ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެއިން ބޮޑު ކަމަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ ރާއްޖެއިން އެހީވާނެ ފަރާތަކަށް ގުޅުމުގެ ފުރުސަތު އޮންނާނެ. ރާއްޖެ އަށް ބޮޑު އެޝުއަރެންސެއް ލިބިގެންދާނެ. -- ޑރ. ޝަހީދު
އދ. ގެ ރިޔާސަތުގައި ރޭ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ/އދ.
15 ސެޕްޓެމްބަރ 2021 - 08:50
ދުނިޔޭގެ 191 ގައުމު ހިމެނޭ އދ. ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވުމަށް ފަހު، ހަތް ބިލިއަން މީހުންނާ މުހާތަބު ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވަރަށް ފަހުރުވެރިކަމާ އެކު ދިވެހި ބަހުން ވިދާޅުވި އެވެ؛
"ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި... ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މިދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި."
އެމެރިކާގެ ނިއުޔޯކްގައި، "ދުނިޔޭގެ ރިޔާސަތަށް" ރާއްޖެ އިންތިހާބުވުމަށް ފަހު، ރޭ އެ މަގާމާ ހަވާލުވެވަޑައިގަތް ވަގުތުކޮޅަކީ ވަރަށް ހާއްސަ އަދި ތާރީހީ ވަގުތުކޮޅެކެވެ. ދުނިޔޭގެ ކުދި އަދި އެންމެ ބޮޑެތި ގައުމުތަކަށް ވެސް ދާންވީ މަގު ދައްކައި، މައްސަލަތަކާއި ކާރިސާތަކުން އަރައިގަތުމުގައި އެންމެ އިސް ދައުރެއް އަދާ ކުރުމުގެ ޝަރަފު ލިބުނު ވަގުތުކޮޅެވެ.
އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ހަވާލުވެ ވަޑައިގަންނަވަނީ -- ފޮޓޯ/އދ.
"ހަތް ބިލިއަން މީހުންގެ މެދުގައި ބަދަލު ނުވެ އޮތް އެއްޗަކީ އިންސާނިއްޔަތު ކަން. އަދި އުންމީދު. މިއީ އދ. ގެ އަމަލުތައް ހުންނަން ޖެހޭ ގޮތް. އަޅުގަނޑުގެ ފަހަތުގައި ތިބި ހަތް ބިލިއަން މީހުންނަށް އެ ކަންތައްތައް ދައްކަ ދޭން ޖެހޭނެ،" މުޅި ދުނިޔެއާ މުހާތަބު ކުރައްވައި ޝާހިދު ވިދާޅުވި އެވެ.
އދ. ގެ މެންބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ތާއީދާ އެކު އެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ޝާހިދު ވަނީ މިއީ ހަމައެކަނި ރާއްޖެ އަށް ލިބޭ ފަހުރެއްގެ އިތުރުން ގިނަ ފައިދާތަކަކާއި ދޮރުތަކެއް ހުޅުވިގެންދާނެ ފުރުސަތެއް ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
އެ މަގާމުގެ ސަބަބުން ރާއްޖެ އަށް ކުރާނެ ފައިދާތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހާއްސަ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއިން "ބޭނުން ކުރަން ކެރުނު ވަރަކަށް ފައިދާ ކުރާނެ" ވަރުގެ މަގާމެކެވެ. އަދި އެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަތުމުން އޭގެ އެންމެ ފުރިހަމަ ފައިދާ ރާއްޖެ އަަށް ކުރާނެ ކަމާ ދޭތެރޭ އޭނާގެ ޝައްކެއް ނެތެވެ.
މަގާމުގެ ސަބަބުން ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދަށް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވެސް ނެޓްވޯކެއް ބިލްޑުކޮށް މީގެ ކުރިން ގުޅުން ގާއިމް ނުކޮށް ހުރި ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޝާހިދަކީ މި ސަރުކާރުގެ އެންމެ ގާބިލު ވަޒީރު ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އދ. ގެ ރިޔާސަތާ އޭނާ ހަވާލުވެވަޑައިގަތުމުން ރައީސަށާއި އެހެން ވަޒީރުންނަށް ވެސް ފުރުސަތުތައް ތަނަވަސްވެގެން ދާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އެގޮތުން އެކި ދާއިރާތަކުން ކުރި އެރުމަށް ބޭނުންވާ އެހީތައް ހޯދުމުގައި އެތައް ދޮރެއް ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެއިން ބޮޑު ކަމަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ ރާއްޖެއިން އެހީވާނެ ފަރާތަކަށް ގުޅުމުގެ ފުރުސަތު އޮންނާނެ. ރާއްޖެއަށް ބޮޑު އެޝުއަރެންސެއް ލިބިގެންދާނެ. ފަސޭހައިން އެހީތައް ދިވެހިންނަށް ލިބޭނެ،" ޝަހީދު ވިދާޅުވި އެވެ.
އދ. ގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަނީ-- ފޮޓޯ/ އދ.
ޝާހިދު އެ މަގާމުގައި ހުންނެވުމުގެ ސަބަބުން ރާއްޖޭގެ އިތުރުން އދ. އަށް ވެސް ގިނަ ފައިދާތަކެއް ވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. ސަބަބަކީ ރާއްޖެއިން އެ މަސައްކަތުގައި ފައި ނުނެގި ނަމަ އެ މަގާމުގައި ލިބޭނީ އަފްގާނިސްތާނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އަފްގާނިސްތާނުގެ ވެރިކަން ބަދަލުކޮށް، ތާލިބާނުން ވެރިކަން ކުރާތީ އެ ގައުމު އިންތިހާބުވި ނަމަ އދ. އޮންނާނީ ހާސް ކަމެއްގެ ތެރޭގައި ކަމަށް ޝަހީދު ވިދާޅުވި އެވެ.
"އެހެންވެ މިހާރުން މިހާރަށް ވެސް ރާއްޖޭގެ ސަބަބުން ދުނިޔެ އަށް ފައިދާކޮށްފި،" ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަކީ ވަކި ފަރާތަކަށް ނުޖެހޭ ގައުމަކަށް ވާތީ ބޮޑެތި ބާރުތަކުގެ ފިއްތުންތަކުން އެކަހެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އެހެންވެ ރާއްޖެ އާއި އދ. އަށް ވެސް އޭގެން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މިވަރުގެ މަގާމެއް ރާއްޖެ އިން އަދާ މި ކުރަނީ ފުރަތަމަ ފަހަރަށެވެ. މިއީ ދިވެހިންނަށް ވެސް، އަދި ރާއްޖެ އަށް ވެސް ލިބުނު އެންމެ ބޮޑު ޝަރަފެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަސް ވެގެން ދާނީ ރާއްޖޭ ދުނިޔޭގައި އިސްވެ ބަސް އިއްވާ ގައުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަ ފާލު
15 September 2021
ކުރިއަށް އޮތްތަނުގައި ރާއްޖެ އިސްވެ އޮވެ ދުނިޔެއަށް ބަސް އިއްވޭނެއޭ ތި ބުނަނީ އޮޅުވާލުމަކުން. ތިޔަ މަގާމަކީ އިންޑިއާގެ ޕަޕެޓް މަގާމެއް. އިންޑިއާއިން އެކަމަކަށް ނުރުހޭ އެއްވެސް ކަމަކާ އިދިކޮޅަށް ބަހެއް ކިޔާކަށް ޝާހިދަކަށް ނުކެރޭނެ. ނިމިދިޔަ ވެރިކަމުގަ އ.ދގެ މަގާމެއް ރާއްޖެއަށް ލިބެން އުޅުނީތީ އެކަމަށް އެންޓިކެމްޕޭންކޮށް ހުރަސް އެޅި ގައުމުގެ ޚިޔާނާތްތެރިންނަށް މިއަދު ލިބުނު މަގާމުގެ އަސްލު ހަގީގަތް ފާޅުވާ ދުވަހު ހަވާ އެރުވިގެންދާނެ.
މަރުހަބާދިވެހިން
15 September 2021
ދުނިޔޭގެ އެންމެ ބޮޑު މަޖިލީހުގައި ދިވެއްސަކު ދިވެހިބަހުން ވާހަކަ ދައްކަވަމުން މާތްﷲ އަށް ޝުކުރުވެރިވާއިރު އެކަމާއި އުފާކޮށް ދިވެހިން ފަޚުރުވެރި ނުވާންވީ ސަބަބެއް ނެތް. ދިވެއްސަކަށްވީތީ ފަޚުރުވެރި ނުވާނަމަ މުސްލިމަކަށް ވީތީ ފަޚުރުވެރިވެބަލަ. ސިޔާސީ ގޮތުން މީހުންގެ އަވައިގައިޖެހި މަގުއޮޅުނަސް ކޮންމެވެސް ހައްދެއް އޮންނަންވާނެ. ކޮންމެ މީހަކީވެސް ހަމަބުއްދިހުރި އިންސާނެއް ވިއްޔާ. މަރުހަބާ ޝާހިދު. މަރުހަބާ ދިވެހި ގައުމު. މަރުހަބާ މުސްލިމު އުއްމަތް.
ހައްދުއޮތްތަ
15 September 2021
ނިމިދިޔަ ދައުރުގަ ޔާމީން ވެރިކަމުގެ ހުރީތީ މިގައުމަށް ލިބެން އުޅުނު މަގާމަށް އެންޓިކެމްޕޭން ކޮށް އެ ނުލިބޭ ގޮތް ހެދީ އެމީހުން ހައްދަކަށް ބަލައިގެންތަ؟ ހަމަ ބުއްދީގެ ބޭނުންކުރަން އެނގޭނަމަ ބަޔަކު ކިޔާހާ އެއްޗަކަށް އަތެއް ނުޖަހާނެ. ބޮޑެތި ބާރުތަކުގެ ފިއްތުންތަކުން އެކަހެރިވާ ވާހަކަ ދައްކާއިރު އިންޑިއާ ދަށުގަ ފިތިފަ އޮތީމަ އެކަން ނުފެންނަ ކަމަށް ހަދައިގެން ތިބެ ފަޚުރުވެރިތަވާންވީ؟
ހަސަންދީ
15 September 2021
މިފަދަ ތާރީޚީ ވަގުތުކޮޅެއް ފެނުމުގެ ނަސީބު ލިބުނު ކަމަށްޓަކައި ﷲއަށް ޙަމްދުކުރަން ފމ ޝާހިދަށް ތަހުނިޔާ ދަންނަވަން މިއީ ދިވެހި ވަންތަ ލޭހިގާ ކޮންމެ ދިވެހިރަށްޔިތެއް އުފަލުންފޮލޭނެ ވަގުތު ކޮޅެއް، މިކުޑަކުޑަ ދިވެހިރާއްޖެ ދުނިޔޭގެ އެންމެއުސް ކުރިބޯށީގައި ގާތްގަޑަކައް 365 ދުވަހު ވެރިކަން ކުރާނެ...
ކަންއިތުރު
15 September 2021
ތިޔަހާ ށަރަފުވެރި އަދި އަބުުރވެރި އަދި ނުވިތާ ބާރުވެރި މަގާމެއްނަމަ ސައުތްއެމެރިކާ- ލެޓިން . ޔޫރަޕްގެ ގަދަ ހަތަރުބާރު އާ އާސިއާންގެ ގައުމުތައް އިތުރުން އީސްޓް އޭށީއާގެ ގައުމުތައް އެމީހުންގެ އަމިއްލަ ބާރުގެ ބޭނުންކޮށްގެން ވެސް ތި މަގާމު ހޯދާނެ.ރަނގަޅަށް ވިއްޔާ ށާހިދު އަށް ތި މގާމުގެ މުސާރަ ވެސް ދޭނީ މި ދައުލަތުން.އަހަރަކު އެއްފަހަރު އިންތިހާބު އޮންނަ މަގާމެއްގައި އޮންނާނީ ކޮން ބާރެއް.
ނަށީދު
15 September 2021
ކުރިޔަށް އޮތް އަހަރު ކޮން ބޮޑުކަމަކާ މި ކުރިމަތި ލަނީ؟ ބަރުލަމާނީ؟
ޢަންނި
15 September 2021
މަފަކީރަށް މިވަރުވެސް ނުވި... ދެން ބަރުލަމާނީ ވޭތޯ ބަލަންވީ ރައީސްކަމަށް އާދެވޭތޯ.... އަންނި
ހުދަންބަރު
15 September 2021
ޔެސް ވަކިފަރާތަކަށް ނުޖެހިއޮތުން މުހިއްމުފައި ފައިދާ ބޮޑީ. އަހަރުމެން އެކަން އެތެރޭގެ ސިޔާސީ ކަންކަމަށް ވެސް ގެންނަންޖެހޭ.
ހަސަން12345
15 September 2021
ވަޒީރުލަމުގަ ހުރެގެނެ އިތުރު މަގާމެއް އަދާކުރަން ގާނޫނު އަސާސީ ހުއްދަދޭތޯ؟؟
ރަދީފުލް ކުމާރު
15 September 2021
ޝާހިދަށް މިގާމުލިބުނުކަން ދިވެހިންފިޔަވާ އިންޑިޔާނޫންބަޔަކަށް އެނގޭބާ؟
ހަސަންދީ
15 September 2021
މިއީ 1932 ނޫން، މިކަންނޭގޭ އދ ގެ މެންބަރުއެއްވެސް ޤަމެއްނެތް ....
އަލިކޮއްކޯ
15 September 2021
ޙަޤީޤަތަކީ މި މާޤާމަކީ ކުޑަކުދިން ރުއްސަން ކުރާ ކަންކަން ފަދަ ކަމެއް.. ގޭމް ކުޅޭއިރު ޖޮއިސްޓިކް ކަނެކްޓް ނުކޮށް ހުސް އެތި ދީފަ ބޭންދުން ކަހަލަ ކަމެއް.. އެކަމުގެ ފުރިހަމަ ހެއްކަކީ " ރާއްޖެއިން އެ މަސައްކަތުގައި ފައި ނުނެގި ނަމަ އެ މަގާމުގައި ލިބޭނީ އަފްގާނިސްތާނަށް ". ވިސްނާލާ!! ތިފަދަ ބޮޑު ބާރެއް ނަމަ އަފްޣާނިސްތާނާއި ރާއްޖެ އެކަނިތޯ ކުރިމަތި ލާނީ؟؟؟ އެހެން ނުނަސް ދުނިޔޭގެ ބޮޑެތި ބާރުތަކުން ބޭނުން ނުވާނީ ތީ ހޮޅި ތާކުންތާކު ނުޖެހޭ މަޤާމަކަށް ވީމަ.
ރަދީފުލް މުދި
15 September 2021
ދުނިޔެއަށް ލޯހުޅުވިފަހުރި ކޮންމެ މީހަކަށް އެނގޭނެ. މިމަހު ދުނިޔޭގެ ހުރިހާ ލީޑަރުން ޔޫ.އެން ގައި ތަގުރީރުކުރާއިރު ރިޔާސަތުގައި އިންނާނީ ދިވެއްސެއް. ހުރިހާ ދިވެހިން އެކަމާ ފަޚުރުވެރިވާނެ. މިކަމާއި ފަހަރެއްގައި "ވޯޓުކަރުދާހުގައި ޖެހި ފާނހަގަ ސޮއްސާލި " އަސުރުމާކުދިން މޭކަރާފާނެ.
ކުދިމުދި
15 September 2021
ޝާހިދަށް ރިޔާސީ ޓިކެޓް ދޭން ބޭނުންނުވި ކުދިންވެސް އެބަ މޭކަރަޔޯ.
އާބިދާ
15 September 2021
އުފާވޭ އެެކަމަމު ހިތާމައަކީ ރާއްޖެ އަބަދުވެސް ކޮންމެ ވެސް ބައެއްގެ އެހީތެރިކަމަށް ބޭނުން ވެފަ އޮންނަ އޮތުމަށް ނިމުމެއް ނަައުން. މިއީ އަދިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފެންވަރުގެ ގައުމެއް ނޫން.
އަބީދާ
15 September 2021
"އެކުވެރިކަމަކީ ގަދަފަދަ ބާރެއް. ވަކިވެގަތުމަކީ ނިކަމެތިކަމެއް". އެއީ ދީން ދަސްކޮށްދޭ ފިލާވަޅަކީ. އެއީ ދުނިޔޭގައި އުޅެންޖެހިފައިވާ ގޮތަކީ. މިއީ ވަށާޖެހިފައިވާ ދުނިޔެއެއް. މިއަދު ދުނިޔޭގެ ކަންކަން ވަގުތުން ވަގުތަށް އެންމެންނަށް އެނގޭ.