އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށް އަނެއްކާ ވެސް އައްޔަންކުރެއްވި ފުއާދު ތައުފީގު.-- ފައިލް ފޮޓޯ
15 ސެޕްޓެމްބަރ 2021 - 18:16
އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ފުއާދު ތައުފީގު މިއަދު އައްޔަންކޮށްފި އެވެ.
އޭނާ މި މަގާމަށް އައްޔަން ކުރީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިހާބުގައި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
އީސީގެ ރައީސް ކަމަށް ފުއާދު ދެވަނަ ފަހަރަށް މި އިންތިހާބުކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު މިދިޔަ ޖޫން 15 ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފް އިސްތިއުފާ ދެއްވީ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
އީސީގެ ރައީސް ކަމަށް އިންތިހާބު ކުރުމާ ގުޅިގެން ފުއާދު "މިހާރު" އަށް ވިދާޅުވީ ދެ ވަނަ ފަހަރަށް އެ މަގާމަށް ހަވާލުވެވަޑައިގަތުމުން ކުރައްވާ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކުރިއަށް ވުރެ ރަނގަޅަށް އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެން އީސީގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކޮށް، މަސައްކަތްތައް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ތަކުގެ ތެރޭގައި އީސީގެ ވަރަށް ގިނަ ކަންކަން ރަނގަޅު ވެފައި ވެސް އެބަހުރި. އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް އެބަހުރި. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން."
އީސީގެ ރައީސްކަމުގެ މަގާމާ ފުއާދު މި ފަހަރު މި ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސްކަން މީގެ ކުރިން އޭނާ ކުރައްވަން ފެއްޓެވި ތާރީހުގައި ވެސް މެ އެވެ. ފުއާދު، އެ ކޮމިޝަންގެ ރައީސް ކަމަށް ފުރަތަމަ ބުރުގައި އައްޔަންކުރީ ވެސް މީގެ ނުވަ އަހަރު ކުރިން ސެޕްޓެމްބަރު 15، 2009 ގަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ 2013 ގަ އެވެ.
އީސީގެ މެމްބަރު ކަމަށް ފުއާދު އެންމެ ފަހުން އައްޔަން ކުރެއްވީ ނޮވެމްބަރު 24، 2019 ގަ އެވެ. އޭނާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 70 މެމްބަރުން ތާއީދާ އެކު، ރުހުން ލިބިގެންނެވެ. ފުއާދު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެ ކޮމިޝަންގެ ރައީސް ކަމުން ފުއާދު ކުރިން ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހު އެވެ. އެ ފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
16 September 2021
ރައީސް ނަޝީދު ވެރިކަމަށް އައިސްފާނެތީ ސްޕްރީމް ކޯރޓު ހިސޯރުކޮއްގެން ވޯޓު އޮޅުވާލާ ، ފުއާދަށް ކުރި ޣައިރުގާނޫނީ ހުކުމް ހަނދާންހުރީ ކޮން ބާޣީއެއްބާ.؟ މާތްﷲގެ ކުޅަދުންވަންތަކަން ދެކެބަލަ، އެވެސް ދުވަހެއް، އެފަދަ ދުވަހެއް ދެން ނުދައްކަވާށި، އާމީން.
ފޯޑު
16 September 2021
މިފަހަރުވެސް އެއްކަލަ ބޭފުޅާ އެގެއަށް ވަޑައިގަންނަވާނެތާ
އުދުހޭ
15 September 2021
ފުއާދަން މިކަމުގައި ހެޔޮ ތައުފީގުދެއްވުން އެދެން. ޝަރީފް ކޮމިޝަނަރަކަށް ހުރިއިރުވެސް ކޮންސަސްޓަންޓެއްގެ ގޮތުގައި ހުރެގެން ފުއާދު ދިޔައީ އެތަން ހިނގަމުންކަމަށް ވިސްނޭ.
ޢާދެ
16 September 2021
.ވިސްނައިދެއްވީ ވިޔަފާރި ކުރަންތޯ
ފޮއްދު
15 September 2021
އެންޑީޕީ އެކްޓިވިސްޓް އަނެއްފަހަރު އިލެކްސަނަށް.
ހުސެން32332
16 September 2021
ޕީޕީއެމް އެކްޓިވިސްޓެއް ކުރިން ހުރީ ޝަރީފު ތި މަގާމުގައި އެކަމަކުވެސް ޔާމީނެއް ނުހޮވުން ދެން ތި ފުއާދު ހުރެގެން ޔާމީނު އޮތީ ހޮވިފަ ! އެހެންވީމަ ތި ފުއާދު ހުރެގެން އެމްޑީޕީއައް ވާ މޮޅަކީ ކޮބާ !
އަލއޤާޟީ
15 September 2021
ފުވާދަކީ ތިފަދަ މަޤާމެއްގައި ބަހައްޓަން ކަމުނުދާމީހެއްކަމަށް ސުޕްރިމްކޯރޓުންވަނީ ޙުކުކުމެއް ކޮށްފައި، އެކަމަކު ވެސް އެމްޑީޕީ ބޭނުންވަނީ ކޮންމެ ޙާލެއްގައިވެސް ފުރާޅު އަނބުރާ އެމަޤާމަށް ގެންނަން، މިކަމުން ދޭހަވަނީ ފުއާދު ތިޔަ މަޤާމުގެ ބެހެެއްޓުމުން އެމްޑީޕީ އަށް ވަރަށްބޮޑު ނާޖާއިޒު ފައިދާއެއް ޙާސިލް ވަމުންދާނެކަން، މިޢީތޯ އަޅުގަނޑުމެން އިންތިޒާރު ކުރާ އިޞްލާޙަކީ؟؟؟
ހުސެން2332
16 September 2021
ފުއާދު ހުރެގެން މީގެ ކުރިން ރައީސް ޔާމީނު ވެރިކަމައްވެސް އައިސް އެހެރީ .. އަދި ޕީޕީއެމް މަޖިލީސް މެންބަރުން ގޮވާލި ފުއާދު އީސީ އައް ލާން ޝަރީފު ދުރުކޮއްފައި ! ރައީސް ޔާމީނުވެސް ހީކުރީ ޕާޓީ މީހެއްލައިގެން މޮޅުތަކެއް ވާނެއޭ ނަމަވެސް ނުވިދޯ ! މިހާރަކު ކޮންމެ މީހަކު ހުއްޓަސް އިންތިހާބުގައި މަކަރެއް ނުހެދޭނެ !
ސިލެކްޝަން
15 September 2021
އެހެން މީހަކަށް ތިމަގާމު ނުދޭތި އޮޅިގެންވެސް
ބަފަލޯޒް
15 September 2021
ފުވާދުއަކީ އަބަދުވެސް ގޮތުގައި ސާބިތުވެ ހުންނަވާ ތިޔަމަގާމަށް އެންމެ އެކަށޭނެ ބޭފުޅާ. ކުރިން އީސީގެ ކޮމިޝަނަރަށް ހުންނެވިއިރު ސުޕްރީމްކޯޓުން ސުމޯޓޯވެގެން އުޅުނުއިރުވެސް ފުވާދު ހުންނެވީ ސާބިތުކަމާއިއެކީ!
ބަބުރަންޖީ ހާޖީ
15 September 2021
ފުއާދުބޭ ހުކުން ތަންފީޒުނުކުރި ސަބަބުބަލަން އެމައްސަލަ "އިންތިގާލީ އިންސާފަށް" ލުން ކިހިނެއްވާނެބާ؟
ޚެޔާލް
15 September 2021
އެމްޑީޕީ އަބަދުވެސް ބުރަވާނީ ފަހަތު ފަރަށް، ޒުވާނަކަށް ފުރުޞަތު ދޭން އެމްޑީޕީ ބޭނުމެއް ނުވާނެ،
ޑިސްއޮންރަބަލް ދީދީ ކުރަފިކަތިލައިގެންހޯދި ރަދީފު
15 September 2021
ފުއާދުބެއަށް ދޭންވީ އިލެކްޝަންކޮމިޝަނުގެ "ޒައީމު"ކަމުގެ ލަގަބު. އެލަގަބު އޭނާއަށް މިހާރު ހައްގުވާހާވެއޭ ބުނެވޭނީ. އެހެން ބުނަނަންމިޖެހެނީ ޖަލުހުކުމެއް އައީމާ އެ ތަންފީޒުކުރަންޖެހިވަޑައިނުގެން، އަނެއްކާ އެގޮނޑިއަށް ވެޑުވީތީވެ.
ރަދީފްގެ ދަރިއެއް
15 September 2021
ހާދަ ފައްކާ ނަމެކޭ. އައި ލަވް ދިސް އައިޑިއާ.