހާ ބޭންކެއް ހެން މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި އާންމު ތަންތަނުގައި ހުރި އޭޓީއެމްތަކުން ވެސް މިހާރު ފައިސާއެއް ނުލިބެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ވަރަށް މަދު ބޭންކެއް ހުޅުވައިގެން މަސައްކަތް ކުރަމުން އަޔަސް، ހަފުތާއަކު މީހަކަށް ދޫކުރާ ފައިސާގެ އަދަދު ވަނީ 20،000 އަފްޣާނީ (232 ޑޮލަރު) އަށް ދަށްކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ބޭންކުން ދޫކުރާނެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

އެހެންކަމުން އެތައް ގަޑިއިރަކު ބޭންކުގެ ބޭރުގައި ކިޔޫ ޖެހިގެން ތިބުމަށް ފަހު، އެދުވަހަކަށް ކަނޑައަޅާފައިވާ އަދަދަށް ފައިސާ ދޫކޮށް ނިމުނުކަން އިއުލާން ކުރުމުން، ގިނަ މީހުން އެނބުރި ގެއަށް ދާން ޖެހެނީ ހުސްއަތާ އެވެ.

ތާލިބާނުން ގައުމު ހިފައި، ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމުގެ ކުރިން ވެސް، އެ ގައުމުގެ އިގްތިސާދު އައީ މަޑުމަޑުން ހީނަރު ވަމުންނެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ބައެއް ސަރަހައްދުތައް ފުރަބަންދުކުރަން ޖެހުމުގެ އިތުރުން، ހަނަފަސްކަން އިތުރުވެ ދަނޑުވެރިކަމަށް ބުރޫ އެރުމުން، އިގްތިސާދަށް ވަނީ ވަރަށް ބޮޑު ލޮޅުމެއް އަރައިފަ އެވެ.

އެ އަޑިގަނޑުން އަރައިނުގަނެވިގެން އުޅެނިކޮށް، ތާލިބާނުން ގައުމު ހިފުމާ ގުޅިގެން، އިގްތިސާދީ ހާލަތު ގޯހުން ގޯހަށް ދިޔައީ އެވެ.

އދ.ގެ ކާނާއާ ބެހޭ އިދާރާ އިން އިންޒާރުކޮށްފައިވާ ގޮތުގައި، އަވަސް މުއްދަތެއްގެ ތެރޭގައި އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ނުފޮނުވައިފި ނަމަ، އެ ގައުމުގެ ތިން ބައިކުޅަ ދެބައި މީހުން ހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 71%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Coronavirus

15 September 2021

ތިއީ މޮޔާއިން އުޅޭ ގައުމެއް. ތިމާމެންގެ ގައުމު ބިނާ ކުރާނީ ތިމާމެން. ތާލިބާނުންގެ މައްޗަ ގައުމު ދޫކޮއްގެން ނުވާނެ. ތާލިބާނުންނަކީ ޖާހިލުން، އެމީހުންގެ ތެރޭ ތިބީ ހުސް ހަގުރާމަ ކުރާ މީހުން. ގައުމެއް ހިންގޭނެ ބަޔަކު ނުއުޅޭ. ގުރޭޑު ހަތެއްގެ ފެންވަރު ތިބި ބަޔަކު ގައުމު ހިންގާނެ ގޮތެއް ދައްކަބަލަ.

The name is already taken The name is available. Register?

ށަވިޔަނި

14 September 2021

ޔޫޓިއުބުން އަފްޣާނިސްތާނަށް ލިބުނު ކާމިޔާބަކީ ޚުރާސާނުގެ ވާހަކަކަމާއި މަހުދީގެފާނު ފާޅުވާނެކަމާއި ދެން އެލަޝްކަރު މިސްރާބުޖަހާނީ މައްކާއަށްކަމާއި އޭގެފަހުން ގުދުސު މިނިވަންކުރާނެކަމުގެ ވާހަކަ ހަދީސުތަކުން ހެކިދައްކަމުން ބޮޑެތި ޝައިޚުން އެދައްކަނީ ބޯ ގޮވާފަތިބި ބަޔަކު އަތްޖަހަމުންދޭ. އަޑުއެހިމީހަކު ހަމަގަބޫލުކުރާނެ. މަހީހީ ހަލާކު. ﷲ ގެ ނަސްރުލިބޭނީ ބާރުވެސް ހޯދައިގެންކަން މިސޭކުންނަށް ނުވިސްނޭ.

The name is already taken The name is available. Register?

ޙިނި

14 September 2021

ތާލިބާނުން ޕާކިސްތާނުގެ ވެރިކަމާ އަވަހައް ހަވާލުވާންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454