16 ސެޕްޓެމްބަރ 2021 - 11:41
މާލޭ މަގުމަތީގައި ހުރި ކުނިތައް މިއަދު ސިޓީ ކައުންސިލުން ނަގައި، ލޮރީއެއްގައި ގެންގޮސް ވެމްކޯގެ ކުންޏާ ބެހޭ އޮފީސް ގޭޓް ކައިރި އަށް އަޅާލައިފި އެވެ.
އޭގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ، އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވެމްކޯގެ ކުންޏާ ބެހޭ އޮފީސް ހަދާފައި ހުންނަ ތަނުގެ ގޭޓް ކައިރިއަށް ލޮރީއަކުން ކުނިތައް އޮއްސާލާ ތަނެވެ.
ވެމްކޯ އިން ބުނީ ކުނި އަޅަން ޖެހޭނީ ބާޖަށް ކަމަށާއި، ކުނީގެ މައްސަލަތަކާ ބެހޭ ގޮތުން މިއަދު މެންދުރު ފަހު ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ. މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް އެ ކުންފުނިން ނުދެ އެވެ.
އެކަމަކު މަންޒަރު ދުށް މީހަކު ބުނީ ވެމްކޯ މުވައްޒަފެއްގެ ގަޔަށް ވެސް ކުނި ކޮތަޅެއް ހޫރާލައިފައިވާ ކަމަށެވެ.
އެ ތަން ބަލަހައްޓާ ސެކިއުރިޓީން ބުނީ އެ މީހުންނަށް ވެސް ކުރިން އެނގުމަކާ ނުލައި ލޮރީއެއް ވަދެ ކުނިތައް އަޅާލީ ކަމަށެވެ. އަދި އެއީ އެއްވެސް އިރަކު ކުނި އަޅާ ތަނެއް ނޫން ކަމަށް ސެކިއުރިޓީން ބުނެ އެވެ.
ރެއިން ފެށިގެން އެޕާޓްމެންޓްތަކުން ކުނި ނަގަން ފެށުމާ އެކު ރަޖިސްޓްރީ ނުކޮށް ހުރި ބައެއް އެޕާޓްމެންޓްތަކުން ކުނިތައް ވަނީ މަގުމައްޗަށް ނެރެފަ އެވެ. އެފަދަ ކުނި ނަގާނީ ސިޓީ ކައުންސިލުން ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ސިޓީ ކައުންސިލުން ވެސް ބުނެފައި ވަނީ އެއްބަސްވެފައިވާ ގޮތަށް ވެމްކޯ އަށް ކުނި ނުނެގޭ ކަމަށާއި އެކަން ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންންމަނު
18 September 2021
ވެމްކޯއިން އުކާނީ ވެމްކޯ އަށްފައިސާ ދައްކާ މީހުންގެ ކުނި. އެއީ ވިޔަފާރީގެ އުސޫލުންކުނި އުކާދޭ ކުންފޮްޏެއް. ސިޓީ ކައުންސިލަކީ އެސިޓީއެއްގެ ތި ކަހަލަ އިޖްތިމާޢީ ކަންކަން ހިލޭ ސާބަހަށް ރައްޔިތުންނަށް ކޮށްދީ ބަލަހައްޓަން އޮންނަ ކައުްނސިލެއް. ތި ކަމުގަ ކައުންސިލުން ޖެހޭނީ ތި ކަމުގް ހައްލު ހޯދަން ގޮތެއް ކަޑައަޅަން. ޖެއްސުން ކުރުމުގެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް.
ޙހހުބ
17 September 2021
މިހާރު މަގުމަތިން ދުވާވަސް ވެމްކޯއިން ދުވާނެތާ
ޓައްޕު
17 September 2021
މިހާރު މި މަސްހުނި މޮޑެނީ. ކޮންމެ ދުވަހަކު ވެސް ތި ޔާ ގޮތަށް ޑެލިވަރ ކޮއްލާ . ތިކަން ހައްލު ކޮށްލާނަން.
މަސްވެރިޔާ
17 September 2021
އެހާވަރަށް ޓެކްސްނަގާނަމަ ކުނިނެގުމަކީ މުނިސިޕްލް ޚިދުމަތަކަށް ހަދަންވޫ. އޭރަކުން ފައިސާނުދައްކާތީ ކުނި ނުނެގުމެ ފުރުސަތު ގެއްލޭނެ. ސިޔާސީ މީހުނަށް ބެހުމަށްވުރެ މިފަދަ ޚިދުމަތަށް ޚިދުމަތްކުރުން މާ އައުލާކަން ބޮޑު.
ހަނުހުންނަ މީހާ1
17 September 2021
މުއިއްޒު ހޮވަން ވޯޓްދެވުނީތީ ލަދުގަންނަ ހިސާބަށް އަމަލުތައް ނުގެންދޭ.
ޢަރުތަ
16 September 2021
އޮޅުވާލަން ނޫޅޭ، މަގުތަކަށް އުކާ ކުނިތައްނަގާ ރަށުތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ޒިންމާއެއް ނޫން، ސިޓީކައުންސިލްގެ ޒިންމާއެއް، ގޭބިސީ ތަކާ ހޯޓަ ކެފޭ ރެސްޓޯރަންޓު ތަކުން (ވެމްކޯގަ ރަޖިސްޓްރީ ކޮށްފަހުރި) ކުނި ނަގާ އުކާލުމަކީ ވެމްކޯގެ ޒިންމާއެއް. ސިޓީ ކައުންސިލްވެސް ހީވަނީ މި މުއިއްޒަކު އައިފަހުން ވަކި ސަރުކާރެއްހެން، މުއިއްޒުމެންގެ ވެރިކަމުގަ ސިޓީ ކައުންސިލަށް ޖެހުނު ދަތުރު މިހާރު ނުޖެހުނިއްޔާ ނަސީބު.
ވަހީދު
16 September 2021
ސިޓީ ކައުންސިލުން ކުނި ނަގާކަށް ނުޖެހޭނެ. ވެމްކޯ އިން ނުވަންޏާ ރައްޔިތުންނަށް ދޫކޮށްލާ. އެބަތިބި މަހަކު 100 ރުފިޔާއަށް ކުނި އުކާލަދޭނެ ދިވެހިން ވެސް.
ޢަރުތަ
16 September 2021
މަގުތަކަށް އަޅާކުނި ނަގާ ރަށުތެރެ ސާފުކުރަން ޖެހޭނީ ސިޓީ ކައުންސިލުން، ވެމްކޯއިންނަގާނީ ގޭބިސީތަކުގެ ކުނި، ގޭބިސީތަކަށް ގޮސްގެން، އޮޅުވާނުލާ.
ލަބީދޫ
16 September 2021
އަހަރެންނަކީ ބަރާބަރައް ފައިސާ ދައްކާ މައްޗަންގޮޅި އުތުރު ޒަމާނީގޯޅީގަ އުޅޭމީހެއް......ރޭގަ މިގެެއިން ކުނި ނުނަގާ
ސެކެޓަރީ
16 September 2021
ތި ވާހަަކަ ލިޔެލައިފިން
ކަރީން
16 September 2021
ތިޔަ ވެމްކޯ ހިންގަން ތިބި އެމްޑީޕީ ގުރޫޕަށް ވެސް އަދި ސަރުކާރަށްވެސް ތިޔަ ތަންތަން ހިންގަން ނޭގޭ ކަން މިހިރަ ފެންނަމުން ދަނީ! މާލެ މަގުތަށް ގޮނޑުވެ ކުނިވެއްޖެ. ހުރިހާ މަގެއްގަ ދުވަނީ ބުޅާ ގުއިވަސް. ވާރޭވެހިފަ މަގުމަތީ ހުރީ ބުޅާ ނަޖިސް ފެން. މިވަރުން ދެން މި ގުރޫޕު ވެރިކަން ނުލިބިގެން އަދިވެސް އުޅޭތީ ހައިރާން ނުވޭތަ؟ ނޭގެންޏާ ގެއަށް ދޭބަލަ
ޢަރުތަ
16 September 2021
ހާދަ ދެރަކަމެކޭދޯ، މަގުތައް ސާފުކުރުމާ ބުޅަލުގެ ނަޖިހުން މަގުތަކުން ނުބައިވަސް ދުވާތީ އެކަން ހައްލުކުރާނީ ސިޓީ ކައުންސިލުންނޭ، ވެމްކޯއަކީ ބުޅާ ގުއިނަގާ މަގުތައް ސާފުކޮށް ބަލަހައްޓާ ބައެއް ނޫނޭ، ކޮންކަހަލަ ވިސްނުމެއްތަ ތިހުންނަނީ. ވެމްކޯއަކީ ގޭބިސީތަކުން ކުނިނަގާ އުކާލާ ބައެއް، ނޭގޭތީވެ މިބުނެދިނީ.
މޮހިތު
16 September 2021
ތިޔަވެމްކޯ އަކީ ވަރަށް ބޯހަރު ބަޔަކު އޫލޭ ތަނެއް! އަހަރެން ކުނި އުކާލަން ކެންސްލްކުރިތާ 1 އަހަރު، އަދިވެސް ބިލް ދައްކަން އެލާޓް އާދޭ..!
ޢަރުތަ
16 September 2021
އެއްއަހަރު ދުވަހުތެރޭ ގޭގަ އުފެދުނުހާ ކުންޏަށް ހެދިގޮތެއް އަޅެބުނެދީބަލަ، ހަމަ ކޮންމެ މަހަކު އަންނަ ބިލަށް ފައިސާ ދައްކާލަ ދައްކާލަ ހުރީތަ އަހަރުވަންދެން،
މުޙުއްމާ
16 September 2021
މުއިއްޒް އުޅެނީ ޔާމީނުގެ ސަރުކާރު މިހާރުވެސް ހިންގަންވެގެން. މީނަ އެބަޖެހޭ ހައްޔަރުކުރަން.
ހޮޓްޝި
16 September 2021
ބްރޯ. ޔާންޓެ ރަގަޅޭ. އޭނަ ކެޔަސް އޭނަކީ ރައްޔިތުންނަށް ދީގެން. މިހާރުކަނީ އަމިއްލައަމިއްލަޔަށް
ޢަރުތަ
16 September 2021
ފިތުނަ މުއިއްޒު، ހީކުރަނީ ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ކަމަށް، މީނައަށް ސިޓީކައުންސިލްގެ މާޒީ ހަނދާންކޮށްލަދިނީމަ ސައިޒްވެދާނެ.